އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެލިދޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު އައްބާސް ވާދަކުރައްވަން ނިންމަވައިފިއެވެ.
މި ސަރުކާރުގެ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި ކުރިން އޮތް އެމްޑީއޭގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވަން ނިންމެވި އައްބާސް އަކީ، އެމްޑީއޭ އުފެއްދުމުގަޔާއި އެ ޕާޓީގެ އިންތިގާލީ ކައުންސިލާއި ގައުމީ ކައުންސިލުގެ ވެސް މެންބަރެކެވެ. އަދި ފެނަކަ ބޯޑުގެ މެންބަރެއްގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެއެވެ.
ނަމަވެސް ދޮޅު އަހަރެއްހާ ދުވަސްވަންދެން ސަރުކާރުގައި މަސައްކަތް ކުރެއްވުމަށްފަހު ސަރުކާރުން ވަކިވެ ރިޔާސީ އިންތިހާބުގެ ކުރިން އޭނާ ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރައްވައިފައެވެ.
ވެލިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަން ނިންމަވާ "ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ، ނ އަތޮޅުގެ ތަރައްގީއަށް އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް (ސަން ޓްރެވަލް ސިޔާމް) އަމިއްލަފުޅަށް ވެދެއްވާފައިވާ އެހީތެރިކަމާއެކު، އޭނާވެސް އަމިއްލައަށް އަތޮޅުގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ތެރެއިން ވެލިދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ހިދުމަތާއި އެރަށު ސްޕޯޓްސް އެރީނާ އާއި ބަނދަރާއި އޭޓީއެމްގެ ހިދުމަތުގެ އިތުރުން ނ. އަތޮޅު ތައުލީމީ މަރުކަޒަށް ގެނެސްފައިވާ ބަދަލުތަކަކީ ވެސް އޭނާގެ ދައުރެއް އޮވެގެން ކުރި މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.
އަދި ނ، ފޮއްދޫގައި ބަނދަރެއް ހެދުމަށާއި އެރަށުގައި ޒަމާނީ ޖެޓީއެއް ހެދުމަށާއި ޕްރީ ސްކޫލެއް ގާއިމް ކުރުމުގެ އިތުރުން އެރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑަކާއި ކުޅިވަރު އާލާތްތައް ފޯރުކޮށްދިނުމުގައި އެމްޑީއޭގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާނޭ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
"މި ވެލިދޫގެ ތަރައްގީގެ އެންމެ އިސް ދައުރެއް އަދާ ކުރި މީހަކީ އަޅުގަނޑު". އޭނާއަކީ ވެލިދޫ ދާއިރާއަށާއި ނ. އަތޮޅުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރައްވާ ގުރުބާނީ ވެފައިވާ ފަރާތެއްކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލައްވަން އޭނާ ބޭނުންފުޅުވަނީ ނ. އަތޮޅަށާއި ވެލިދޫ ދާއިރާގެ ތަރައްގީއަށް މޭ އައްޑަނެއްގެ ގޮތުގައި ދިއްކޮށްގެން މަސައްކަތްތަކެއް އޭނާ ކޮށްދެއްވާފައިވާތީ އާއި މަޖިލީހުގެ ތެރެއިން އެ ދާއިރާއަށް އިތުރު ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.
ވެލިދޫގެ ދާއިރާގެ މެންބަރު ޔާމީން ރަޝީދަށް އިޝާރާތް ކުރައްވާ އައްބާސް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ތެރެއިން އޭނާ ވެލިދޫ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވިއިރު، މެންބަރު ޔާމީން ހުންނެވީ އޭނާ މަޖިލީހަށް އިންތިހާބުވި ޕާޓީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ޔާމީން ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ދާއިރާއަށް ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި، އޭނާ ސަރުކާރުން ވަކިވެ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރަން ނިންމީ، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ބޮއްސުންލައިގެން ދިއުމާއި އެމްޑީއޭއާ ދޭތެރޭ ސަރުކާރުން ކަންތައް ކުރެއްވި ގޮތުން ކަމަށެވެ.
ޓ ތިޔަހުރީ ހޮވިފަ އަވަށް ހުވާކުރަން ތައްޔާރުވޭ ނ.އަތޮޅަށް ޚިދުމަތެއްކުރިވާހަކަ އަމިއްލަޔަށް ބުނުންފިޔަވާއެހެންމީހަކު ބުނެފިތަ
ހުނ ދެން ކަކުލުހުޅުން ވާގި ދޫވެފަ ހުރި ސޮރާ ކަލެއާ ތަޅަފޮޅަ
އިންސާނެއްގެ ކިބާގައިވިއްޔާ ގޮތެއްފޮތެއް ހުންނަންވާނެއެވެ. ވެލިދޫދާއިރާއަށް މީގެކުރިން ޚިދުމަތެއް ކޮށްދެއްވފަ އޮތީ ރައީސް މައުމޫނުގެ ދައުރުގައެވެ. ތިޔަބުނާ އެމްޑީޕީގެ ދައުރުގައި ވެލިދޫ ދާއިރާއަށް ކޮށްދިންކަމެއް ދައްކަބަލާށެވެ. ރައީސް ޔާމީން ވަޑައިގެން ފަސްއަހަރުން މެމްބަރު ޔާމީންގެ ތައްޕާހުން ވެލިދޫދާއިރާއަށް ކޮށްދިން ޚިދުމަތް މައުމޫނުގެ 30 އަހަރާ އަންނިގެެ 3 އަހަރާ ވަޙީދުގެ ދޮޅުއަހަރާ ނުބައްދަލެވެ. އެހެންވީމާ އިރާދަކުރެއްވިއްޔާ ވެލިދޫދައިރާއިން ނަގާނީ ރައީސް ޔާމީން ދައްކަވާ ފަރާތެކެވެ.
ޢައްބާސް އަކީ ނޫނު އަތޮޅު ދެކެ ލޯބިވާ ހަޤީގީ ބަތަލެއް. ތިޔަ ނިންމުމަށް މަރުޙަބާ ....
އެއީ މިސޮރު ޖީބުން ކުރި ހަރަދުތަ..ސަރުކާރުތެރޭހުއްޓަ ސަރުކާރުން ކަން ކޮށްދިނީމަ މިވީ މިސޮރު ކޮށްދިން ކަންކަމަށް...ކަލޭދޯ ރިޔާސީ އިންތިހާބު ކެމްޕޭނުގަކީ ބުރިޖު އެޅީ ޔާމީނު އަމިއްލަ ލާރީގަހޭ، ބަނދަރާ ފެނާ ނަރުދަމާ އެޅީ ޔާމީނު ލާރީގަހޭ؟...ކަލޭ ބޮޑާ ވާންވީމަ ސަރުކާރުން ކުރިކަންކަންވެސް ކަލޭ ކުރި ކަންކަމަށް ތިހަދަނީ...ލަދު ހަޔާތް ކުޑަކަން ސުންޕާ
މީނާ މީހުންނަށް ކަންތައްތައް ކޮށްދޭ ކަން ޤަބޫލުކުރަން. ނަމަވެސް ދެރަކަމަކީ މީނާ ބުނާގޮތް ނޫން ގޮތަކަށް ވޯޓެއް ލިޔަސް އެމީހަކު މުޅި ރަށަށް ފަލީހަތް ކޮށްލާނެ. ކިތަންމެ ނިކަމެތި މީހަކަށް ދޭ އެހީތެރިކަމުގެ ވާހަކވެސް އެމީހަކާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ ދުވަހަކުން މުޅި ރަށުގަ ގޮވާނެ. އެވަގުތު އަގަލެއް ސަގަލެއް ނުހުންނާނެ