މާލޭގެ ފިހާއަރަކުން ވައްކަން ކުރި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ފިހާރަކުން މީހަކު ވައްކަން ކުރާ މަންޒަރެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއާ ގުޅޭ މައުލޫމާތެއް އިނގޭނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭކަން ވަނީ ފާހަގަކޮށްފައެވެ.