މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗެއްް ހުރި ބުލެޓްތަކެއް ހަށިގަނޑު ތެރޭ ފޮރުވައިގެން އުޅުނު މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދޭން ފެށީ މި މަހުގެ 23 ވަނަ ދުވަހެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަކީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަަމަށެވެ.

މިކަމާ ގުލިގެން ފުލުހުން ފަހުން އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އު މަރު

    ތިޔަމީހާ މަރުވީމަ އެންމެ ރަގަޅުވާނީ އެއީ އޭނާގެ ސަބަބުން އެހެންމީހުންނަށް ނުރައްކާ ވާނެތީއެވެ. އޭނާ ގަދަވެއްޖެނަމަ ހަށިގަނޑުގައި ފޮރުވައިގެން އަނެއްވާވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެއް ދިވެހިންނެއް ހަލާކުކުރާނެތީއެވެ. ސިންގަޕޫރުގައި މަސްތުވާތަކެތި އެތެރެކުރާމީހުން މަރަނީއެވެ. ނަމަވެސް ރާއްޖޭގައި ދޫވާނެއެވެ. އެހެންވެ ގުދުރަތީމަރަކުންނަމަވެސް މަރުވެއްޖެއްޔާ އެނިމުނީއެވެ.