ގއ.ވިލިނގިލީގައި ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާގެ އަތާއި މެއި މަތި އަދި ކޮނޑު މަތީގައި ވެސް ޒަހަމެއް ހުއްޓެވެ. އެޒަހަމްތައް ހުރީ ކަރަންޓް ޖެއްސުމުން ނުވަތަ އަލިފާން ޖެއްސުމުން ފިހިފައި ހުންނަ ގޮތަކަށެވެ. ނަމަވެސް އެއީ ކިހިނެއްވެ ހެދިފައި ހުރި ޒަހަމްތަކެއް ކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މިއަދު ހެނދުނު 07:00 ހާއިރު އެރަށު އުތުރު ކޮޅު ހަރުގެއެއް ކައިރީގައި ވެއްޓިފައި އޮތް މީހަކު ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާ ކަމަށެވެ.
ނިޔާވެފައި އޮތް މީހާއަށް އަނިޔާކޮށްފައި އޮތްކަމުގެ ނިޝާނެއް އެބަހުރިތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށާއި އަދި އެފަދަ މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.
ނިޔާވެފައި އޮތް މީހާ ތަނެއްގައި އައްސާފައި ހުރި ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށެއް ނުދެއްވައެވެ.
ފުލުހުން ވިދާޅުވީ ނިޔާވި މީހާގެ މައްސަައާއި ގުޅޭ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
މަރުތައްބަލަކޮމެޓީއަށް އިތުރުމަރެއް ! މަރުވިގޮތްހޯދާ ޢުޤައިލްގެ ސޮްފްޓްވެއަރައަށް އިތުރު މަސައްކަތެއް!
ތި ވެދާނެ ފުލުހުން ކުރި ކަމަކަށްވެސް.
މިވެދާނެ ޅަހުއްތު ކުރި ކަމަކަށްވެސް..
އެވެދާނެ ކަލޭ ކުރި ކަމަކަށްވެސް
انالله وانااليه راجعون
ތިމަރުގެ ހަޤީގަތް އެންމެ ދުވަހަކުން ހޯދާނަން.. އިބްރާހިމް
ތިކަން ބަލާނެ ސޮފްޓްވެއަރ އެބައޮތް... މުޢައިލް
ގޮްތްނޭނގޭ މަރުތަކުގެ ހަޤީގަތް ހާމަނުކޮށް ސއްރުކުރަނީ އަމިއްލައަށް ކުރި ކަމަކަށް ވީމަތަ؟ ރައީސް ޔާމީންގެ ބޮލުގައި ތަފާތު މަރުތައް އެޅުވި މީހުންނަށް ނުރެކެވޭ ވަރަށް ގޮތްނޭނގޭ މަރުތައް ތިޔަހަރަ ލިބެނީ...
ދެން ބުނޭ ތަހުގީގު ކުރާ މައްސަލަޔަަކައް ވީތީ މަރުވިކަންވެސް ޔަގީނެއް ނުވޭ
ދެރަކަމެން
މިއީ މިސަރުކާރުން މަރާލި މީހެއްތާ ދޯ. މި މަރުގެ ޒިންމާ ނަގާނީ އަބޫ ސޯލިހު ތަ؟
މަރު ސާބިތު ކުރަން އެންމެ މޮޅު އެއްބަޔަކީ ދިވެހި ފުލުހުން. އެމީހުން ގޮސް ބަލާފަ ބުނާނެ ފުރާނަ ހުރިތޯ ބަލާފަ ނެތިއްޔާ ޔަގީނުން ވެސް އެޔޮތީ މަރުވެފައޭ. ދެން ޒަހަމެއް ހުރިިއްޔާ ބުނާނެ ހަށިގަނޑުގަ ޒަހަމް ވެސް ހުއްޓޭ. ޒަހަމް ކަމަށް ޝައްކުވާ ކަހަލަ ތަނެއް އިނިއްޔާ ބުނާނެ އަދި ތިތަންތަން އެހެރީ ޒަހަމްއަށް ބަދަލު ނުވެއޭ އެހެންވީމާ ޒަހަމް ކަމަށް ނުބުނެވޭނެއެ. ރިޕޯޓްގައި މިހުރިހާ ކަމެއް ލިޔެފަ ސިސްޓަމްއިން ފައިލް ކްލޯސް ކޮށްލީމާ ތަހްގީގު ނިމުނީ. ހަވީރު އޮންނާނެ ފުޓްބޯޅަ. ވީކެންޑް ދާނީ މަހަށް ނޫނީ ދަތުރު. ރަސްމީގަޑީ އޮފީހަށް އަންނަ ގޮތައް ސަޔަށް. ސައިނިމިގެން އިންގޮޑިމަތީ ކޮފީއެއް. 1 ފޮށި ސިގެރެޓް ބޮއިގެން ނިކުންނައިރު މެންދުރު 12. ދެންދުވާނީ ދަރިން ސްކޫލުން ގެނައުމާ ލާންދިއުން. ލާން ގޮސްފަ ދެން ކައިގެން ނޫނީ އަނެއް ކޮފީ ނިންމީމަ ރަސްމީ ބައި ނިމުނީ. ބާކީ ބައި ފިރިހެން ޕޮލިހުން އަންހެނެއްގެ ކަމެއްގަ އަންހެން ޕޮލިހުން ފިރިހެނެއްގެ ކަންތަކުގަ. ދެން ކޮން މަރެއްގެ ހަގީގަތެއްް ބެލޭނީ