ދިރާގުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ކުންފުނީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.
ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބޭއްވި އެ ޖަލްސާގައި. އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ އެސިސްޓެންޓް މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތު ޝޫޒީއެވެ.
އެ ޖަލްސާގައި ދިން އިތުރު އެވޯޑް ތަކަށް ބަލާއިރު، ލޮންގްސަރވިސް އެވޯޑް، އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 78 މުވައްޒަފަކަށް ވަނީ ދީފައިވެއެވެ. އަދި އެ ކުންފުނީގެ އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ކާމިޔާބު ކުރައްވާފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.
ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.
"މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ". ދިރާގުން ނެރުނުބަޔާނެއްގައި ބުނެފައި ވެއެވެ.
މިއީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިރާގު އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވާތާ 30 ވަނަ އަހަރެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 30 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.
އިސްމާލޫ ށަހިންދާ މަށްވަރާގެ މަތިންތޯ ތި ކުދިންނައް އެވޯޑު ދިނީ.. ށަހިންދާ ފެލޭއިރައް ބިރުން ތިޔަބިޔަ ބޮޑު ދިރާގު ސައިޒު އެބަވޭ.. އިސްމާލު ރަށީދު ތިކަމައް ގާބިލުބޭފުޅެއްނޫން މާބޮޑައް އެމްޑީޕީވެފާ