ހަތެއް ފެބްރުއަރީގައިވެސް ބަގާވާތް ކުރެއްވީ ކުރީގެ ރައީސް ނަޝީދު ކަމަށާއި، ދެންވެސް، އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލަން ބަގާވާތް ކުރައްވާނީވެސް އެ ބޭފުޅާ ކަމަށް މަޖިލީހުގެ ރައީސް، އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިރޭ ޖޭޕީން ބޭއްވި ޕްރެސްގައި އެމަނިކުފާނު އެހެން ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ، އިދިކޮޅުން މި ސަރުކާރު ވައްޓާލަން ބަގާވާތް ކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ގާސިމް ވިދާޅުވީ މީގެ ކުރިންވެސް އެމަނިކުފާނު ބަގާވާތް ނުކުރައްވާ ކަމަށާއި، ބަގާވާތް ކުރެއްވީ ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ.
"ފަނޑުޔާރަކު ހައްޔަރުކުރީމާ އަމިއްލައަށް ކޮންފިޑެންސް ގެއްލިގެން ވާނުވާ ނޭނގިގެން. ޖޭއެސްސީގައި ތަޅު އަޅުވާ ފަނޑިޔާރަކު ހައްޔަރުކޮށް ވެރިކަން ކުރައްވަން ނޭނގިގެން ރައީސް ނަޝީދު ވެރިކަން ދޫކޮށް ވަޑައިގަތީ. އެ ހުރިހާ ކަމެއް ވެގެންދިޔައިރު، ވެރިކަން އަމިއްލައަށް ވައްޓާލެއްވީ ކުރަން ނޭނގިގެން. އެހެންވީމަ އެމަނިކުފާނު ބަގާވާތް ކުރެއްވީ އަމިއްލައަށް. އޭރުވެސް ބަގާވާތް ކުރީ އަމިއްލައަށް. ކޮށްފައި އަޅުގަނޑާއި ނާޒިމު އަދި ރިޔާޒުގެވެސް އަގު ވައްޓަން މަސައްކަތް ކުރައްވަނީ،" ގާސިމް ވިދާޅުވިއެވެ.
ނަޝީދު މިހާރު އައްޑޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި ހުޅުދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓަށް ތާޢީދު އިތުރު ކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާރުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް ބޭނުންވާ ކަމަށާއި ނުވަތަ ނަޝީދުގެ ވެރިކަމުގަިއ ބަޣާވާތް ކުރި ގޮތަށް، ބަޣާވާތްކޮށްފާނެ ކަމަށެވެ.
މިގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ ނެތް މަޖިލީހެއްގައި ވަޒީރުން އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ދުރުކޮށް ސަރުކާރު ހިންގުމަށް ދަތިކުރާނެ ކަމަށާއި ވައުދުތައް ފުއްދުމަށް ހުރަސްއަޅައި ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހޯދުމަށް ދަތިކޮށް މުސްތަގިއްލު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލުވައިލާނެ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ސަރުކާރު ބާރެއް ނެތްކަމުގައި އެ ފަރާތްތަކުން ދެކި ފަނޑިޔާރުންނާއި މުސްތަގިއްލު މުއައްސަސާތައް ނެތިގޮސް ފުލުހުންނާއި ސިފައިންގެ ވެސް އިތުބާރު ގެއްލި ބަޢާވަތައް ފަރިތަ ބޭފުޅުން ރިޝްވަތުގެ ކަޅު ފައިސާ އެކި މުއައްސަސާތަކަށް ދީ ސަރުކާރު ބަދަލުކޮށްލާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ގާސިމް ވަީ ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19އަށް ތާއީދުނުކުރާ ކަމަށާއި، ތާއިދު ކުރަނީ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ކަމަށެވެ.
ކުރިންވެސް ބަގާވާތްކުރީ ގާސިމް މިހާރުވެސް ބަގާވާތްރާވަމުންދަނީ ގާސިމް ކަލޭބާއްވަންވީ ހަމަޖަލުގަ ޖަލުންނެރުނީ އިބޫ ހެއުފުޅުކަމުން
ގާސިމު ކަލޭ ތީ ބަގާވާތުގެ ބައްޕައި. ކުރިންވެސް ބަގާވާތް ކުރީ ހަމަ ކަލޭ މޮޔަ ބުރުމާ. ބަލަ ﷲއަކުބަރު ކިޔާފައި ޖަލުތެރޭ ބެއްދީވެސް ހަމަ ތި މޮޔަ ބުރުމާ އޭ. ކަލޭ އަބަދުވެސް ބަހައްޓާން ޖެހޭ ތަނަކީ ޖަލުގައި. ޖަލުގެ ސަރުދާރު ކަން ދީފައި.
ބަގާވާތުގެ މޭސްތެރިޔަކީވެސް ފެބްރުއަރީ 7 ގަ ބަގާވާތް ކުރީ ވެސް ނަސީދު . ނަސީދު ރޭވި ބަގާވާތް އަތަށް ގޮވައިގެން އަވަހަށް އިސްތިއުފާ ދިންއިރު ދެލޯތަތްބެ ހެން ހުރީ ވެފާ. ހަމަ ހޭވިފަހުން ޕާޓީ ކުދިން އެހީ ތިހެދީ ކޯންޗެންހޭ ބުނީމަބުނީ މިއީ ބަގާވާތެކޭ . ދެން ނުކުތީ ކުދިންކޮޅު ގޮވައިގެން ވެރިކަން ހޯދަން ހުލުޖަހާ ތަންތަން ރޯކޮށްހެދީވެސް ބާގީގެ ވިސްނުމުގަ އެހެން ހެދީމަ އަނެއް އިސްތިއުފާ އަންނާނެ ކަމަށް ދެކިގެން. ކެރަފާ މުޅިއާއިލާ އަކީ ހުސްބާގީން އުޅޭ އާއިލާއެއް. ބާގީކެރަފާ.
ސޭޓޫ އެވެ. ނަމަނަމަ ރައްޔިތުން ރުލި އަންނަ ކަމެއް ކުރަން ނޫލެއްޗެވެ. އިރެއްގައި ރައްޔިތުން ހިތް މައިތިރި ކޮއްގެން ތިއްބަކަސް ދެނެއް އެވެރިން ތިބޭކަށް ބޭނުމެއް ނޫނެވެ. ތިމާ އަށް ކިޔޭ ނުކިއޭ އެއްޗެއް އެނގިހުރެ މީޑިއާ މެދުވެރިކޮއް ނޫސް ކޮންފަރެންސް ބޭއްވުން ބުއްދި ވެރިވާނެއެވެ. މި ދިނީ ވ ރަގަލު ނަސޭހަތެކެވެ. މި ނަސޭހަތް ޤަބޫލު ކޮއްގެން ވާހަކަ ދައްކާނެ ކަމަށް މަމެން ރައްޔިތުން އުއްމީދު ކުރަނމުއެވެ.
ނަސީދު އަކީ ބަގާވާތް ކުރާނެ މީހަކީ، ބާގީ އާއިލާއިން އުފަންވި ބާގީއެއް
ކަލެއާޢި ނާޒިމާއި ރިޔާޒު ބަޢާވާއް ކުރީ ކަލޭޙާދަދޫނުބައި ނުލަފާ މީހެއް ދޯ
ކއތ ހެޔޮވާނެ ތިހެން ބުނަން
" މަށަކީ ނުލަފާމީހެއްކަން ދައްކާލާނަން " ނަޝީދު " އަހަރެން ވާތުންކުރާކަމެއް ކަނާތަށްވެސް އަންގާނުލާނަން " ނަޝީދު. ވެރިކަންލިބުނީމަ ރާއްޖޭގަ އޮތް މިސަރަހައްދުގެ އެއްމެ ރަގަޅު ޕަބްލިކް ހެލްތް ނިޒާމްފުޑުއަރުވާލި ޔައުލީމީ