ސެނެހިޔާ ކައިރީ ކަފި ހުރަސްމަތިން މަގު ހުރަސް ކުރަމުން ދިޔަ މެދު އުމުރުގެ އަންހެނެއްގެ ގައިގަ ކާރަކުން ޖެހި ހާލު ސީރިއަސް ވުމުން ފަރުވާ ދެމުން އެބަގެންދެއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 18:24 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ދެމީހަކު ވަނީ ކާރުގައި ޖެހި އަނިޔާވެފައެވެ. ނަމަވެސް ދެމީހުންގެ ތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ އެކަކަށެވެ. އަނިޔާވި އަންހެން މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.
މި އެކްސިޑެންޓަށްފަހު ދެމީހުންވެސް ފުރަތަމަ ގެންދިޔައީ ސެނެހިޔާ އަށެވެ. ނަމަވެސް ފަހުން ވަނީ އޭޑީކޭ އަށް ބަދަލު ކޮށްފައެވެ.
ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ އިތުރު ވެފައެވެ. މީގެ ތެރެއިން ގިނަ އެކްސިޑެންޓްތަކެއް ސެނެހިޔާ ކައިރީގައި ހިނގާފައިވެއެވެ.
شفاها الله شفاء عاجلا
ސެނަހިޔާ ކައިރިން ދުއްވާ ފަރާތްތަށް މިހާރުން މިހާރަށް ހެލްމެޓް އަޅަންވީ އެހިސާބުން ހިނގާފަ މަގުހުރަސް ކުރާފަރާތްތަށް ވެސް ހެލްމެޓް އަޅުވަންވީ ނޫނީ ރައްކާތެރިކަމެއްނެތް. ފުރަތަމަަ ހެލްމެޓް އެޅުވީ އައްބާސް އިބްރާހީމްގެ ދަރި ނިޔާވުމުން އަދި ހަނދާނަކަށް ނަސަންދުރަ ސަރަޙައްދުގަ ދެބުރޭކަރު އެޅީ ދެން ހަމަ ބޮޑު އެކްސިޑެންޓެއް ހިނގާ ކޮންމެ ސަރަހައްދެއްގަ ދިޔައީ ބުރޭކަރު އަޅަމުން މިޖަޒީރާ ރާއްޖޭގެ ވަޒީރުކަމަށް އަންނަ މީހުންގެ ވިސްނުން ހުންނަ ފެންވަރު ކީއްކުރާނީ އިހަކަށް ދުވަހު މޫން ކެފޭ ތެރެޔަށްވެސް ކާރެއް ވަތް ދެންބުނަންވީ ކޮފީއެއްބޯން ވިޔަސް އެތެރެ ފިޔަވާ ބޭރު މަގަށްވާ ގޮތަށް ހުންނަ މޭޒުތަކުގެ ބޭފުޅުން ކޮފީއެއްގަ އިނަސް އިންނަން ޖެހޭނީ ހެލްމެޓް އަޅައިގެނޭ އެހެންނޫނީ ރައްކާތެރިކަމެއްނެތޭ!!! މަށަށް ޔަގީންވާ ކަމަކީ ހެލްމެޓް އެޅުމަށްފަހު ސައިކަލް ތަށް ބިރުފަހަނައަޅައި ދުއްވާލެއް ބާރުވާނެހެން ސުވާލަކީ މަޖީދީމަގުން ހިނގާފަރާތްތަށް ހެލްމެޓް ނާޅާ ސަލާމަތް ވާނެތޯ؟؟؟؟
ސައިކަލެއް.. ކާރެއް ނޫން
މިހާރު މިވާ ގޮތުން ހިނގާ މީހުންވެސް ހެލްމެޓު އެޅުން ވަރަށް މުހިންމު ހަމަ އެކަނި ހެލްމެޓު އަޅަންޖެހެނީ ސައިކަލް ދުއްވާ މީހުން އެކަންޏެއްނޫން
ދެން މިހާރު ކަފިހި ހުރަސް މަތިންވެސް ހިނގެން ނެތީނު؟
ކޮންމެމީހެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަން ފެނޭ.
ތިވާހަކަ ދެއްކުމުގެ ބޭނުމެއް. ރައްޔިތުންގެ ފައިސާއިން ގަނެގެން މިނިސްޓަރުން ދުއްވާ ކާރުތަކުގެ ޑްރައިވަރުންވެސް މަގުހުރަސްކުރާ މީހަކަށް ބަލާލުމެއްނެތި ދުއްވަނީ. މިދިޔަ އަންގާރަދުވަހު އަޅުގަނޑު އޮފީހަށް އައިމަގުމަތީ، އިސްލާމީ މަރުކަޒު ކައިރީ ކަފިހި ހުރަހުން ހުރަސްކުރަނިކޮށް އެތަނުންއައި ދައުލަތުގެ ދިދަޖެހި ކާރެއް ހައިވޭ ސްޕީޑުގައި ދިޔުމުގެ ސަބަބުން އެވަގުތު މަގުހުރަސްކުރި މީހުން ހަމަކިރިޔާ ސަލާމަތްވީ.
މަގުހުރަސްކުރަންވީ ހަމައެކަނި ކަފިހި ހުރަހުން. ކަފިހިހުރަހުގެ ދެފަރާތުގައި މާސިންގާހާ ދެބަމްޕަރު އަޅަންވީ. އާނދެން ހިނގާމީހުންނަށް ކޮންދުއްޕާނެއް އަރުވާކަށް