މ. ފާގަތިގެ ކުއްޔަށް ދޭނެ ކަމަށް ބުނެ މަންމަގެ ނަމުގައި އެގްރީމެންޓުތަކެއް ހަދައި ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ދަރިފުޅު އެ ފައިސާ އަނބުރާ ނުދިނުމުން މަންމަގެ މައްޗަށް ކުރި ދައުވާއިން ސަލާމަތްވެއްޖެއެވެ.

މި މައްސަލައަކީ ދައުވާ އުފުލާފައި ވަނީ ސުލްޠާނާ އަޙުމަދު ކިޔާ މީހެއްގެ މައްޗަށެވެ. އެ މައްސަލައިގައިވާ ގޮތުން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު ވަނީ، މ. ފާގަތިގެއިން ސުލްތާނާގެ އެޕާޓްމެންޓެއް ކުއްޔަށް ދިނުމަށް ހައްވާ ސަދާ ކިޔާ މީހަކާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސަށް ހަތަރު ލައްކަ ރުފިޔާ ނަގާފައެވެ.

ހުކުމުގައި ވާގޮތުން ފާގަތިގޭގެ ހަތަރު ވަނަ ފްލޯގައި ހުރި ތިން ކޮޓަރީގެ އެޕާޓުމެންޓެއް ސަދާއަށް ދިނުމަށް ސުލްތާނާގެ ނަމުގައި އެގްރިމެންޓު ހަދައި ހަތަރު ލައްކަ ރުފިޔާ އެޑްވާންސްގެ ގޮތުގައި ވަނީ އަތުލާފައެވެ. އަދި އެޕާޓުމަންޓު ވެސް އޭނާ އަށް ދީފައިނުވާ ކަމަށް ދައުވާގައި އޭނާ ވަނީ ބުނެފައެވެ. އަދި އެޑްވާންސަށް ދިން ފައިސާ ވެސް ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން މި ފައިސާ ސުލްތާނާ އަތުން ނެގުމަށް ސަދާވަނީ އެދިފައެވެ.

ހުނައިނު ވަނީ އެތައް ބަޔަކު މި މަޅީގައި ޖައްސާފައެވެ. މި ގެ އެތައް ބަޔަކަށް އޭނާ ކުއްޔަށް ދީފައިވަނީ އޭނާގެ މަންމަ އަށް އޮޅުވާލައިގެން އެގްރިމެންޓުތަކުގައި ސޮއިކުރުވުމަށް ފަހުއެވެ.

މި ގެއާ ގުޅޭ ތިން މައްސަލަތަކެއް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ސަދާ ހުށަހަޅާފައިވާ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމާއި ހެކިބަހުން ދައްކާ ގޮތުގައި އެޑްވާންސް ފައިސާ ދައްކާފައި ވަނީ ހުނައިންއަށެވެ. އެހެންކަމުން މި ފައިސާ ސުލްތާނާ ދައްކަން ނުޖެހޭނެ ކަމަށެވެ.

ދައުވާތަކަށް ސުލްތާނާ ވަނީ ކޯޓުގައި އިންކާރުކޮށްފައެވެ. އަދި މީގެއިން އެއްވެސް ފައިސާއެއް އޭނާ އަށް ލިބިފައިނުވާ ކަމަށާއި މިއީ އޭނާ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ހުކުމުގައިވާގޮތުން ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އެޕާޓުމަންޓު ވެސް ސަދާއަށް ދޭން ނުޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތީ އިސްކޭމުހިންގަން މޮޅު އުކުޅެއް ތިދަސްކޮއްދިނީ، އެގްރީމެންޓު ހެދުމުގެ ކުރިން ވެރިފަރާތުގެގޮތުގައި އެގްރީމެންޓުގައި އޮންނަ ފަރާތަށް ސީދާ ގުޅާފައިނޫނީ އެގްރީމެންޓު ނަހަދާ! މިސުލްތާނަކު ވެއްޖެއެއްނޫންތަ މީނާގެ ދަރީގެ ބަލާއިން އެހެންމީހުން ސަލާމަތްކުރަން، މީނާގެ ދަރިއަކު މިވަރުގެ ބޮޑު ޖަރީމާއެއް ހިންގާއިރު މީނާ ހިތަކަށް ބަހެއް ނާރާތަ. މިލްކުވެރިކަމުން ދަރި ބޭރުކޮއްބަލަ

    21
    1
  2. އިސްޢާފް ސަލީމް

    އެޑްވާންސްކޮށް ވައްކަންކޮށްއުޅޭ މިދުވަސްވަރު ، އެސޮރުގެ ވާހަކަޔަށާ ދެއްކި ދެއްކުމަކަށް ހެއްލި އެގްރިމެންޓްތަކުގައި ސޮއިކޮށް އެޑްވާންސަށް އެސޮރަށް އެތައް ލައްކައެއް ރުފިޔާ ދިންއިރު އެ އެޕާޓްމެންޓަކީ އެބުނާ ސޮރުގެ ތަނެއްތޯ ފުރަތަމަ ބަލަންޖެހެއެވެ. އެސޮރުއަތުގައި ތަނުގެ ރަޖިސްޓްރީ އޮތްތޯ ބަލަންޖެހެއެވެ. އަދި އެފަދަ އެއްބަސްވުމެއް ކޯޓުންބޭރުން ނިންމަން އެސޮރާއެކު އެއް ބަސްވުމަކީވެސް ގަޅިކަމުގެ އިންތިހާއެވެ. ކޯޓު މެދުވެރިނުކޮށް އެސޮރަށް ފައިސާދިނުމަކީ އަދި މާ ގަޅިކަމެކެވެ. ދިވެހި ގަޅިން ރޯފިލާނީ ކޮންއިރަކުންބާއެވެ؟

    16
    • ށޫޟާ

      ގަޅިން އަތުގަ ފައިސާ ގިނަ ވީމަ ވާ ގޮތް،،،

  3. ނެގުނުކަތީބު

    މިހިސާބުން މިމައްސަލަ ނިމުނީތޯ؟ ދެން ހުނައިނަށްވީ ކިހިނެއްތޯ؟ ސަދާއަށް އެފައިސާ އަނބުރާ ލިބޭނެތޯ؟

    16
  4. ކަލޯގަޔާ

    ތި ބުނާ ފައިސާ ގޭގެ ވެރިފަރާތް ކަމަށްވާ ( ސުލްތާނާ ) އަށް ނުލިބުނަސް މިފައިސާ އޭނަގެ ރަންދަރި ދަރިފުޅު ( ހުނައިނު ) އަށް ލިބުނުކަން ޔަގީންވާތީ، ކީއްވެތޯ އޭނައަތުން ނަގާފަ ނުދޭންވީ.

    17
    1
  5. ކޮރަލް

    ވަޒީފާ އެއް ވިޔަފާރި އެއް ނުކުރާ މީޙުންގެ ެކައުންޓް ތަކަށް މިލިއަނުން ވަންނަ އިރު ބަލާވެސްަ ނުލަ އެވެ.

    16
  6. އާދަމް ނަސީރު

    ހުނައިނު އައީ ހުއްފު ހިފައިގެން.