މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައި، ކޮމިޝަންގެ ޗެއާމަން ހުސްނުއް ސުއޫދު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ފަށާފައިވާކަމަށާއި މި ފަދަ ކޮމިޝަނަކުން ބަލަމުން ގެންދަނީ ކޮން މައްސަލަތަކެއް ކަން އާންމުނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވަނީ 29 މަރެއްގެ މައްސަލައެއް. ނަމަވެސް އާންމުނަށް މައްސަލަ ހުށަހަޅަން ހުޅުވާލުމުން އެހެން މައްސަލަތައް އަންނަ ނަމަ އެ މައްސަލަތައް ވެސް ބަލާނެ" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކޮމިޝަނުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ކޮމިޝަނުން މައްސަލަތައް ބަލާނެ ގޮތް ރާވާލުން ކަމަށާއި ލަފާކުރެވޭ ގޮތުން ކޮމިޝަނުގެ މަސައްކަތްތައް ނިންމާލެވޭނީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
" ކޮމިޝަނުގެ މަސައްކަތް ފަށާއިރު މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަން އަޅުނޑުމެން ފާހަގަ ކުރާނަން. އަދި ފުރަތަމަ 30 ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލާނަން" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ކޮމިޝަނުގެ މުއްދަތަކީ ދެ އަހަރު ކަމުގައިވީ ނަމަވެސް ދެ އަހަރުގެ މި މުއްދަތަށް ވުރެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ މާ ގިނަ ދުވަހަށް ދެމިގެންދާ ކޮމިޝަނެއްގެ ގޮތުގައި ވާކަށް. ކޮމިޝަނަކީ ވަރަށް ހަރަދު ކުޑަކޮށް ކުރިއަށް ގެންދެވޭނެ މުއައްސަސާއެއް" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެ ކޮމިޝަނަށް ބާރުދީ، މިނިވަން މުވައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް ޑްރާފްޓް އަންނަ ކަމަށެވެ. އަދި މިހާރު ވެސް އެ ކޮމިޝަނަށް މީހުން ހާޒިރުކޮށް ބަޔާން ނެގުމާއި، ތަހުގީގު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށާއި ނަމަވެސް، އެ ބިލް ގާނޫނަކަށް ވުމުން އިތުރު ބާރުތައް އެ ކޮމިޝަނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2018/13 އިން، ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި މީސް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލަ އަދި ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ ހިމެނެއެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
އެހެންވީމާ ޤާނޫނުއަސާސީގެ ދަށުން އެކުލަވާލާފައިވާ މިނިވަން މުވައްސަސާތަކުގެ ޒިންމާ
އަދާނުކުރެވޭކަން ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުވީތާ ދޯ؟
މިކޮމެޓީއަށް އެންމެފުރަތަމަ ހާޒިރުކުރަންވީ އިމްރން އަބުދުﷲ. މޭޑޭގަ އޭނާ ވިދާޅުވީ ޑރ. އަފުރާޝީމް އަލީގެ މަރާއިބެހޭ ހުރިހާ ލިއުމެއް މިހިރީއޭ... އެހެންވީމަ އޭގެ ހަގީގަތް ހޯދާ. ސުއޫދު ހީނުކުރާތި ބޭނުންގޮތެެއް ހެދޭނެކަމަށް ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން.
ތިންމަލައިކަތުން އެތިބީ މިފަހަރު ހުރިހާކަމެއް އެގޭނެ
ދެ އަހަރުންނޭ، ކޮބާ ރައީސްކަމުގެ ފުރަތަމަ ދުވަހު ރިލުވާނަށް ވީގޮތް ހޯދާނަމޭ ބުނެ ވީ ވައުދު
ދެމަފިރިން ކޮޓަރިއެއްގެ ތެރޭގައި މަރުވި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރަންޖެހޭ. އެއީ އެމީހުންގެ އަމަލަކުން ހިނގި މަރެއްތޯ ، އެހެން ބަޔެއްގެ އަމަލަކުން ހިނގި މަރެއްތޯ ، ގުތުރަތީ މަރެއްތޯ އެނގެން ބޭނުންވަނީ..
ﷲ އަކްބަރު. ބޭކަލުންނޭ ގޯނިބެކުޑައަލީ އަށް ވީގޮތްވެސް ބައްލަވާ ދެއްވައްޗޭ.....!!!
އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިކޮމިޝަނަކީ ބޭކާރު ކޮމިޝަނެއް. މިގައުމުގައި ދިމާވާ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރެވެންޖެހޭނީ ފުލުހުންނަށް، ޝަރީއަތް ކުރެވޭނީ ފަނޑިޔާރުގެތަކަށް. ތަހުގީގު ކުރުމާއި ޝަރީއަތްކުރުމަށް ރާއްޖޭގެ ފުލުހުންނާއި ފަނޑިޔާރުގެ ތަށް ނުކުޅެދެންޏާމު އެދެ މުއައްސަސާ އިސްލާހުކޮށް މީހުންތަރައްގީ ކުރަންޖެހެނީ. ރައްޔިތުންގެ އިތުބާރު މިމުހިންމު ދެ މުއައްސަސާއަށް ހޯދައިދޭންވީ. ބަދަލުގައި ކޮންމެ ރައީސަކު އައިސް ކުރީ ސަރުކާރުގައި ހުިރި މައްސަލަތަށް ބަލަން ކޮމިޝަން ހަދައި އެކަމަށް ބަޔަކަށް ފައިސާތަކެއް ދިނުމަކީ އެކީ އަކީ އެންމެ ރަނގަޅުގޮތްކަމަށް ގަބޫލެއްނުކުރެވޭ.
ރައީސް ސޯލިހް ގެ ސަރުކާރު ރައްޔިތުން ގެނައީ ކަންކަން އިސްލާހުކޮދިނުމަށް، ހާއްސަކޮށް ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުގެތަށް އިސްލާހުކޮށް ސަރުކާރުތެރޭގައިވާ ރިޝްވަތާއި ފަސާދަ ފޮހެލުމަށް މަސައްކަތްކުރުމަށް. މިކަންކަން ކުރެވޭނީ މިކަންކަން ކުރުމަށް ހުރި އިދާރާތަކަށް ބާރުދީގެން ހިންގުމަށް ނަޒާހަތްތެރި މީހުން ގެނެސްގެން.
މިކޮމިޝަންގެ އިސްވެރިޔާ ސޫދު އަކީ އިލްމީ ބޭފުޅަކަސް އިހްލާސްތެރި ނަޒާހަތްތެރި ބޭފުޅެއްނޫންކަން އެމަނިކުފާނުގެ ބަސްމަގު ހުންނަ ގޮތުން އެގޭ.
ޑރ ބާރީ އަވަހާރަވީގޮތް ތަހުގީގު ކުރަންޖެހޭ. އެމަނިކުފާނު ނިޔާވުމާ ނައިބު ރައީސެއް އެމްޑީޕީ އިން ކަނޑައަޅަން އުޅުނު ވަގުތާ ދިމާވުމާއި ނިޔާވެފައިވާތަންފެނުނު މީހުންނާއި ހަވާލާދީ ދެކޮޅު ނުޖެހޭކަންތައްތަކެއް އެބަވޭ. މިމަރުގައި ސިޔާސީ ކަމެއްއުޅޭކަމަށް ލަފާ ކުރެވޭ