ފްލައިޓްތައް ކެންސަލްވުމަކީ ބައެއް ފަހަރު ވަރަށް ގިނައިން ދިމާވާކަމެކެވެ. އެހެން ނަމަވެސް ގިނަ މީހުންނަށް އެކަން މާބޮޑު ކަމަކަށް ނުވެދާނެއެވެ. ހިތްހަމަ ނުޖެހުން ނަމަވެސް އެއްވެސް ކަމެއް ނުކޮށް ދެން އަންނަ ފްލައިޓަކަށް އިންތިޒާރުކޮށްގެން މަޑުކޮށްގެން ތިބޭ މީހުން މަދެއް ނޫނެވެ.

ނަމަވެސް މިފަހަރު މި ދިމާވީ އެފަދަ މީހެއް ނޫނެވެ. އެކަމާއި ހެދި މިވަރަށް ހިތްހަމަ ނުޖެހުނު މީހަކު ނެތް ކަހަލައެވެ.

ޕާކިސްތާނަށް ނިސްބަތްވާ ޒުވާނެއް ރުޅި އައީ އޭނާ ފުރަން އޮތް ފްލައިޓް ކެންސަލް ވުމުންނެވެ. އެކަމާއި ރުޅި އައިސްގެން ފުރަން ގެންދިޔަ ލެގޭޖް އެއާޕޯޓް ތެރޭގައި އަންދާލިއެވެ.

އެ ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ ހިނގާ ދިޔަ ހާދިސާއަށް މާފަށް އެދޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވާން ނޭދޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްލާމް އާބާދު އެއާޕޯޓުން، ގިލްގިޓްއަށް ދަތުރުކުރަން އޮތް އެ ޕާކިސްތާނު ފްލައިޓް ކެންސަލް ޓެކްނިކަލް މައްސަލަތަކާއި ހެދި އާއި މޫސުން ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އެ ފްލައިޓަކީ މިއަދު ހެނދުނު 7:00 ގައި ފުރަން އޮތް ފްލައިޓެކެވެ.

އެ މީހާ އޭނާގެ ލަގޭޖްގައި ރޯކޮށްލުމުން ސިވިލް އޭވިއޭޝަންގެ ފަޔާ ޓީމުން އެ އަލިފާންގަނޑު ނިއްވާލިއެވެ. އަދި މީހުން އެއާޕޯޓުގައި ކުރަކުމުންދިޔަ މުޒާހަރާ ހުއްޓުވައި އެ މީހުންނަށް ހާއްސަ ފްލައިޓެއް ފަހުން ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު