އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ލީޑާޝިޕުން އައު ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިއުލާން ކުރައްވައިފިއެވެ.
އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އާދަމް ޝަރީފް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާނީ ޕީޕީއެމް އިން އަލަށް އުފައްދާ ޕާޓީގެ ޓިކެޓްގައި ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ނަމަކަށް ކިޔާ ޕާޓީއެއް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ޕީޕީއެމްއިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، އެ ޕާޓީގެ ލީޑާޝިޕް މައްސަލަ ސްޕްރީމް ކޯޓުގައި އޮތުމުން، އެ މައްސަލަ ކޮންމެ ގޮތަކަށްވެސް ނިމިދާނެ ކަމުގެ ފުރުސަތު އޮތުމުންނެވެ.
"ވަގުތު"އަށް ވާހަކަ ދެއްކި ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބާ ދިމާކޮށް، ސްޕްރީމް ކޯޓުން ޕާޓީގެ ލީޑާޝިޕާ ދޭތެރޭ ހުކުމެއް ކޮށްފި ނަމަ، ޕާޓީގެ ހިންގުން ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ.
"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްއިން މިހާރު ކުރަމުންދާ މަސައްކަތަކީ އަލަށް އުފައްދާ ޕާޓީގެ ލޯގޯ ފައިނަލް ކުރުމުގެ މަސައްކަތެވެ. އަދި މި ހަފްތާ ތެރޭގައި އާ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމްގެ ކޮންގްރެސްއިން، ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ނިންމެވުމުން އެ ނިންމުން ބަލައިގަންނަން އިލެކްޝަންއިން ދެކޮޅު ހެދި ނަމަވެސް، ހައިކޯޓުން ވަނީ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އީސީއަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން އީސީން ވަނީ ޕީޕީއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާވެސް ހިފަހައްޓާފައެވެ.
ޝުކުރިއްޔާ
އަވަސްކުރޭ
ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އާއިލާގެ 37 މީހުންގެ ސޮއި ރައީސް ޔާމީނަށް އަބަދުވެސް ލިބޭނެ!
ހަބޭސް ބާރަށް ކުރިއަށް ސާބިތުކަމަ އެކީ މިތިބީ
ލަސްވެއްޖެ ވަގުތެއް ނެތް އަވަސްކުރޭ
ފެމެލީ މިތިބީ ރައީސް އާއއެކު ސޮއިކުރަން ތައްޔާރަށް
އެބަ ރަގަޅުވޭ އަވަސްކުރަންވީ
17 މީހުންގެ ސޮއި ދޭނަން އަޒުމެއް ނުގުޑާނެ
ޔަގީންވެއްޖެ އުފާވެރި ވަހަކައެއް.
އެބަރަގަޅުވޭ! ސުކުރިއްޔާ
ކަމިޔާބް އޮތީ ވަރަށް ކައިރީ މަސައްކަތްކުރޭ. މާ ލަސްވެއްޖެ
ސަާބަހެޭ ރައިީސްޔަާމިީނު ތިހެންތިބެޭނިީ މިީހުންގެ ފިރިހެންދަރިން ސަާބަހެޭ އެންމެ ތަންކޮޅެށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވަާތި އަޅުގަނޑުމެން މިތިބީ މަނިކުފާނާއެކުގަ.
އަވަސް ކުރައްވާ! މަގޭ ސޮއެކުރާނީ ރައީސް ޔާމީން ހުންނަ ޕާޓީއަކަށް
ށުކުރިއްޔާ ރައީސް ޔާމީން، އަޅުގަނޑުގެ ސޮއި ތައްޔާރު
ފުނަދޫން 2950 މީހުންގެ ސޮއެލިބޭނެ އަވަސްކުރޭ އަދި މިމްބަރުވެސްދޭނަން އޯކޭ ފުނަދޫމީހުންބޭނުންވަނީ ބިނާކުރާވެރިއެއް މިހާރުހުރީ ފަނާކުރާވެރިއެއް
ޢަޒުމެއް ނުގުޑާނެ. މުޅި އާއިލާ މިއޮތީ މަނިކުފާނާ އެކުގައި. ޢަވަސްކުރައްވާ
ކޮންތާކުންހޭ ފޯމުލިބެނީ އެއްމެފުރަތަ ސޮއިކުރާ މީހަކަށް މަ ވާންބޭނުން.
މަވެސް !
އެކަކު ޖެހި ޖެހި ގެން އެތަކެއް ކޮމެންޓް ކުރީމަ ތީ ބޮޑުވަރު.
ކިހިނެތްތަ އެނގުނީ؟ ކެކެކެ... ކަލޯ މީ މޑޕ ގެ 'ބޮޑު' މުޒާހަރާ ބޮޑު ކުރާގޮތްދޯ..
އެސޮރު ކަޑަވީ ރ ޔާމިން އަށް ތާއީދު އޮތްވަރު ފެނުނީމަ... ސޯލިހު އެއޮށްގެން ގަުއުމު ބަޔަކަށްދީ ނިއްމާލަނީ
ބަރާބަރު މަވެސް އޯކޭ
ބަރާބަރު މަވެސް ގަބޫލު
ސުކުރިއްޔާ
މަވެސް މިހުރީ ރައީސްޔާމީންއާއި އެކު ކުރިޔަށްވަޑައި ގަންނަވާ ސޮއިކުރާނަން އުފަލުން.
އަޅުގަނޑު ވަންނަ ފުރަތަމަ ސިޔާސީ ޕާޓީއަކަށް ވާނީ ތި ޕާޓީ
މަގޭސޮއި ރޔ އަޠް ގެރެންޓީ ގޮޅާބޮއައް ޕާޓީގަޑު ދީ ެ
ސިޔާސީ ޕާޓީއެއްގަ ސޮއިނުކުރިޔަސް ރައީސް ޔާމީނު އެގޮތުގައި ދީނާ ޤައުމުގެ ދިފާޢުގައި ހުރިހައި ހިނދަކު އަޅުގަނޑުމެންގެ ވޯޓުލިބޭނެ.
މިހުރީ ޔާމީނު ފަހަތްޕުޅުގަޢަ އަވަސް ކުރްއްވާ
އެހާބޮޑެތި ކޮރަޕްޝަނާ ވައްކަން ކުރިކަން އެގޭއިރުވެސް ލޯމާރާފައި ތާއީދުކުމުގައި ހަމަ ކޮރަޕްޝަނުގެ ތާއީދެއްކުރާތީ ހައިރާންވެ އަންތަރީސްވޭ! އެހެންޏާފަހެ ގައުމުގައި ދުވަހަކުކޮޅުންވެސް ނުހިނގާފަދަ ބޮޑެތި ވައްކަންވިއްޔަ
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންގެ ބޮޑޭ ބުނި މަމެން ޕިންކީންގެ ސިޔާސީ ހަޔާތް ދިޔާ ކަމަށް އެހެންތޭ މިވީ ބަލާބަލަ ތަމެން އެހެންތޭ މިވީ ނޫން އެހެނެ ނޫން މިވީ ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
ޜެޑީ ސޮއި ކުރަން ގޮވާލުން ލަސް ވާނީ
ޢައު ޕާރޓީއެއް ފުފައްދަނީ ޕީޕީއެމުންތޯ ނޫނީ ކުރީގެ ރައީސް ޔާމީންތޯ..؟
ވަރަށްބޮޑަށް އޮޅިއްޖެ...
ސްޕްރީމްކޯޓުން މައްސަލަ ލަސްކުރަމުން އެދަނީ މައުމޫނުގެ އޯޑަރަށެވެ. އެއީ ވަގުތު ކުޑަތަންކޮށްފަ ، މައުމޫނަށް ޕީޕީއެމް ދޭން ޙުކުމްކޮށް މަޖްލިސަށް ކުރިމަތިލާގެންތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ ޕީޕީއެމްމީހުން މާޔޫސްކޮށްލުމަށް ޓަކައެވެ.
ތިލިޔުން ރަނގަޅެއްނޫން
ލިޔަން ޖެހޭނީ ޕާޓީއެއް ފޭރިގަތްބަޔަކުއަތުން
އެޕާޓީއަތުލަފާނެ ކިމުގެބިރަށް އެހެންޕާޓީއެއް
އުފައްދަން ނިންމައިފި
ކޮންމެ ޕާޓީ އެއް ދަރުވާލާފަ އެހެން ޕާޓީ އެއްް
އަޅުގަނޑުގެ އުންމީދަކީ ޕީއެންސީ އަށް ސޮއިކުރާ ފުރަތަމަ 100 މީހުންތެރޭ އަޅުގަނޑުގެ ސޮއި އޮތުމަށް މަސައްކަތްކުރުން
މިހާތަނައް މި ޤައުމުގަ ރައިސްކަންކުރި ރައިސުންގެ ތެރެއިން ޤައުމައް އެންމެ އިޙްލާސްތެރީ ރައީސް ޔާމީން. މިވަގުތު ވެރިކަމާ ހަވާލުވެތިބީ އެންމެ ބޮޑެތި ވަގުންނާ ގައްދާރުން. މިޤައުމު އިންޑިޔާ މީލުންނައް ވިއްކާލަމުން އެގެންދަނީ. ޜޯމާ ދުވާލު ބޮޑެތި ވައްކަން ކުރަމުން އެދަނީ.
އެބަރަގަޅުވޭ..!!
އެބަ ރަނގަޅުވޭ
ތުލުސްދޫގެ މެޖޯރެޓީ އޮތީ ރައިސް ޔާމީނާ އެކު ޕީ.ޕީ.އެމް ލާދީނީ ފިކުރައް ތާއީދު ކުރާ މީހުންނާ ޙަވާލު ކުރޭ
ﷲ އިރާދަކުރެއްވިއްޔާ މަގޭ ސޮއެކުރާނީ ރައީސް ޔާމީން ހުންނަ ޕާޓީއަކަށް ގަދަރައީސެއް ހަމަ ޝުކުރިއްޔާ