ލީކުވެފައިވާ އޯޑިއޯއަކީ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަޙްމަދު ޝަރީފްގެ އޯޑިއޯއެއްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކޮށްދެއްވައިފިއެވެ.

ދައުރުވަމުންދާ އޯޑިއޯއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ މަޝްރަހު ހަލަބޮލިވެގެންދިޔަ ދުވަސްވަރު އިލެކްޝަންސް ނޭނަޝަން ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންނާއެކު ހޮނިހިރު ދުވަހެއްގައި ޝަރީފް ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯއެކެވެ.

މި އޯޑިއޯގެ ޞައްޚަކަމާމެދު ސުވާލު ދެންނެވުމުން އިލެކްޝަންސް ކޮމިޝަނުގެ މީޑިއާއަށް ޚާއްޞަ މެންބަރު، އަޙްމަދު އަކުރަމް "ވަގުތު" އަށް ވިދާޅުވީ، ދައުރުވަމުންދަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ރަސްމީ ހައިސިއްޔަތުން ކޮމިޝަނުގެ ލީގަލް ޓީމާއި، ކޮމްޕްލެއިންޓަސް ބިއުރޯގެ މެންބަރުން އަދި މުވައްޒަފުން ހިމެނޭހެން ބޭއްވި ރަސްމީ ބައްދަލުވުމެއްގެ އޯޑިއޯ ރެކޯޑިންގ ކަމަށެވެ.

"އެއީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ރަސްމީ ހައިސިއްޔަތުން ކޮމިޝަނުގެ ލީގަލް ޓީމާއި، ކޮމްޕްލެއިންޓަސް ބިއުރޯގެ މެންބަރުން އަދި މުވައްޒަފުން ހިމެނޭހެން ބޭއްވި ރަސްމީ ބައްދަލުވުމެއްގެ އޯޑިއޯއެއް." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތަކާ ގުޅޭގޮތުން އަދި އެބޭފުޅުންގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމަށެވެ. އަދި އޯޑިއޯ ފުރިހަމައަށް އަޑު އެއްސެވުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތަކާ ގުޅޭގޮތުން އަދި އެބޭފުޅުންގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން. އޯޑިއޯ ފުރިހަމައަށް އަޑު އައްސަވައިފިނަމަ، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ވަރަށް ރަނގަޅަށް ފަހުމް ވެގެންދާނެ." އަކްރަމް ވިދާޅުވިއެވެ.

ލީކުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގެ އޯޑިއޯކަން އެ ކޮމިޝަނުން ކަށަވަރު ކޮށްދެއްވިއިރު، އެ އޯޑިއޯގައި ޝަރީފް ވަނީ ގިނަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮމްޕްލެއިންޓްސް ބިއުރޯއިން ވަކިކުރި މުވައްޒަފުންނާއި، އިންތިޚާބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކާއި، އެ ޝަކުވާތަކުގެ ސީރިއަސްކަމުގެ އިތުރުން މެންބަރުން ސަމާލުކަން ދެއްވަންޖެހޭ ބައެއް ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ލީކުވި އޯޑިއޯގައި ޝަރީފް ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކޮމްޕްލެއިންޓްސް ބިއުރޯގެ "ލެޖިޓިމަސީ" އާއި ގުޅިގެން އެއްޗެއް ވިދާޅުވުން ކަމަށާއި، ކޮމްޕްލެއިންސް ބިއުރޯގެ ނިންމުންތައް ނިންމުމުގެ ކުރިން އިލެކްޝަންސްއާ މަޝްވަރާ ކުރަން ކުރިން އެންގީ އެއްވެސް ހާލަތެއްގައި ނުފޫޒު ފޯރުވަން ނޫންކަމަށެވެ.

އަދި ޔޫވީ ލައިޓް ބޭނުންކުރުމަކީ 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުން މަޖުބޫރު ކަމެއް ނޫން ކަމަށާއި، މަޖުބޫރު ވަނީ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާއެއް ހިމަނަން ކަމަށްވެސް ޝަރީފް އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން އޭގެ ޞައްޚަކަން ކަށަވަރު ކުރުމަށް، ޔަޤީން ކުރުމަށް އަޅުގަނޑުމެން އަމިއްލައަށް ކްރިއޭޓްކޮށްފައި އިންނަ އެއްޗެއް (ޔޫވީ ލައިޓަކީ). އެއީ އެއްވެސް ހާލެއްގައި ގައިޑްލައިންގައި އިންނަ އެއްޗެއް ނޫން. ގައިޑްލައިނުގައި އީސީގެ މައްޗަށް ލާޒިމުކުރަނީ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާރ ހިމަނަން. ޤާނޫނޫ ނުވަތަ ކޯޓު މަރުޚަލާއަކަށް އައީމަ ދެން ބަލާނީ އޭގައި ސެކިއުރިޓީ ފީޗަރސް ހުރިތޯ ނޫންތޯ" ޝަރީފް އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

އިތުރަށް އެ އޯޑިއޯގައި ޝަރީފް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އެއްވެސް ބަޔަކަށް އިންތިޚާބާއި ބެހޭ މައްސަލަތައް ހުށަހެޅުމަށް ހުރަސް އަޅަން ބޭނުން ނުވާ ކަމަށާއި، ޝަކުވާތަކާއި ގުޅުވައިގެން ނުރަނގަޅު ދޮގު ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި މައްސަލަތަކަށް ޖަވާބުދޭއިރު މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ހުށަހަޅާއިރު ދޭ ސްލިޕްކޮޅު އަތުލަންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ބައިވެރިވެވަޑައިގެންނެވި ކޮމްޕްލެއިންޓްސް ބިއުރޯގެ ރަސްމީ ބައްދަލުވުމެއްގެ ފުރިހަމަ އޯޑިއޯއެއް ލީކުވީއިރު، އެއީ އެ ބައްދަލުވުމުގައި ބެރިވެރިވި ފަރާތަކުން ކޮށްފައިވާ ރެކޯޑިންގ އެއްކަން ދޭހަވެއެވެ. އަދި މީގެ ކުރިން ޝަރީފްގެ ފޯނު ކޯލެއްގެ ރެކޯޑިންގ ވެސް ލީކުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އޮޅުވާލިވޯޓް

    އޯޑިއޯކޮބާ ބޯޓަކީ ތިފަސްވަގުން އޮޅުވާލި ވޯޓެއް

  2. Miadhu

    އަދި ބުނާނެ އެއީ އެޑިޓެކޭ ކުރިންވެސް ބުނީނު

  3. ޙ

    ކުރީގެ އޯޑިއޯ އަށް ވީ ކިހިނެއްތޯޯޯ؟

  4. ޖޮއްބެ

    ތިޔައީ އެބައިގަނޑުގެ ކުށެއް ނެތް ކަން އަންގަންވެގެން މާފަހުން ކުޅެފައިވާ ޑްރާމާއެކެވެ. އެހެން ނޫން ނަމަ ހަމަވަގުތުން ބުނާނެ ތިޔައީ އެޑިޓްކޮށްފަ އޮތްއެއްޗެކޭ. އެވަރުގެ ހިޔަޅު ބައިގަނޑެއް. އަދިބުނެފިޔޭ ލެޖިޓިމަސީއޭ، ބަލަ ކަލޭމެން ދަމާހާ ގުއިރޯނެއްގައި އިޚްލާޞްތެރިންނެއް ނުޖެއްސޭނެ މިތިބަ ފަސްމާމުލުންގެ ފަސް ވަގާ.....!!! ލެޖިޓިމަސީ ތިއޮތީ ތިމަރަ ތަލަގަނޑުގެ ****** ގައި އެލިފައި......!!!

  5. ޢާސިދާ

    ޢޯލް ބުލްސިޓް ޑްރާމާ

  6. ލޮލް

    އަނެއް އޯޑިއޯގެ މަތި އޮއްބާލީ. ސަޅި

  7. ޙައްގުބަސް

    ކޮރަޕްޓް ބައެއް!! ވިޔާނުދާ ބައެއް!! އަމިއްލަ އެދުމަށް ގައުމުވެސް ވިއްކާލަން ޖެހިލުން ނުވާނެ ބައެއް!! އޮޅުވާލި ވޯޓް 2018!! ކަލޭމެނަށް ވަރަށް ސަލާމް!!!

  8. ޖަހާމުގުރި

    ކަލޯމައްދޭ

  9. ގާސިމް

    އަދި މަޑުކުރޭ ސަރީފު ބޭރުކުރާނަން އިންތިހާބުގެކުރިން ކަމުދާމީހެއނޫން އަނގަހަޑީ ސިޔާސީ ދޮގުހަދަން ބަހައްޓަންވީ އައްނިކައިރީ

  10. Anonymous

    މިމީހުން ރައްހިގުންނަށް ޖެއްސުންކުރަން ވައްތަރުވައްތަރުގެ
    ޑުރާމާކުޅެނީ، ބޭނުމީ ފުރަތަމަ ލީކުވި ޢޯޑިއޯއަކީ އެއީ ހަގީގަތެއްނޫންކަމަށް ހަދަން، ކިތައްމެވަރަކަށް ޑުރާ ކުޅިއަސް ވޯޓުވަގު ކޮރަޕްޝަން ހަގީގަތަކީ ކަލޭމެން ނުހިންގާ ޖަރީމާއަކަށް ނުވާނެ،

  11. ކޮބާ

    ޕޮލިހުން އަދިވެސް ތަޙްޤީޤުކުރާކައްނުވޭތޯ.ކޮބާ ފަނޑިޔާރުން މައްސަލަ ރަނގަޅަށް މުރާޖާނުކޮށް ހުކުމް އިއްވިމައްސަލަ ކާޚުޒިންމާނަގަނީ

  12. ހުށޭނު

    ކޮން އޯޑިއޯއެއް މޯޑިއޯއެއް މުލައްދަނޑިއެއް ކިޔާކަށް؟ އަހަރުންގެ ލާރި ކޮބާހޭ؟؟؟؟ ފޮށިތަކުގަ ހަބަނޑަށް ތަޅުވާލާފަ ކާނެ ބޯނެ އެއްޗެއް ނުދީ ދަންމާލާފަ!!! ލާރި ގެނޭ ފޮށިތަކުގެ މީހުންނަށް!!!!!!!!!!!!!!!!!

  13. ސީދާ

    ކޮބާ ޙުވާތް ނުކުރެވޭނެ އިންތިހާބު ސައްޙަ ނުކޮށެއް