ރާއްޖެ އޮތް ސަހަރައްދުގެ ސަބަބުން ކަނޑުފޭރޭ މީހުންގެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މަޢުމޫނު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެރިޓައިމްް އެފެއާޒުން އިންތިޒާމުކޮށްގެން ބާއްވާ، "އިންޓަނޭޝަނަލް މެރިޓައިމް ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ސަބަބުން، އިންޑިޔާ ކަނޑުގެ އުދުވާންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ޚާއްޞަކޮށް ކަނޑުފޭރޭ މީހުންގެ ނުރައްކާ ރާއްޖެއަށް އެބަ އޮތް ކަމަށެވެ.
"ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އިންޑީޔާ ކަނޑުގައި ހިނގާ އުދުވާންތަކުގެ ނުރައްކާ ރާއްޖެއަށް އެބަ އޮތް. އެންމެ ފާހަގަކޮށްލެވޭ ނުރައްކަލަކީ ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ." ދުންޔާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމާލާއިންވެސް، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އޮތް ނުރައްކާތެރިކަން އިޙްސާޞް ކުރެވުނު ކަމަށާއި، މިފަދަ ކޮންމެ ޙާލަތަކުން އަރައިގަތުމަށްވެސް ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހުނު ކަމަށެވެ. އަދި ބޭރުގެ އުދުވާންތަކުން ރާއްޖެ ސަލާމަތް ކުރެއްވުމަށް، ކުރީގެ ރައީސް، އަލްއުސްތާޒު މަޢުމޫމު ޢަބްދުލްޤައްޔޫމު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް އެކަންކަމުން ޢިބްރަތް ޙާޞިލްކުރެއްވުމަށްވެސް ދުންޔާ ވިދާޅުވިއެވެ.
2007 އިން ފެށިގެން ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ އިންޑިއާ ކަނޑުގައި ބޮޑުވިއެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެށި ހާއްސަ އޮޕަރޭޝަންތަކުގެ ސަބަބުން 2013 ގެ ފަހުން ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަމަލާތައް އަމާޒުވާ އުޅަނދުތައް ވަރަށް މަދެވެ. މިހާރު ނުރައްކާ ބޮޑީ ސޯމާލިއާ އާއި ވަރަށް ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށެވެ.
އެކަމަކު މިބައިގަނޑު މިއުޅެނީ ކީކޭހިތައް އަރާގެންތަ..
ރާއްޖެއަށް އޮތީ ކަނޑުފޭރޭ މީހުންގެ ނުރައްކަލެއްނޫން. ރާއްޖެއަށް ނުރައްކާވަނީ މިގައުމުގެ މިނިވަންކަމާއި މިގައުމަށް އަތްގަދަކުރަން އުޅޭ އިންޑިޔާމީހުންގެ ނުރައްކާ. ދެންއޮތީ ސިޔާސީ ހަސަދަވެރިންގެ ނުރައްކަލާއި ކުރީގެ މުސްކުޅި ރައީސު ނުރައްކާ.
ކަނޑުފޭރޭ މީހުންގެ ނުރައްކަލަށް ވުރެ ޤައުމިއްޔަތެއް ނެތް ސިޔާސީ މީހުންގެ ނުރައްކާ ރާއްޖެއަށް ބޮޑު
މި ވެސް އަންނި ޖީންއެއް ހުންނަ އަންހެނެއް ދޯ! އަންނި ވެސް ބުނި ރާއްޖެގެ ގިރަ ރައްތަކެއް 2015 ގައި އަޑިޔަށް ދާނެޔޭ! މި މީހަކު މި އުޅެނީ ކަނޑު ފޭރޭ މީހުން ރާއްޖެ ނައިސްގެން!
ކުރިން ތިކަމުގެ ނުރައްކާ އޮތް އިރު ތި ވާހަކަ ނުދައްކާފަ މިހާރު އިންޑިއާ މީހުން މިތާ ބައިތިއްބަންވެގެން ތިވާހަކަ ދެއްކީމަ ވަރަށް ހެއްވާ. ކުޑަކޮށް މައުލޫމާތު ބަލައިލީމަ އެނގޭނެ ސޯމާލިޔާ މީހުންގެ ނުރައްކާ މިހާރު ކުޑަވެފައިވާ މިންވަރާ އެމީހުން ރާއްޖެއާ ހިސާބަށް ގަސްދުގައި ދަތުރުކޮށް އުޅުމަކީ އެމީހުންނަށް ދުރުމިނުގެ ގޮތުން ހަމަޖެހޭ ކަމެއްނޫންކަން.
މިބައިގަޑުއަބަދުވެސް އުޅެނީ ރާއްޖެއައް ކޮންމެވެސް ކަހަލަ ނުރައްކާތަކެއް ދިމާނުކުރެވިގެން
ވެރިކަން ފޭރުނުމީހުންގެ ތެރޭގައި ހުރެގެން ތިޔަހެންކީމާ ކަމަކުނުދާނެ.
ކަނބުލޯ ތިހިރީ ދުނިޔެރަންވެފަ މިރާއްޖޭގަ މީހުން އުޅެންފެށިފަހުން މިހާތަނައް ކިތައް އަހަރުވެއްޖެކަން މަންޖެއައް އެނގޭތަ މިވީ ގިނަ އަހަރުތަކުގެ ތެރޭ ރާއްޖެމީހުންނާ ތިކަހަލަ ކަމަކާދިމާވެފަ އެބަހުރިތަ