ދިމާވި ޓެކްނިކަލް މައްސަލައެއްގައި ފްލައިޓެއް އެމަޖެންސީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ބޯޓު Q2-118 ދުވަން އިން ކެޕްޓަން އަށް ތައުރީފު އޮހެން ފަށައިފިއެވެ.
މާލެއިން ގަމަށް ދަތުރުކުރި ފްލައިޓް Q2-118 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއް ގަޑިއިރާ 20 މިނެޓް ފްލައިޓް ނުޖެއްސި ހޭދަވުމަށް ފަހު އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސާފައިވާއިރު ނުރައްކާތެރި ހާދިސާއެއް ކުރިމަތިނުވެ ބޯޓު ކާމިޔާބުކަމާއެކު ޖެއްސުމުގައި ބޯޓު ދުއްވަން އިން ކެޕްޓަން އަބްދުލް ބާސިތު އިބްރާހިމް ގެ ހުނަރުވެރިކަން އެތަށް ބަޔަކު ދަނީ މީސް މީޑިއާ މެދުވެރިކޮށް ފާހަގަ ކުރަމުންނެވެ.
Shout out to our crew, Captain Abdul Baasith Ibrahim, First officer Rimah Rushdhi and In Flight Supervisor Hasna Mohamed for the smooth landing at Gan international Airport. Alhamdulillah. pic.twitter.com/HH3qS9wFwB
— MaldivianAero (@MaldivianAero) March 12, 2019
ބޯޓު އެމަޖެންސީގައި ޖައްސަން މެދުވެރިވި ސަބަބު ކަމުގައިވާ "ނޯސް ގިޔާ" ގައި މައްސަލަ ޖެހުން ކަމުގައި ވާއިރު ފަސް ފަހަރެއްގެ މަތިން މަސައްކަތް ކޮށް ބޯޓު ޖެއްސޭގޮތެއް ނުވެ، މުޅި އެއާޕޯޓު ތައްޔާރީ ޙާލަތަށް ގެނައުމަށްފަހު ކެޕްޓަން ބާސިތު ތައްޔާރުވީ އެމެޖެންސީ ލޭންޑިން އަކަށެވެ.
ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމްގެ އިތުރުން ފަސްޓް އޮފިސަރު ރިމާހްރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރ ހަސްނާ މުޙައްމަދު އަށް ވެސް އެތަށް ބައެއްގެ ތައުރީފް އަމާޒުވަމުންދާއިރު ބާސިތު ވަނީ އޭނާ އަށް ލިބިފައިވާ ޕައިލެޓް ކަމުގެ ހުނަރު ބޭނުން ކޮށް، އެތައް ބައެއްގެ ނުތަވަސް ކަމަށް ނިމުން ގެނުވާފައެވެ. އެއްގަޑި އިރު ވަންދެން ބޯޓް ނުޖައްސާ ތިރިން ގަން އިންޓަނޭޝަނަލް އޭއާޕޯޓް ރަންވޭ މަތީގައި އުދުއްސާފައިވާ އިރު، އެތައް ބައެއްގެ ފުރާނަ އޮތީ ނުރައްކަލުގައެވެ.
އެ ބޮޑު ޕްރެޝަރާއެކު، އޭނާގެ ޝާޕް ވިސްނުމާއެކު ފްލައިޓް ޖެއްސި އިރު، އެތައް ބަޔަކު ބުނަމުންދަނީ ކެޕްޓަންގެ ހުޝިޔާރުކަން ފާހަގަވާ ކަމަށެވެ.
ބޯޓު އެމަޖެންސީގައި ކާމިޔާބު ކަމާއެކު ޖެއްސި އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ލިޔުމަށަ ހަމަ ސާބަސް
ﷲ ގެ ކުޅަދުންވަންތަ ކަމާއި ރަހުމަތް ވަންތަ ކަމަށް ފަހު މަހުލޫގުންގެ ކުޅަދާނަ ކަން އަންނަންވާނީ. ކިތަށް މޮޅު ޕައިލެޓުން އަތުންތޯ ބޯޓު ވެއްޓިފަ ހުރީ.
އެހާ ބާ ފްލައިޓް ހުންނަނީ. ތިހެންވެސް ވާނެ. ކެޕްޓަން މޮޅު. އެކަމް މި ސްޓޯރީ އަޑު އެހިތާ. ދެން ތައުރީފު
މީގަ ޝުކުރި ކުރަން ވީ ހެއްދެވި ފަރާތައް. ކުރޫއިން ކުރި މާ ބޮޑު ކަމެއް ނެތް. ނޯޒް ވީލް ތިރިވީ ﷲ ގެ ރަހްމަތުން. ތިރި ނުވިނަމަ ދެން ކުރާކަމަކުން ކްރޫއައް ތައުރީފް ލިބޭ ކަމެއް ކުރެވިދާނެ. ނަމަވެސް މިއަދު ކުރަުޫން ކުރި މާބޮޑު ކަމެއް ނެތް
ހަމަ ހުރިހާ ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީﷲ
އަށް އެކަލާންގެ އީ އެންމެ ރަޙްމާން ވަންތަ އަދި އެންމެ.ރަޙީމް ވަންތަ ރަސްކަލާންގެ.
ހަމްދާއި ޝުކުރު ހުރީ ހުރިހާކަމެއް މޮޅަށްދެނެވޮޑިގެންވާ ﷲސުބްޙާނަހޫ ވަ ތަޢާލާ އަށް.
އެތައްބައެއްގެފުރާނަ މިނުރައްކާތެރި ޙާދިޘާއިން އެއްވެސް ގެއްލުމެއްނުލިބި ސަލާމަތްކޮށްދެއްވިކަމަށްޓަކައި އެންމެރަތަމަވެސް މާތްﷲއަށް ޙަމްދާއި ޝުކުރު ކުރަން.
ﷲގެ ރަޙްމަތާއެކު ނޫންބާ؟
ސާބަހޭ. މި ޤައުމަށް ބޭނުންވަނީ ތިކަހަލަ ދަރިން.??????