ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރިޝްވަތު ދިންކަމަށް ބުނާ މައްސަލައިގައި ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ރައްޔަތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތާއި ދެކޮޅަށް ހެކިބަސް ދީފިއެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ސިއްރުން ހެކިބަސް ދެއްވަމުން އެ މެމްބަރު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ދެކޮޅަށް ހެއްދެވި ޕެޓިޝަނުގައި ސޮއިކުރެއްވީ އެއްވެސް ފައިސާ އެއް ލިބިވަޑައިގެން ނޫން ކަމަށެވެ.
އެ މެމްބަރު ވިދާޅުވީ އޭނާ ސޮއިކުރެއްވުމުގެ ކުރިން ވެސް އަދި ފަހުން ވެސް ފައިސާގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އޭނާ އަށް ފައިސާ އެއް ވެސް ހުށަހަޅާފައި ނުވާ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެއްވެސް މުދަލެއް ވެސް އޭނާ އަށް ލިބިފައި ނުވާ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި މެމްބަރު ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދެއްވަމުން ވިދާޅުވީ އޭނާ ޕެޓިޝަނުގައި ސޮއިކުރެއްވީ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެގޮތަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.
އެ ޕެޓިޝަނުގައި އޭނާ ސޮއިކުރެއްވި ހަމައެކަނި ސަބަބަކީ އެއީ ކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.
"އަޅުގަނޑު ޕެޓިޝަނުގައި ސޮއިކުރިން. އެހެން ނަމަވެސް އަހުމަދު ޝާފިއު (ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރެއް) ގެ އެދުމަށް ސޮޔެއް ނުކުރަން. އަޅުގަނޑު ސޮއިކުރީ މައުމޫން އަބްދުލްގައްޔޫމްގެ އެދިލެއްވުމަށް. މައުމޫން އަށް ކުރާ އިހުތިރާމެއްގެ ސަބަބުން" ސިއްރުން ހެކިބަސް ދެއްވަމުން އެ މެމްބަރު ވިދާޅުވިއެވެ.
"އަޅުގަނޑު ސޮއިކުރުމަށްފަހު، އެ ސޮއިކުރުމާއި ގުޅިގެން އެއްވެސް ފައިސާ އެއް އަދި އެއްޗެއް އަޅުގަނޑަށް ލިބިފައި އަދި ލިބެން އެދިފައެއް ވެސް ނުވާނެ"
ޝާފިއުގެ އެދުމަށް ޕެޓިޝަނުގައި ސޮއި ނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވި ނަމަވެސް އޭނާ އާއެކު ފައިސާގެ މުއާމަލާތްތަކެއް ކުރި ކަމަށް ސިއްރުން ހެކިބަސް ދެއްވި މެމްބަރު އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންނެވިއެވެ.
އެ މެމްބަރު ވިދާޅުވީ "އަޅުގަނޑާއި ޝާފިއު އަކީ ކުރީގައި ވަރަށް ގާތް ދެ ރަހުމަތްތެރިން. އަޅުގަނޑުގެ ބޮޑީގާޑަކަށް ވެސް ޝާފިއު ކުރިން އުޅުނު. އެހެންވީމަ އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކަށް، އެކި ކަންކަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ" ކަމަށެވެ.
އަދި ޕެޓިޝަނުގައި ސޮއިކުރުމަށްފަހު މެމްބަރު ނިސްބަތްވާ ޕާޓީ އިން ހިތްހަމަ ނުޖެހުމުން ސޮއިކުރެއްވި ކަމަށް އިންކާރު ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންނަށް ތަހުގީގުގައި ދިން ބަޔާނުގައިވާ ގޮތާއި ހިލާފަށް މެމްބަރު ހެކިބަސް ދެއްވުމުން ދައުލަތުގެ ވަކީލު ގިނަ ސުވާލުތަކެއް ވަނީ އެ މެމްބަރާއި ކުރިމަތިކޮށްފައެވެ.
އެގޮތުން ޕެޓިޝަނުގައި ސޮއިކުރިއިރު ތިބީ ކޮންބައެއްތޯ ސުވާލުކުރުމުން މެމްބަރު ވިދާޅުވީ "އަޅުގަނޑާއި ފާރިސް އެކަނި" ކަމަށެވެ.
ސޮއިކުރި ތަނަށް ދިޔައިރު ޝާފިއު ދިޔަތޯ ދައުލަތުގެ ވަކީލު ސުވާލުކުރުމުން މެމްބަރު ވިދާޅުވީ، "އަޅުގަނޑުގެ ބޮޑީގާޑެއްގެ ގޮތުން އެ ހިސާބަށް ޝާފިއު ދިޔަ" ކަމަށެވެ.
ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި މެމްބަރު ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައިވާއިރު މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން 10 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި މައްސަލައިން ދިފާއުވުމަށް ފާރިސްގެ ފަރާތުން ވަނީ 62 މީހުން ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.
ފާރިސްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މައުމޫނު.ބުނެގެން މަސީހުއާ ދެކޮޅައް ސޮއިކުރީ. މައުމޫނު ބުނެގެން ރިޝްވަތު ކޭވާހަކަ ކޯޓުގައި.ނުބުނީ
އިސްދޫދާއިރާގެ މެމްބަރުތަ ތިއީ... ތިޔަމެމްބަރުގެ ނަންނުބުނެވޭތަ.... ދެންބލަމާ ކީއްތޯވާނީ... އެއްމެ ލާރިއެއްވެސް ނުލިބި ހިތުންރުހުމުން ސަރުކާރާދެކޮޅަށް މަޖުލިސްގެ މެޖޯރިޓީ އަބުރާލާ ރައީސް ޔާމީން އަޒުލުކުރުމަށް ތިމެމްބަރުން ވޯޓުދިންވާހަކަ ބުނީމަ އަހަރެމެން މިތިބީ ގަޔަށްލެވިފަ... ﷲމޮޅަށް ދެނެވޮޑިގެންވާނީ.... މިއަދު އޮޅުވާލެވުނަސް މާދަން އެބައޮތް.. އެދުވަހުގެ ހުރިހާ ބާރެމިލްކުވެ ވޮޑިގެންވާފަރާތް ދެނެވޮޑިގެންވޭ.. މިއަދު ނިކަމެތި ކޮއްލެވޭމީހާ އިއްޒަތް ދެއްވާރަސްކަލާންގެ ﷲމިތަނުގަ މިހިގާ ފަސާދަ ނެތިކުރައްވަފާންދޭވެ.. ރޔާމީން ހިއްވަރުކުރައްވާ... ކާމިޔާބަކީ ހީނުކުރާގޮތަށްވެސް ﷲދެއްވާއެއްޗެ...
ރިޝްވަތު ލިބުނު ކަމަށް ބުނާ މެމްބަރު ހެކިބަސް ދިނީ ފާރިސްއާ އެއްކޮޅަށޭ އެހެންތޭ ތިޔާ ކަން މަމެން މިދަނީ ވަރަށް ލާރޖް ކޮށް ބަލަމުންނޭ ތިޔާއީ އަނެއްކާ ދެކޮޅުން ކާ ލޯޔަރޭ މެން ފަދަ ހެއްކެކޭ މަމެން ބުނަން ނެތީމު ދޯ. މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން. މަހަށް މަހަށް މަހަށް ދޭބަލަ..
ޤާރީ ތަ؟؟؟
ޥަރައްހެއްވާ
މައުމޫނަށް އިޙްތިރާމްކުރާތީ މައުމޫނު ރިޝްވަތުދިން ވާހަކަ ނުބުނީ!