އުނގޫފާރު ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓް އިލްހާމް އަހުމަދަށް ކުރީގެ ރައީސް ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އުނގޫފާރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވި މުހައްމަދު ވަހީދުގެ ކެމްޕޭނަށް ރ. ހުޅުދުއްފާރުގައި މިއަދު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ފަހަރަކު ތަނަކަށް ކުރިމަތި ލަމުން އަންނަ މީހުންނަށް، އެ މީހުން ކުރަން އުޅޭ ކަމެއް ވެސް ނޭނގޭ ކަމަށެވެ.
" އެތަން މިތަނަށް ކުރިމަތި ލަމުން އަންނަ މީހުން، ރަށުގެ ރައްޔިތުންނެއް ނުއެއް އިނގޭ. ނަމަވެސް ތަނަކުން ފައިސާތަކެއް ހިފައިގެން އައިސް ބަހަމުން ބަހަމުން ދަނީ ވާން އުޅޭ ގޮތެއް އޮޅުން ފިލުވަނީއެއް ނޫން. ކުރީގައި ވީގޮތަކާ އަޅާލީކީއެއް ނޫން. އެހެން ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވޯޓް ދޭނީ އެއްޗެއް ލިބުނީމާ ކަމަށް ބައެއް މީހުން އަމިއްލައަށް ބުނަމުން އަންނަ ކަމަށާއި އެފަދަ މީހުން އެ ތިބެނީ ވަރަށް ބޮޑު އޮޅުމެއްގައި ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ބައެއް މެމްބަރުން ދައުރު ނިންމަވައިލެއްވި އިރު މާލެ އާއި ހުޅުމާލޭން ފްލެޓް ބައްލަވައިގެންފައިވާ ކަމަށާއި ވިޔަފާރިތައް ވެސް ފައްޓަވާފައިވާ ކަމަށެވެ.
"ބޯލްޕޮއިންޓް ގަލަމެއްގެ ދޯރި އެކަނި ޖަހާލައިގެން ހުރީ ޖީބަށް. ނިމުނުއިރުގައި ހުޅުމާލޭގައި ފްލެޓެއް، މާލޭގައި ފްލެޓެއް. ރަށުގައި ބޮޑު ގެއެއް، ސަފާރީ އޮޑިއެއް، ނިމުނު އިރުގައި ބޭރަށް މީހުން ފޮނުވާ އޭޖެންސީއެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގައި ވޯޓް ވިއްކާ ކަމާއި ބައެއް މެމްބަރުންނަށް ޖާއިޒް ނޫން މުއްސަނދިކަން ލިބިފައިވާކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނަޝީދު މިއަދު އެ އަތޮޅު އަނގޮޅިތީމަށް ވެސް ވަޑައިގެންނެވި އެވެ.
ބައްލަވާ ނަސީދޫ ކަލޭމެންގެ ޕާރޓީގައި އުޅޭ ކަރާ ވަހީދުގެ ވާހަކަ ދެއްތޯ ތިބުނުއްވީ ؟؟؟
އިލްހާމޫ ، އަންނި މެން ދުވަހަކުވެސް ޖޭޕީ ނޫނީ މައުމޫނަށް ވެސް ހިތް ހެވެއް ނުވާނެ. ދެންވެސް ހޭއަރާބަލަ. ބަލާބަލަ ޤާސިމް އަށް ވެސް ހަދާލިގޮތް.
ޖާއިޒް ނާޖާއިޒް ކި ޔަން ލަދެއްނުގަނެ އެއްނު. ރާ ވިއްކައިގެން މުއްސަދިވާ ވާހަކަ ދެއްކި އިރު ނޭގޭދޯ މިދެއްކުނު ވާހަކައެއް، އެއީ ހަމަ ޖާއިޒް އެއްޗެއ ދޯ، ވެލާނާގެއިން ވައްކަންކުރި ބޮޑުވަގު،މުލުވަގު،ގަންޖާބޯ،މައިބަދަ ދި ގޮނޑި ކޮއްކޮ، ދޭބަލަ ދޮންމީހުން ކައިރިއައ ދޕން މާހުން އުޅޭހެން އުޅެން، އަމާކުލޫނި މޫނުން ދޮންނަގަން. ފޫޅުބަފާ،ތީޓެރެރިސްޓެއް،މިގައުމުގެ ހަލާކު،
ރަނގަޅު ވާހަކައެއް މިފަހަރު ތި ދެއްކެވީ. ގެމަނަފުށިން ދަނގެތިން އުނގޫފާރަށް. މި ގޮތް ކަމަކު ނުދޭ ދޯ. ދުނިޔެއަކީ ހިތަށް އެރި ގޮތަކަށް އުޅެން އޮތް ތަނެއް ވެސް ނޫން.
އާން މީނަމީ ހުތިހާކަމެއް ކުރަން އިގޭ މީހެއް އާ މީ ރޯނު އެދުރު ހުުރިހާކަމެއް ދަންނާނެ މީނަ ހެޔޮ ކޮންމެ ކޮންމެތަނަކައް ކުރިމަތި ލިޔަސް އޯކޭ
މިފަހަރު ނަޝީދު އެވިދާޅުވީ ދޮގެއްނޫން
އިބިލީސް ވަނީ މީސްތަކުންގެތެރެއިން ގިނަބަޔަކު މަގުފުރައްދާނެކަމަށް ﷲޞވޢ އަށް ވައުދުވެފައެވެ. ދޭތެރެ ޖެއްސުމާއި، މީސްތަކުން ރުޅިއަވައި ފިތުނައުފެއްދުމާއި ﷲ ޙަރާމްކުރެއްވި ކަންތަށްތަށް ކުރުމަށް އޭނާ ބާރުއަޅާނެއެވެ.
ރަގަނޅު ވާހަކައެއް، ބައެއްފަހަރު ހަމަޖެހޭ ވާހަކަ ވެސް ދައްކައޭ ދޯ މި ސޮރު..
އަލީ ވަހީދު، މަހުލޫފް، މުސްތަފާ، ރީކޯ މޫސަ، މާރިޔާ، ނާޒިމް(ޑރޕ)، މޮހޮންމާ، ލަބީބް، ރޮޒޭނާ ، ސައުދު، އަބުޅޯ، ފާރިސް، ލަތީފް މިހެންގޮސް ކިޔާނެކަމެއްނެތް. އެކަމަކު 12 މެންބަރުން މިދިޔަ ސަރުކާރުގަ އިދިކޮޅުމީހުންނާގުޅި ރ.ޔާމިން ސަރުކާރައް ހިތައް އެރިހާއެއްޗެއްގޮވާ ޖެއްސުންކުރިއިރު ނަސީދައް އިލްހާމު ވެސް ހަމަކަމުދިޔަ. މިއަދު "އަމިއްލަ އެޖެންޑާ" ކުރިމަތީގަ އޮތީމަ ކުރަންބޭނުން ކަންތައްނުވެދާނެތީ ކަމުނުދިޔައީ. ބްރޯގެ ލާރިތައްވެސް ރަންގަޅު، 72މިލިޔަން ސޯލިހު އިންސާނުންނެގި އިރު ވެސް ރަނގަޅު، މިވަގުތައް ގޯހީ ބްރޯ އެވެސް މީޑިޔާ ކުރިމަތީ އެކަނި
ޖީއެމްއާރ މެދުވެރިކޮއް އެންމެގިނަ މެންބަރުނނައް ރިސްވަތުދިންމީހަކީކަލޭ
މިކަލޭގެޔާ ހުރެ މީނުނައް ދުނިޔެ އުޅުމައް ދަތިވެޖެ ނޫންތޯ މިދެންކާކު މީހުނައް ފާޑުކިޔަން
މިކަލޭގެ މިކަން ފެށީވެސް ދެން ކޮން ފައިސާއެކޭ ކިޔާކަށް ޑިމޮކްރައިޒީގެ ބާނީ އޭ ކިޔައިގެން މުޅިގައުމު ބައިބައިކޮށް ފިތުނަ އުފައްދައި ހަލާކުގެ ތެރެއަށް މި ޤައުމު ޤައްބާލީ ކެނެރީގޭ މި ލާދީނީ އަންނި.
ތޮއްޑޫ އަލީވަޙީދުވެސް އެހެންދޯ.
ގައުމުގެ ރައީސްކަން ކޮށްފަ އަނެއްކާ ރައްޔިތުންގެ މަޖްލިހުގެ މެންބަރުކަން ކުރަން ދިމާކުރާ މީހުންނަކަށްވެސް ތަނެއްދޮރެއް ދޮރާށްޓެއް ނޭނގޭނެއެވެ. އެހެންމީހުންނާ ދިމާލަށް ނަޝީދު ހަޖޫޖެހުމަކީ ގުދޯގުދޯ ގޮވުން ކަހަލަ ކަމެކެވެ.
އޭ ބުރޯ.. ރިޝްވަތު ހިފާ މީހުންގެ ވާހަަކަ ނުދައްކާ ކަލޭ ކަހަލަ ރިޝްވަތު ދޭ މީހުންގެ ވާހަކަ ދައްކަބަލަ.. ޖީއެމްއާރ ފެލާލައިގެން ބެހިހާ ލާރިގަނޑުގެ ވާހަކަ ނުދައްކަނީ ކީއްވެތަ
މަޖިލީހުގައި ބިސްމި ކިޔާފައި ފުރަތަމަ ޓްރާންސްފާ މާކެޓެއް އުފެއްދީ ގ. ކެނެރީގެ މުހައްމަދު ނަޝީދު.
އެތައް މިތަނައް ލަނީކާކުތަ މެންބަރު ކަމަށް ދެން ވައްކަން ކުރީ ދެން ރައީސް ކަމަށް މިހާރު މެމްބަރުކަމަށް ލަދުން ބޯހަލާކު ހީވާކަހަލަ ތިމަންނަމީ ވަރައްވިސްނޭ މީހެކަމަށް އެކަމުން ބޮލުރޮދިޔެ ފުކުރަގެން ގޮށްސެއި ހިށީ
މަމީ ކަލޭ ނަމަ ދުނިޔޭ ގެ ލަދަށް ވިއަސް މަޖލީހުގެ ގޮޑި އަކަށް އަރާ އިންނާކަށް ނުކެރޭނެ ގައުމެއްގެ ރައީސް ކަން ކޮއްފަ، ކަލެއް އަށް ވާނުވާ އިންގޭތަ،
މަގޭ އުމުރަކީ 32 އަހަރު، ކަލޭ އަށް ތާއީދު ކުރާ މީހުން ނެއްކަން ކަލެއަށް އިނގޭނެ މިހާރު،،
ނަޝީދު ބުނަން ވާހަކަޔެއް، ތަނެއްދޮރެއްނޭގޭ ގަމާރުންނަކީ ކަލޭގެ ދައްކާ ބޯހަމަނުޖެހޭވާކަ ގަބޫލުކުރާމީހުން!
ނަޝީދު ވެރިކަމުން، މަޖިލީހަށް، ދެން ކައުންސިލަށް ކުރިމަތިލައްވާ ދެން އަންނަ ކައުންސިލް އިންތިހާބުގައި. އެއަށް ފަހު ކެނެރީގޭގައި ބަރުލަމާނީ ނިޒާމް ޤާއިމް ކުރައްވާ!!! އޭރުން ހަތަރެސް ކަން ހަމަވެ ޖީބު ފުރޭނެ. ދެން ބޯލްޕޮއިންޓް އަކުން މޮންޓް ބްލަންކ އަކަށް ބަދަލު ވާނެ.!! ދެން ލަލަލާ!!!
ތުންދިގުފުޅި ތުނބުން ނުނެއްޓޭ މީހުންނަށް ތަންދޮރު އެނގޭބާ......؟؟؟
ކަލޭވެސް ހަމައެގޮތެއްނު. ވެރިކަމަށްއައިއިރު އަތުގައި މުކޮސްވެސްނެތް. މިހާރު އެކައުންޓަގައި އެތައް މިލިއަންރުފިޔާ. ގުދޯގުދޯ ގޮވޭއިރުވެސް ނޭގޭ.
ތިމާ ރޭ ފޯލިގުއި ދުށުމަށް ނު ލޯހުޅުވާ ތިބޭމީހުން
ތިމާ ނޫންމީހަކަށް ކުޑައެތިފޮދެއް ރެވުނަސް ދެކެންވޭހޭ؟
ބަލަ ކަލޭ ތީ މާލޭ މަގުމަތީ ފައިވާންގަނޑު އަތަށް ނަގައިގެން ދުވަން އޮތް ވަކަރުގޭ ދަރިއެއް. އިހަށްދުވަހުއެއްނު ކަލޭގެ މާލިއްޔަތު (އެނގުނު ކުޑަ މިންވަރު) އާއި ގޯތިގެދޮރުގެ ވާހަކަ ނޫސްތަކުން ހާމަކޮށްފަ އޮތީ. ކޮންތާކުން ކަލޭ ނެރުނު ސާމާނުތަކެއް.