ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން، އެ އިންޑަސްޓްރީ ތަމްސީލް ކުރައްވާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ މަޝްވަރާ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވީ މިމަޝްވަރާތައް ކުރެއްވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް ޢަބްދުﷲ މުޙައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވި ކަމަށް މަޖިލީހުގެ އިދާރަ އިން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަރުޚަބާ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަޢުލޫމާތު އެރުވި ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ.
އެމްއެންއޭސީއައިގެ އިސް ބޭފުޅުން މަޖިލިސް ރައީސާއި ބައްދަލު ކުރެއްވި އިރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ދައްވުމުން ގިނަ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާ ގިނަ ބައްދަލުވުންތަށް ކުރިޔަށް ދާތަން ބަލަން އައްނިޔަކަށް ކެތެއް ނުވާނެ.
މާދަމާ ކޮށްމެވެސް ބައްދަލުވެމެއް ބާއްވައި މިކަން ހިހޫކޮށްލަން އުޅޭނެ
މިހާރު ހީވާކަހަލަ ....... ޤއުމުގެ ރައީސަކީ ޤާސިމޭ! މަރުޙަބާ ޤާސިމްބެ! ކޮބައި މިހާރު މުއައްޒަފުންގެ ސާވިސްޗާޖު ހަމައަށް ދެނީ ކޮން އިރަކުންތަ؟
މިޖެހެނީ ކޮންފަދަ ކަމެއް ރައްޔިތުންގެ މަޖިލިސް ގެ ރައީސް ގެ ހައިސިއްޔަތު އޮޅުނީތަ. ޏުވަތަ ބޯގޮވީތަ؟