ބިޑުނުކޮށް ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ނުދެވޭ ގޮތަށް، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު އެ ގާނޫނަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއުއެވެ.
ރިފާއު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކަމަށެވެ.
އަދި ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާއި އާއްމުކުރަންޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
ރިފާއު ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ އެއްވެސް ރަށެއް އަދި ބިމެއް ނުވަތަ ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންގެ އޭގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ލިބިދޭނެ އުސޫލެއް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. އަދި މިހާރު އޮތް އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ އެތައް ކަމެއް ކުރެވިދާނެ އުސޫލެއް ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.
އަދި ކިރިޔާ ހޭއެރީ. 5 އަހަރު ފަހުން.
ށާބަހޭ ރިފާ ކޮއްކޯ ވަރައްރަގަޅު ހުށައެޅުމެއް.
.