ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނާނެ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އޭޕްރިލް މަހު ހުޅުވަން ނިންމައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންނެވެ. ހޮސްޕިޓަލް އިމާރާތް ކޮށްފައި ވަނީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ. މަސައްކަތް ހަވާލު ކުރީ ޖޫން، 5، 2016 ގައެވެ. އެއީ މަސައްކަތް ފަށާތާ ދެ އަހަރުން މަސައްކަތް ނިންމުމަށެވެ.

އިމާރާތުގެ މަސައްކަތް ތާރީޚަށް ނިންމުނު ނަމަވެސް ހޮސްޕިޓަލް ހުޅުވުން ލަސްވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށް އެމަސައްކަތް ތާރީޚަށް ނުނިންމިގެންނެވެ. ޔާމީންގެ ސަރުކާރުން މަސައްކަތް ކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހޮސްޕިޓަލްގެ ހަ ފްލޯއެއް ހުޅުވާށެވެ. ނަމަވެސް އެދުވަހަށް މަސައްކަތް ނުނިމުމުން ދެން މަސައްކަތް ކުރީ މި އަހަރުގެ ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވާށެވެ. ފެބްރުއަރީ މަހު ހޮސްޕިޓަލް ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް ވަނީ ސަރުކާރު ބަދަލު ވެފައެވެ.

އާސަރުކާރުން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރިލް މަހު ހުޅުވާއިރު ހަތަރު ފްލޯއެއްގައި ޚިދުމަތް ދޭނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއި އެކު އައިޖީއެމްއެޗްގެ އޯޕީޑީ، އެކްސްރޭ، އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ވާނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެހެންކަމުން ތޮއް ޖެހިފައި އޮންނަ އައިޖީއެމްއެޗަށް ލުއިތަކެއް ލިބިގެން ދާނެއެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ވަނީ ގުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަޓޯ

    ތި ހޮސްޕިޓަލް ހުޅުވަން ޖެހޭނީ އަހަރެމެންގެ ރައީސް ޔާމީން... ހަޔާތްކުޑަ އެމްޑީޕީ ބައިގަނޑުގެ އިބުރޭސޯލިހު ތިހޮސްޕިޓަލް ހުޅުވައިގެން ނުވާނެ... ތަނުގެ ބަރަކާތްވެސް ގެއްލޭނެ އޭރުން

  2. ޝަރީފާ

    ހުރިހާ މެޝިނަރީސްތައްވެސް ހޯދާފަ! ރިބަން ކަނޑަންހުންނައިރު އިސްދަށަށްޖަހައިގެން ހުންނާތި!

  3. ދދދދދ

    شكرية ރައީސް ޔާމީން

  4. ލަބީބު

    އެދުވަހަކީ ރައީސް ޔާމީންގެ އަގުބޮޑު ޚިދުމަތްތަކުގެ އަގު ހެޔޮވިސްނޭ ރައްޔިތުން ވަޒަންކުރާދުވަސް! ހުޅުމާލޭ ޕާކިންޒޯން ، ބްރިޖް ، މަހާޖައްރާފް ، ތެޔޮބޯޓް ، އަލަށް ހެދި 50 ރިސޯޓް ، ޒުވާނުންގެ ސަހަރު ، އެނބޫދޫފަޅު ، އެޔަރޕޯޓްތައް ، ހުޅުލޭގެ ބޮޑު ރަންވޭ ، ޞިއްޙީ ދައިރާއަސް ލިބިފއިވާ ތަރައްޤި ، ތަޢުލީމު ..... މިހެން ކިޔާނޭކަމެއް ނެތެވެ.

  5. އަލި

    ދަރުމަވަންތަ ހޮސްޕިޓަލް ވާނެ ރާއްޖޭގެ ސިއްޙީ ހަޔާތުގެ ކުލަ ގަދަ ރަމްޒަކަށް އަދި ރައީސް ޔާމީން ގެ ކުަލަ ގަދަ ޚިދުމަތަކަށް ވަރަށް ޖަޒީރާ ވަންތަ ހޮސްޕިޓަލެކޭ ހުޅުވާދުވަހު ބުނާނެކަން ކަށަވަރު އެއީ ގަސްހައްދާފައި ހުރުމާއި ފަތާ ފެންގަނޑެއް ވެސް އޮންނާނެތީ.... ދެން ކިޔާނީވެސް ހޮހޮޅައޭބާ .. ޑިމޮކްރޮޓިކް ގޮތަކީ ކުރީގެ ވެރިމީހާ ބައިވެރި ކޮށްގެން ތިޔަ ތަން ހުޅުވުން އަދި އޭނާ އަށް ވެސް ޝުކުރިއްޔާ އޭ ހުޅުވާ މީހަކަު ބުނެލުން ... ޝުކުރު ޝުކުރު ހައްގު ޝުކުރު ހޮހޮޅަ އަށް އެދުވަހު މިސަރުކާރުގެ ހުރިހާ ބޮޑުން ވަންނާނެ އަދި ތަލިން ކުޅުހިކި މާޔޫސްވެ ރޮވި އަދި ރުޅިގަދަވެސް ވާނެ .... ތިޔަ ތަން ތަޅާލެވޭކަށް ނެތް ބޭނުން ނުކޮށް ވާކަށް ނެތް ... މަލިކު މީހުންގެ ލަވަޔަށް މިވީ

  6. ކުޑަބަޖަރާ

    ތިޔަ ހޮސްޕިޓަލްގެނަން ބަދަލު ކުރުމަށްއެދެން.

  7. ހުސޭނުބޭ

    ކީއްކުރާށޯ ތި ތަން ހުޅުވަނީ! ތިއީ ކޮށްފައި ހުރި ބޭކާރު ޚަރަދެއް! ކޮން ކްރީޓް ތަރައްޤީ ބޭނުމެއްނޫން! ބޭނުމީ ޖަޒީރާ ދިރިއުޅުން! ހަކުރުބަލި ޖެހުނަސް އަޅާނީ ތަވީދެއް! ތިއީ ބޭކާރު ތަނެއް! ތި ތަން އަޅާން ހިނގި ޚަރަދު މާ ބޮޑު! ވީމާ ތި ތަން ބޭނުމެއްނޫން! ކެކެކެކެކެކެކެކެކެ

    1
    1
  8. އަބުދުއްލޯ

    ސުކުރިއްޔާ ރައީސް ޔާމީން

  9. ތިމަންނަ

    އިތުރު ނޮފޮރުއްޕާނެއް ނުޖެހުނިއްޔާ ކިތަންމެ ހާވެސް ރަގަޅު....

  10. އަބުދުﷲ

    ތިތަންހުޅުވަން ރެބަންކަޑާ ރަމްޒީ ވެރިޔާބުނާނެ
    މީޖަޒީރާވަންތައިމާރާތެކެ ހާދަމޮޅޭޔާމިންއެގިންޖެ
    ޖަޒީވަންތައިސްކޫލެ ޖަޒީރާވަންތަ ހޮސްޕިޓަލެ
    ޔާމީންވަރުގެ ވެރިޔެންނުދެކެމް އުމުރުން މިހާރު
    58. ފައްފަށުން ސުކުރިއްޔާ ދުއާޔަކީﷲގެރަހުމަ
    ތްފުޅުން އސލ ދީނާ ގައުމައްޓަކާވެރިކަމައް
    އާދެވޭނެގޮތްމެދުވެރިވުން އިންސާﷲ

  11. އަފީ

    ހަހަހަހަހަހަހަހަހަ...ޕަކާސް.....ދެއަތްތަޅާފަ ހޮލުވާ ރައީސް ޔަމީން ކުރި މަސައްކަތްތަށް...

  12. މިލިޓަރީ

    އިންޑިޔާއާ ނުލާ މިރާއްޖެ ތަރައްގީ މިކުރީ ރައިސް ޔާމިން

  13. ސޮއްބެ

    ރައީސް ޔާމީންގެ ހުރިހާ ޕްރޮޖެކްޓް ތަކުގެ ރިބަން ކަނޑަން ހުރޭ އުބުރޭ... ކަލެއައް ތިނޫން ވަރެއް ނުވާނެ. ދެން އެމްޑީޕީ ބައިގަނޑު ހުރޭ އަތްޖަހަން... ހަރާމްކޯރުތައް