މާލޭގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު އަނބުރައިގަނެގެން ވެއްޓި ބޯފަޅައިގެން ހިނގައްޖެއެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު އެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ލިލީމަގުގައި ކަމަށެވެ.
އަނބުރާގަނެގެން ވެއްޓިފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
މިހާދިސާގައި މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ވެސް ސައިކަލުން ޖެހުނު ކަމަށާއި ނަމަވެސް އޭނާ މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ވެސް މިދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރަކަށް ވާތީ އަނބުރައި ގަނެގެން ވެއްޓުމުގެ ބައެއް ހާދިސާތައް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ރިޕޯޓް ކޮށްފައިވެއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ވެސް އަނބުރައިގަނެގެން ވެއްޓިފައި ވެއެވެ.
މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ މަގުމައްޗަށް ނިކުމެ އުޅޭއިރު އަވިން ރައްކާތެރި ވުމަށް ތޮފި ނުވަތަ ކުޑަ ފަދަ އެއްޗެއް ބޭނުން ކުރަމުން ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގައި ވެސް ހެލްމެޓް މަޖްބޫރު ކުރަންވީ!