މާލޭގައި އިއްޔެ ރޭ ރޮއެރޮއެ އޮތް، އުމުރުން އެންމެ ހަ ދުވަހުގެ ކުއްޖަކު ގޮވައިގެން ޓެކްސީއަކަށް އެރުމުން އެކުއްޖާ އާއި ކުއްޖާގެ ބައްޕަ ޓެކްސީން ބާލުވައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެރޭ ، އޭޑީކޭ ހޮސްޕިޓަލް ކައިރިން ސޯސަން މަގުގައެވެ.
މި ހާދިސާގައި ކާރުން ބާލާފައި ވަނީ، ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފުގެ އުމުރުން ހަ ދުވަހުގެ ދަރިފުޅާއި އޭނާގެ ފިރިމީހާ އެވެ.
އަފްޝަން އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު ގޮވައިގެން، ފިރިމީހާ އާއި އަފްޝަންގެ ބައްޕަ އޭޑީކޭއަށް ދިޔައީ އިއްޔެރޭ 20:30 ހާއިރުއެވެ.
އަފްޝަން ވިދާޅުވީ ޑޮކްޓަރަށް ދައްކައި ނިމިގެން ޓެކްސީއެއް ލިބޭތޯ ވަރަށް ގިނަިއިރު މަޑުކުރި ފަހުން ޕަސެންޖަރަކު ޓެކްސީގެ ދޮރު ހުޅުވާލާފައި އަރާށޭ ބުނި ކަމަށެވެ.
"އަޅުގަނޑުގެ ފިރިމީހާ ދަރިފުޅު ގޮވައިގެން ޓެކްސީއަށް އެރީ. ކުއްލިއަކަށް ޓެކްސީގެ ޑްރައިވަރު ކާރުން ފައިބާ ވަރަށް ބާރަށް ދޮރު ޖަހާފައި ދަރިފުޅާ ފިރިމީހާ ގެންދަން ދެކޮޅު ހެދީ. ކުރީ ސިޓުގައި އިން ޕަސެންޖަރު އިނީ ވަރަށް ދެރަވެފަ. އެކަމަކު ފިރިމީހާއަށް އަނެއްކާވެސް ޖެހުނީ ކާރުން ފައިބައި އެތައް އިރަކު މަގުމަތީ ހުރެގެން އެހެން ކާރެއް ހޯދަން." އަފްޝަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.
އަފްޝަންގެ ޓްވީޓްގައި ވަނީ ޓެކްސީގެ ނަމްބަރު ވެސް ހިމަނުއްވާފައެވެ.
He told them since they had a baby he wanted to take them on. Husband gets in the taxi carrying the baby, who's just 6 days old. Driver suddenly gets out, slams door, refuses to take them. The passenger in front was feeling bad. They got out & waited ages again for another taxi
— Afshan Latheef 🎈 (@AfshanLatheef) April 16, 2019
މީގެ ދެމަހެއްހާ ދުވަސް ކުރިން އެއާޕޯޓުން މާލެ އަންނަން ޓެކްސީ އަކަށް އެރި އަންހެނަކާއި ކުޑަ ކުއްޖަކު މަގުމައްޗަށް ބާލާފައި ދިޔަ މައްސަލައެއް ވެސް ފެންމަތިވިއެވެ. އެމައްސަލަ ބަލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ނަމަވެސް މައްސަލަ ބެލި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މާލޭގެ ޓެކްސީ ޑްރައިވަރުން ފަސެންޖަރުންނާއި ހަޑިހުތުރު ބަހުން ވާހަކަދައްކާ ފޮށި ހެދުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ކަންތައް ކުރާ ޓެކްސީ ޑްރައިވަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުން ދަށުވެފަ...
ހަވީރު ވެލީމަ ދެން ޓެކސީއެއް އަތުނުވާނެ...
ހުޅުމާލެ އަށް ނޫނީ ދާން ބޭނުމެއް ނުވާނެ...
ތީގަނެތް ޑުރައިވަރުގެ މައްސަލައެއް ޑުރައިވަރު އޯކޭ ވީމައަރަންވާނީ
ޓުރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދީ. މިނިސްޓަރު ކަން ނުކުރެވޭ އިރު އިސްތިއުފާ ދޭކައް ވެސް ނޫޅޭ.
ޓެކްސީގަ އިން ޕެސެންޖަރު އަރަން ބުންޏަސް ޓެކްސީއަށް އެރޭނީ ޑުރައިވަރު ވެސް އޯކޭވެގެން. ކުޑަ ބޭބީ އެއް އަތުގައޮތުން އެއީ ރަންވޭމަތީގަ އޮތް ފުލައިޓަކަށް ދުވެފަ ގޮސް އަރަން އޮތް ރައިޓެއްނޫން..
އަހަރެންގެ 7 މަހުގެ ބޭބީ ރޯތީ ޑްރައިވަރު ބުނި ހުއްޓުވާފަ ބަހައްޓާށޯ ނޫނީ ފުރަތަމަ ޖެހޭ ކަންމައްޗަށް ފައިބާށޯ
ރަގަލު. ގަވަދަށް ހުރުމަތްހިތީ.... ތެކަސީ ގަވައިދުގެ ގޮތުން ސާބަސް.. އިންސާނިޔަތުކަމުން 0
އެމައްސަލަ ނުބެލިޔަސް މިފަހަރު ތިމައްސަލަ ބަލާނެ ޑްރައިވަރުގެ ދުވަސް ތިދިޔައީ
މީހަކަު އަރުވާނަމަ އަރުވާނީ ޑްރައިވަރު. އެއީ ރަގަނޅު ގޮތަކީ
ތިއީ ތެދެއް، އެކަމަކު ދޮރުގަ ތަޅާފަ ނުބޭލުވިޔަސް އިތުރު މީހަކު އަރުވަން އުޒުރުވެރިވާ ވާހަކަ ބުނެވިދާނެ.
މީހުން އަރުވާނީ ޑްރައިވަރު....ކިތައްމެ އަރުވަން ބޭނުން ވިއަސް ޑްރައިވަރުގެ ހުއްދަނެތި ނޭރުވޭނެ ވ. ދެރަ ތިޔަވީގޮތް
މީކިހާބޮޑު ނޮހޮރޮއްޕާނެއް. އިންސާނިއްޔަތުކަމެއްނެތް މިއެއްޗެހިތައް ހަމަމަގަށް ނޭޅުވެންޏާ މިނިސްޓަރު އިސްތިއުފާދޭންވެއްޖެނޫން.
ޓެކްސީ މީހާއަށް އެކން ކުރުމަކީ އޭނާއަށް ކުރެވިދާނެ ކަމެއް. ޢޭނާގެ ޚިދްމަތް ހޯދުން ޖެހެނީ ހުުއްޓާލަން. ޓެކްސީ ޑުރައިވަރުން ވެސް އަދި އެހެނިހެން ޚިދްމަތްދޭން އުޅޭ ގިނަ ޖަޒީރާ މީހުންގެ ވިސްނުމަކީ އެމީހުން ދޭ ޚިދްމަތް ބޭނުން ކުރާ މީހުން އަށް ވުރެން ޚިދްމަތް ވިއްކާ މީހުން ގެ ގަދަރު މަތި ކަމަށް. ޓެކްސީއަކަށް އަކަށް އެރޭވަރު ނުވާނެ ފާޑު ފާޑުގެ އަޑުތަކުން ބޯ ހަލާކު ވާ ވަރަށް ސްޕީކަރުން އެކި އަޑު ހުންނަނީ ގުގުމާފާ. ޢެހާ ޜޫޑު ވާނެ. މަދުވަހކުވެސް ޖަޒީރާ ޓެކްސީއަކަށް ނައަރާން ނައަރާވެސް އުޅޭވޭނެ ތަނެއް ވިއްޔާ
އަޅުގަނޑަކީ ކުރާ މަސައްކަތުގެ ގޮތުން ގިނަވަގުތު މާލޭ މަގުމަތީ ސައިކަލުގަ އުޅޭ މީހެއް. މާލޭގަ ސައިކަލާއި ވެހިކަލް ދުއްވާ މީހުބްގެ ތެރެއިން ޓެކްސީ ކާރު ދުއްވާމީހުންނަށްވުރެ ނާތަހުޒީބު، އަމިއްލައެދުންބޮޑު ބައެއް ނުދެކެން. އެހެން ވެހިކަލެއް ތަނަކަށް މަޑުކޮށްފިއްޔާ ކާރު މަޑުކުރާނީ ކުރިމަތީ އޮތްވެހިކަލް އޮތްފަޅިނޫން އަނެތް ފަޅީގަ. ބޭނުމަކީ މަގު ބްލޮކް ކޮށްލާފަ ބަރުގޮނު އަޅާ މީހުންގެ ޢަދަދު ގިނަކޮށްލުން. މީހަމަ އެމީހުންގެ ޢާންމު ކަމެއް.
މިހާރު ޓެކްސީ ޑްރައިވަރުންގެ ފޮނިކަން ބޮޑުކަމުން ވަރަށް ފީހިބޭ ޓެކްސީގައި ދަތުރު ކުރަން!!!
މާލެތެރޭން ދަތުރެއް ވެއްޖެޔާއި މިހާރު ބުނާނެ ނުވާނޭ، އެކަމަކު ހުޅުމާލެއަށް ، ހުޅުލެއަށް ވެއްޖެޔާއި އޯކޭ!!!
މީ ދެން ބޮޑުވަރު ދޯ .....!
އެވެދާނެތާ ޓްރާންސް ޕޯރޓް އޮތޯރިޓީން ހަދާފަ އޮތް ގަވާއިދަށް ހުރުމަތް ތެރި ކޮށް ހިތީކަމަށްވެސް ޓޮރާންސް ޕޯރޓް އޮތޯރިޓީން ނެރެފަ އޮންނަ ގަވާއިދު ބުނާ ގޮތުން ފަސެންޖަރަކު އިންދާ އެހެން މީހަކު އެރުވުމަކީ މަނާކަމެއް.ފަސެން ޖަރަކަށް ނުބުނެވޭތާ ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ޑްރައިވަރު ކައިރީގަވެސް ހިތަށް އަރާ މިކަހަލަ އާރޓިކަލް ލިޔުއްވާ ނޫސްވެރިންވެސް ހެދިފަހުންނަ ގަވާއިދުތަކުތަކުގެ ވާހަކަވެސް މިކަހަިލަ އަރޓިކަލް ލިޔުއްވާ އިރު ލިޔެލާނަމައޭ.މިއީ މީހަކު އިންދާ އެރުވިނަމަ ބުނާނެ ޓޯވީޓް ކޮށްފަ ތިމަންނަ އިންދާ އެހެން މީހަކު އަރުވާފިޔޭ އަހަރެމެން ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއްވެސް ގޮތެއް
ދެންފަހަރަކުންވެސް ވިސްނަންވީ ކުއްޖަކު ރޮއެރޮއެ އޮތަސް ނޫނީ ތިމާ އޮރިޔާމުންހުއްޓަސް ކާރުދުއްވަން އިންނަމީހާގެ ހުއްދަ ނުހޯދާ ކާރަކަށް ނޭރޭނެކަން....
އެކަމު ކީއްކުރާނި ހުރިހާ ސަރުކާރެއްވެސް އޮންނަނީ ޓެކުސީ ޑުރައިވަރުންގެ ދަށުވެފައި
ވަރައްފުއްޕާފަ އުޅޭ ބައެއް ޓެކުސީ ޑުރައިވަރުންނަކީ
ކަނޑު ފޭރޭ މީހުން ނައްވުރެވެސް މިޓެސީ މީހުން ގެ ހާލު ދެރަވާނެ، އެކަން އެގުން ދޯ އެއަރ ޕޯޓު އައްކުރާ ދަތުރު ތަކުގެ އަގު ކުޑަކުރަން މިނިސްޓަރު އުޅުނީމަ މިނިސްޓަރައްބިރު ދެއްކީމަ މިނިސޓަރު ބިރުގަންވަރު
ޑްރައިވަރު ބޭނުންވީމަ އެތެރޭގަ އިން ޕެސެންޖަރ ގެ އުނގައްވެސް އަރުވަން ވީ، މި މާލޭގަ މުޅިންވެސް ދުއްވަނީ ބަސްތައް، އެއްބަޔަކު ނުފައިބަނީސް އަނެއްބަޔަކު އަރުވާނެ، ސަރުކާރުން ނިކަން ވަރުހުރިއްޔާ މިކަން ހުއްޓުވާބަލަ
އެއީ އެޖެންޑާ 19 ގެ ދަށުން ހިނގާ ކަންކަން
ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް މައުސޫމް ފުރާނައަކަށްދިން އަނިޔާއެއް މިފަދަމީހުންނަށް ދީފައިވާހުއްދަ باطل ކުރަން ދައުލަތުގެ ކަމާއިބެހޭއިދާރާގައި ދަންނަވަން.
ރައްޔިތުންގެވޯޓުންވައްކަން ކޮށް ވެރިކަންފޭރިގަންފަ އޮތުމާ އެކު ތާއީދުގެއްލިދާނެތީ ގަންނައަކުރަައްވާބިރުން ކަންކުރެވޭގޮތް.އަޅާފިޔަވަޅެއްއަޅަންޖެހޭނީފަހަތައް ޓެކްސީކުރާގިނަ ޑްރައިވްރުންނަކީ ރީންދީހުންޖެހިފަ ތިބޭބައެއް. އެކަަމަަކު އެމްޑީޕީ އަކީ އެމްޑީޕީ. ދެންވިސްނާ.!!
މިކަހަލަ ވާހަކަ ނުލިޔެ ބަލަ! ޓެކްސީ ޑުރައިވަރުން ގޮސް އައިސާޔާ ދިމާލަށް ހަޅޭލަވާފާނެ!
ސޭޓު އަންހެނުންގެ ފިރިމީހާގެ ހަގު އަނބިކައިރި އަހަރެން ބުނަން ބޭނުމީ ޗެލެންޖެއް. އެއީ މި!
ޓެކްސީ ޑުރައިވަރުން ރަތްބޯޑު ފެހިބޯޑު ގަވައިދަށް ހުރުމަތްތެރިކޮށްނުހިތުމާ، ބޭނުން މީހަކު ނަގާފައި ބޭނުންމީހަކު ނުނަގާ އެކުރާ "ބަސްދަތުރު" ތަކާ، ވަކި މަގުތަކަކުން ނޫނީ ވަކި ތަންތަނަށް ނޫނީ ނުގޮސްއެކުރާ ދަތުރުތައް ގާނޫނޫ އެއްގޮތަށް ނިކަން ހުއްޓުވަބަލަ! މިކަން ނުވެއްޖިއްޔާ ތިބޭޅާވެސް ހަމަ ތިއިންނަވަނީ ފޭލިވެފައި!
ސަރުކާރުން ބުނެފަ އޮތީ ދަތުރު މަތިން ދަތުރު ނުނަގަން....ކަލޯމެން ނޭ ....
އެސްޓީއޯގެ ދިގުތާރީހުގަ މިހާކަޑަ އެމްޑީއަކު އަދިނާދޭ މީނަކުރާ ޓުވީޓުތައް ބަލާލަބަލަ މީނަޔައް ހީވާކަހަލަ އެމްޑީޕީ ވެރިކަމުގަ ތިމަންނަ ބޭނުންގޮތަކައް ކަންތައް ކުރެވިދާނެކަމައް ނުވާނެ ނުވެސްކުރެވޭނެ ކަލޭމެން ކުރާވައްކަން ވަރައްގާތުން އަހަރުމެން އެބަބަލަން.. ނޫސްރިޕޯޓަރު ކާރުޑުރައިވަރުގެ ބަހެއްހޯދާލިނަމަ ވަރައް ސަޅިވީސް ތިއަމުރު އަހަރުމެން ދަންނަމޭ އެހެންވެ މިހެންމިބުނަލީ.. ޓެކްސީ ސެންޓަރުތައް ހިންގާވެރިންނާ ޑުރައިވަރުންނައް އައްސަރި ސާބަސްދެން
މިހިން އަމަލުކުރާ ޓެކްސީ ތަކަށް މީހުން ނޭރުމަށް އިލްތިމާސްކުރަން އަދި މިކަހަލަ އަމަލު ކުރާ ޓެކްސީ ނަންބަރު ހުރިހާ މީހުންނަށް އެނގޭނެގޮތެށް ހެދުންވެސް މުހިންމު
އެސްޓީއޯ ދިގުތާރީހުގަ މިހާކަޑަ އެމްޑީއަކު އަދިނާދޭ މީނަކުރާ ޓުވީޓުތައް ބަލާލަބަލަ މީނަޔައް ހީވާކަހަލަ އެމްޑީޕީ ވެރިކަމުގަ ތިމަންނަ ބޭނުންގޮތަކައް ކަންތައް ކުރެވިދާނެކަމައް ނުވާނެ ނުވެސްކުރެވޭނެ ކަލޭމެން ކުރާވައްކަން ވަރައްގާތުން އަހަރުމެން އެބަބަލަން.. ނޫސްރިޕޯޓަރު ކާރުޑުރައިވަރުގެ ބަހެއްހޯދާލިނަމަ ވަރައް ސަޅިވީސް ތިއަމުރު އަހަރުމެން ދަންނަމޭ އެހެންވެ މިހެންމިބުނަލީ.. ޓެކްސީ ސެންޓަރުތައް ހިންގާވެރިންނާ ޑުރައިވަރުންނައް އައްސަރި ސާބަސްދެން
މިކަހަލަ މިހުން އަހަރުމެން ކަންކަމަަށް އިސްކޮށްގެން މިއުޅެނީ. ބަލަޓެކްސީގެ އިން ޕަސެންޖަރަަސް ޓެކްސީއަށް މީހުން އެރުވޭތަ؟؟ ހަމަ ކަމެއްވާއިރަށް ގައްޑާވާން ކޮން ޓްވީޓެއް ކުރާކަށްތަ.
ސަރުކާރުން އެއަރޕޯޓުގަ ޓެކުސީ ހިދުމަތްދިނުމުން ތިކަން ރަނގަޅުވާނެ.
ވެރިކަން ފެށުނީއްސުރެއް މިނިސްޓަރު ނަހުލާ ޓެކްސީ ޑްރައިވަރުނާ ވާހަކަ ދައްކަވާ ވާހަކަ އަޑު އެހީމު. މަ ހިތަށް އަރާ ނަހުލާ ކޮން ވާހަކައެއް ބާވައޭ އެ ދައްކަވަނީ. ރީތި ކުއްޖެއް. މަވެސް ޓެކްސީ ކުރަން އެބަ ހިޔާލު ކުރަން. އޭރުންތާ އެ ދައްކާ ވާހަކަ އިގޭނީ.
އެހެން މީހުނަށް އުދަގޫ ކުރަމުން ދުވާމީހުންއަށް ތިވަރު ކުޑަ. މުޒާހަރާތައް ބާއްވާއިރު އެހެން މީހުންގެ ދަރިން ތިބޭކަން ނޭގޭ އަޑުގަދަކޮށް އައުގުރާނަ ގޮވާ ލަވަޖަހާ މަގުތައް ބަންދުކޮއް ގެން އުޅޭއިރު. ދެރައީ މަށްއް ތިއަލާތުން އަށް ކުރާވަރު. ނަގުލަކައި ދަޅެއް ތި އާލާތުންގައި ނެތީ
ބޭލީ ކީއްވެޔޯ؟
މިހާރު މިއުޅޭ ޒުވާނުންނަށް ހީވާ ކަހަލަ ޓެކްސީ އަކަށް އެރުނީމަ މިއުޅެވެނީ ކުޑަވަރެއްގެ ކޮޓަރިއެއްގައޭ. ދެން އެހެން އުޅޭ މީހުން ބޭލީމަ ވެސް ގޯސް ވާނީ ޑުރައިވަރ.
ޕެސެންޖަރ އަށް ޓެކްސީ އަށް މީހުން އެރުވުމުގެ އިޚްތިޔާރެއް ނޯންނާނެ ޕެސެންޖަރ ޖެހޭނީ ޑްރައި ވަރު ގެ ހުއްދައަށް އެދެން ހުއްދަ ލިބުނީމަ އިތުރު މީހަކު އެރުވޭނީ ،ޑްރައިވަރ ވެސް އިތުރުމީހަކުއަރުވާނަމަ ޕެސެންޖަރަކު އިންނަމަ އެމީހެއްގެ ހުއްދަ ހޯދަން ޖެހޭނެ