އަންހެނުން މުޖުތަމައުގައި ކޮށްދޭ ހިދުމަތުގެ އަގު ވަޒަން ކުރުމަށާއި، އަންހެނުން ކުރާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ރެހެންދި އެވޯޑު މިއަހަރު ނުވަ ކަނބަލަކު ހާސިލް ކުރައްވައިފިއެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން ކ. މާފުށީގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި ރެހެންދި އެވޯޑު ލިބިލެއްވި ކަނބަލުންނަށް ބްރޫޗު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ. އަދި އެ ބޭފުޅުންނަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރައީސް ސޯލިހެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ނުވަ އަންހެން ބޭފުޅުންނަށް ބްރޫޗު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ. އަދި އެ ބޭފުޅުންނަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރައީސް ސޯލިހް އެވެ. މިއަހަރު އެމްޕްލޯޔާސް ދާއިރާއިންވެސް އެވޯޑް ހަވާލުކޮށްފައިވެއެވެ.
ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
- އާމިނަތު މުހައްމަދު، ދަފްތަރު ނަމްބަރު 3204: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާއިޝަތު ނާޒިމާ، ހ. ކޮޔާ: އިޖްތިމާއީ ދާއިރާ
- މަރިޔަމް ޝިފްޒާން، މ. ހިޔާލީގުލްޝަން: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
- މުއުމިނާ އާދަމް ގ. ހާފްސީ: އިޖްތިމާއީ ދާއިރާ
- އާއިޝަތު ލޫބާ، ހުޅުމާލެ ފްލެޓް/ 122-03-02: އިޖްތިމާއީ ދާއިރާ ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން: އެމްޕޮލޯޔާސް ދާއިރާ
- އާމިނަތު އަޒްކާ އާދިލް، ދިގުވާނޑު ރޭވަން، ޏ. ފުވައްމުލައް: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ
- އަމީނާ އަލީކިލޭފާނު، އަތިރީގެ، ގދ. ގައްދޫ: އިގްތިސޯދީ ދާއިރާ
- އާއިޝަތު ޝިރުހާނާ، ހ. ބޮންތި: އިޖްތިމާއީ ދާއިރާ
- ނަސްރީނާ އަލީ، ދަފްތަރު ނަފްތަރު 3257: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
ބައްޕަ ބޯލީ 19 ދިވެހިންގެ ލޭ ކަމަނާ
މޮޔަނުގޮވާ
އަމީނާ އަލީކިލޭފާނު، އަތިރީގެ، ގދ. ގައްދޫ: އިގްތިސޯދީ ދާއިރާގައި ރަނގަޅު ކާމިޔާބީއަކަށް އެދެން