ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް، ކާރަކުން ޖެހި އަނިޔާވި އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެެވެ.
މަގު ހުރަސް ކުރި މީހުންނަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ޖެހުމުން އަނިޔާ ވެފައި ވަނީ 46 އަހަރުގެ އެ އަންހެނަކަށެވެ.
އަންގާރަ ދުވަހުގެ ރޭ އިރުއޮއްސުނު ވަގުތު މޫންލައިޓް ހިނގި އެ އެކްސިޑެންޓްގައި ކާރު ޖެހުމުން އަންހެން މީހާ ވެއްޓި ބޯ ޖެހުނީ ސްޕީޑް ބްރޭކަރުގަ އެވެ. ބޯ ޖެހުމުގެ ސަބަބުން އަންހެން މީހާގެ ސިނކުޑިއަށް ވަނީ ލޭ އެޅިފައެވެ. އޭޑީކޭގައި ފަރުވާ ދޭން ފެށިފަހުން އޭނާގެ ހާލު ރަނގަޅު ވަމުން އައި ނަމަވެސް ކުއްލިއަކަށް ހާލު ގޯސްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެއެވެ.
ފުލުހުން ވަނީ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު މީހުން ފުލުހުންނާއި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އާއްމު ގޮތެއްގައި އެކްސިޑެންޓެއްގައި މީހަކު ނިޔާ ނުވާނަމަ ފުލުހުން އެމީހެއްގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތެއް ނުކުރެއެވެ.
ހިނގާ މީހުންނަށް ކަފިހި ހުރަސްއިން ވެސް ހުރަސް ކުރެވެން ނެތް ދޯ މިހާރު
އެމީހާގެ ގައިގަ ޖެއްސި ކާރާއި ޑްރައިވަރު މިނިވަންކަމާއެކު ދަތުރު ކުރަމުންދާކަމަށް މަޢްލޫމާތު ލިބޭ.އެކި އިދާރާތަކުން އޭނައަށް ފިޔަވަޅެއް ނޭޅިޔަސް އަނިޔާ ލިބުނު ފަރާތާ އެކީގައި ތިބިކަން ދެއްކުމަށް އާންމުންނަށް ކުރެވިދާނެކަމެއް އެއީ އެކާރުން ދަތުރު ނުކުރުން.
އާއިލާ އަށް ކެއްތެރިކަން ދެއްވާ އަވަސް ޝިފާއަކަށް އެދެން . ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިފަދަ އެކްސިޑެންޓް ތަކުގައި އަނިޔާ ލިބޭ މީހާގެ ހައްގުގައި ދައުވާ އުފުލާ މުޅި އުމުރު އެވޭނުގައި އުޅެން ޖެހުނަސް މަރު ނުވަންޏާ ދައުވާ ނުކުރާ ގޮތަށް އޮންނަ އޮތުން ބަދަލް ކުރައްވާ އެއީ އިންސާފަކީ ،،،، އިންސާނެއްގެ ހަށިގަނޑަށް ގުނަވަންތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާ ދޭން ޖެހޭނެ .... .ހައްޔަރު ކުރި މީހާ ދޫކުރި ކަމަކީ ހިތާމަ ހުރި ކަމެއް ތީ ގަސްދުގައި ޖެއްސިކަމަށް ބެލެވޭނީ ކަފި ހުރަހަކާއި އަރާ ހަމަވާއިރު ދުއްވާ މީހުން ބަލަންޖެހޭނެ. އެއީ އޭނާގެ ޒިންމާއެއް
އެންމެ ހަޔާތް ކުޑަކޮށް މިހާރަކަށް އައިސް ދުއްވަނީ ޓކްސީޑްރައިވަރުން.!!
ޓެކްސީތަކުގެ ދުއްޕާން ވ ބޮދުވެއްޖެ، ކަފިހިހުރަސް މަތިން ހުރަސްކުރަން ކިތަންމެ އިރަކު މަޑު ކޮއްގެން ހުއްޓަސް ކަފިހި ހުރަސްމަތީގައި ހުރަސްކޮއްކޮއްހުއްޓަސް ތަނެއްދޮރެއްބަލާނުލާ ޓެކްސީތަކާހެދި މިހާރު މާލޭގައި އުޅެން އުދަގޫވެއްޖެ،