އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީގެ ރައްޔިތުންނަށް ބެހުމަށް ދީފައިވާ ކަދުރު ގޭބިސީތަކަށް ބަހާނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްހަކަން ބެލުމަށްފަހުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަދުރު ގޭބިސީތަކަށް ބަހާނީ 12 މެއި ވާ އަންގާރަ ދުވަހު ކަމަށެވެ.
އެންމެ ކަދުރު ޕެކެޓެއް ހޯދަން ކަދުރު ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހޭއިރު ގޭބިސީއެއްގެ ސައްހަކަން ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރެޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރެޖިސްޓްރީގެ އަސްލު ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަދުރު ބަހާނީ މި ދިޔަ އަހަރުގެ ނިޔަލަށް ފަގީރުންގެ ދަފްތަރުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އެ ގޮތުން ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭ ބިސީއަކަށް ދޭނީ އެންމެ ކަދުރު ޕެކެޓެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ.
ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި މާލޭ ކައުންސިލުން ބުނެފައި ވަނީ މި ގޮތަށް ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދެވޭނެ ކަމަށެވެ.
މާލޭ ސިޓީގެ ރައްޔިތުންނަށް ކަދުރު ބަހާނީ ކައުންސިލްގެ އާންމު ހިދްމަތްތަކާއި ބެހޭ ސެކްޝަނުނެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގަނޑިތަކަކީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެދުނު 9.30 ން މެންދުރު 12.30 އަށް.ރޭގަނޑު 9.00 އިން 10.30 އަށެވެ.
ކަލޭމެން ތިކައިގެން ތިބޭ!! އިރާދަ ކުރެއްވިއްޔާ އަހަރެމެން މި ރޯދަމަހު ކަދުރު ކާނީ އަމިއްލަ މަސައްކަތުން ހޯދި ޙަލާލު ފައިސާ އިން ކަދުރު ގަނެގެން. ރިޒުޤު ދެއްވާނީ ﷲ.
ސިފާ ބުނާން އުޅޭ އެއްޗަކީ އެމްޑީޕީ މީހުންނަށް ސޭ ކަދުރު ދެނީ. ކަދުރު ސިފާ. ކަދުރުތައް ކައިގެން ފޮޑި ޖަހަޖަހާ އޮތީމަ ވީއެއްނޮއް. ސައުދީން ކަދުރު ދީފަ ބުނިތަ ގޭގޭގެ ރަޖިސްޓްރީ ގެންނަން.
މާތް ކަލާކޯ. ޝިފާ ތި ކަދުރުކޮޅު އެމް.ޑީޕީ މީހުންގެ ފިހާރަ ތަކަށް ލާފަ ވިއްކާލަބަލަ. އަހަރުން ނޫޅެން ތިހާވަރުން ތިބަލާދާކަށް. ބަލަންތިބޭ ފިހާރަތަކުގަ ވިއްކަން ލާފަ ހުއްޓާ ފެންނާނެ.
އެމްޑީޕީ އިން ކުރާ ކަމަކީ މޮޅެތި ޝިޢާރުތަކާ ނަންތައް އިސްތިހާރު ކޮއްގެން ރައްޔިތުން ވާވެއްދުން . މިގޮތުން. އަނެއް ދިވެހި ރާއްޖެ . ޖަޒީރާ ރާއްޖެ .އެޖެންޑާ 19 މިކަހަލަ އެތައް ނަންތަކެއް ކިޔާފަ ވޭ . އެމްޑީޕީ އަށް ވެރިކަން ލިބޭ އިރަށް ކުރަން ފަށާނެ ކަމަކީ ކައުންސިލް ތަކެއް މުޅި ރާއްޖެއަށް ފަތުރާލާނެ .އެ މީހުން ޤަބޫލް ކުރާގޮތުން ކަމެއް ރައްޔިތުންނަށް ކޮށްދެވޭނީ ކައުންސިލް ސިސްޓަމް ޤާއިމް ކުރެވިގެން . އޭގެ މިސާލަކީ ކަރާޓީ ތަޅާ މީހަކު އެންމެ ފަހަރަކު ޖަހަން ސަތޭކަ އާޓު އެބަ ދައްކާ . ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހި ކަމާ އަސާސީ ޚިދްމަތް ތައް ބަހައްޓާފަ އެމްޑީޕީ ދައްކަން ބޭނުންވާ ކަރާޓީ އާޓުތައް އެ ދަނީ ދައްކަމުން .ރައީސް ޔާމީނު ހެން އާޓު ނުދައްކާ އެއް ޝޮޓުން ކަންކަން ނިންމަން އެނގޭ ބައެއް ނޫން މި ޝިފާ މެންނަކީ
ޞަދަގާތަށް ބަޔަކު ދިން ކަދުރު ޕެކެޓެއް ހޯދަން ވަނީ ބޮޑު އުނދަގުލަކަށް ހަދާފައި. ހީވަނީ ބަޔަކަށް އެއްޗެއް ނުދޭން އުޅޭހެން. ތިޔަވަރުން ނޫނަސް ކަލޭމެން ތި ކައިބަލަ. އެނގެންވާނެ ފުދުންތެރި މީހަކު ތިޔަ ހޯދަން ނުދާނެކަން. ބޭނުންޖެހިފައިވާ މީހާ ދާނީ ކަދުރުޕެކެޓް ބަލައި. އެކަމަކު ގޯތި ގެދޮރުގެ ރަޖިސްޓްރީ ނުލިބި، ވަންނާނެ ބޯހިޔާވަހިކަމެއްވެސް ރަސްމީ ލިޔުމެއްވެސް ނެތި ހާލުގައި އުޅޭ ކިތަން ދިވެހިން އުޅޭކަން މި މާލޭސިޓީ ކައުންސިލްގެ މެންބަރުންނަށް ނޭނގުނު ކަމީ އެމީހުންގެ ގަމާރުކަން ނުވަތަ ނުބައި ނުލަފާކަންތޯއްޗެއް.
ކަދުރު ޝިފާ، ކަދުރު ވަގު ޝިފާ، ލޮލް،
ނުދިނަސްހެޔޮ ވެރިކަންވެއްޓޭނެއިންޝާﷲ
ނާ ގާބިލު ވެރިން ރައްޔަތުންގެ ހާދިމުންގެ ގޮތުގައި ހޮވީމަ ވާނެ ގޮތް މިފެންނަނީ
އޯގާތއެރި ސަރުކާރު. މިވެސް އެހެން ބަޔަކުކުރި ކަމެއްނަމަ، އެމްޑީޕީގެ އެކްޓިިސްޓުންނާއި، ސިޓީކައުންސިލް ހީވީހީ މޮޔަވެގެން އުޅޭހެން.
ކަލޯމެންނޭ، ވަގުންގެ ފޮށި ބާރަށް ބަންނާނެ. މިސަރުކާރު ނިމޭއިރު ދިވެހިންއަތުގަ މޮކޮސްވެސް ނޮއޮންނާނެ، ސްމާޓް ކަރަޕްޝަން. މިހާރު މިހަދާގޮތަކީ ރިޔާސީ ކެމްޕެއިނަށް ހޯދި 150 ޑޮލަރ އަބުރާ ދެއްކުމަށް ރާއްޖޭގެ ހުރިހާ މަސއްކަތެއް ހުއްޓާލާ، ރިޒަވުގައި ހުރި ފައިސާކޮޅުން އަޗާތަޅާލަނީ. މިއޮތީވާ ޑިމޮކްރެސީއެއް. ކަދުރު ޝިފާމެންނަކީ ކުރިންވެސް މަޅާލި މީހުން،
މިއީ އެހެން މީހުންނާ ދިމާއަށް ކަދުރު ދައިތައޭ ކީ މީހުންގެ ހާލު ހުންނަ ގޮތް! އެންމެ ޕެކެޓެއްގެ ކަދުރުހޯދަން މިޖެހެނީ ގޭ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކޭޓާއި ބޭންކް އެކަުންޓް ބެލެންސް ހިފައިގެންގޮސް ސަލާންޖަހަން! ރީތިވެއްޖެއްނު!
ރަޖިސްޓަރީ ނުގެންދެވޭ މީހުން ކަދުރު ބަލާ ނުދާނީ. ކަންތައްތައް ހަރުދަނާ ކުރެވޭނީ އެއްމެންގެ އެއްބާރުލުން ލިބިގެން. ނޫސްތަކުން ހަޖޫޖެހުމަކުން ހައްލެއް ނުލިބޭނެ
ކަދުރު ބަހަންވީ 1000 މީހުންނަން ވުރެމަދުންމީހުންއުޅޭ ރަންތަކަން
ތިކަދުރުގައި ރީދޫ ކުލަޖައްސަން ބަހައްޓާ.އޭރުން ކެވޭނީ
ސޮފްޓްވެއަރ އެއް ތައްޔާރުކުރޭ. އެއްފަހަރު ދޫކުރާ އައިޑީ ކާރޑަކަށް ދެވަނަ ފަހަރު ދޫނުކުރެވޭހެން. ކޮންމެ މީހަކަށް ޕަކެޓެއް ދެވެން ނެތްނަމަ ޕަކެޓެއް ދެވޭނީ ކިތަށް ބޮލަށްތޯ ނިންމާ! އެގޮތަށް އައިޑީ ކާރޑް ގެނައުމުން ދޫކުރޭ! ތީ ދިވެހި އެންމެހައި ރައްޔިތުންގެ ޙައްޤެއް. ދުއްތުރާ ނުޖައްސަވާ!
އުނދަގޫ ނުޖައްސަވާ މި ރޯދަމަހު
ބަލަ ތި ކަދުރަކީ ސަދަގާތްކުރަން ދީފަ ހުރި އެއްޗެއްތަ ނޫނީ ސަރުކާރުން ބޮޑު އަގު ދީގެން ގަނެފަ ހުރި އެއްޗެއްތަ؟ މިރޯދަ މަހު ތިހާވަރަށް އަޅުގަނޑުމެންގެ މުސްލިމުނަށް ތަކުލީފް ޖައްސާކަށެއް ނުވާނެ.
ތަމެން ކަދުރު ބެހީ ޝަދަގާ ފައުންޑޭށަން ހަދަގެން މިއީ އެންމެނަށް އެގޭ ބޮޑު ސިއްރު....
ޢެއްބާރުލުން ކިހާ ވަރަކަށްތޯ ދޭންވީ ؟ ރައްޔިތުން ނުކުމެ އެއްބާރުލުން ދީގެން ވެރިކަން ލިބުނީ . ރައްޔިތުންނުކުމެ އެއްބާރުލުން ދީގެން މަޖްލީސް މެޖޯރިޓީ ލިބުނީ . ދެން ކިހިނެއްތޯ މިއަށްވުރެ ބޮޑަށް އެއްބާރުލުން ދޭނީ ؟ ރައްޔިތުން ކޮންމެ ދުވަހަކު އިބްރާހިމް މުޙައްމަދު ސޯލިޙްގެ ފައިންޕުޅުަގަ ބޮސް ދޭންވީތޯ ؟ ކީއްވެތޯ ބޯހިޔާވަހިކަންނުދޭން ކުރީގެ ސަރުކާރޭ ކިއައިގެން ބަހަނާ ދައްކަނީ ؟ ކުރީ ސަރުކާރޭ ކިއާކަށް ނޫނެއްނޫންތޯ ވެރިކަން ދިނީކީ .
ގޯތި ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓާ ދަރިންގެ އައިޑީކާޑާ ދިވެއްސެއްކަންއެނގޭ ރަސްމީލިއުމާ ފަގީރުންގެލިސްޓާ ދެހެކިވެރިންނާ ދަރިންއުފަންވި ހޮސްޕިޓަލްގެ ރަޖިސްޓްރީ އާއި މިހުރިހާލިޔެކިއުންހިފައިގެންގޮސްގެން ކިއުގައިޖެހިގެން ތިޔަކަދުރު ކާކަށްނޫޅެން ކަދުރުތައް ކަލޭމެންކާށެވެ.
މީ ކިހާ ބޮޑު ވެއްޖެ ކަމެއް. ކަދުރު ބަހާނީ ވެސް މާލޭ މީހުންނަށް. ކުރީގަ ކަދުރު ލިބޭ ބަހަން މިހާރު ނުލިބޭ. ކަލޭ މެން ކަދުރު ލާގެން ވެރިކަން ކޮއްބަލަ.
މިމީހުންގެ ކަންތައް ވަކި ދެރަ! އިންތިޒާރު މިކުރަނީ 2023 އަށް!
ފަޒުނަާ ކަދުރު
ކަދުރު ޝިފާ ވަލް އަނގަ ބޮޑޭ ބުނަންތަ ރަނގަޅު ވާހަކައެއް ތިޔަ ކަދުރުކޮޅު އެމްޑީޕީ ކުދިންނަށް ބަހާލާ. މިހާރުވެސް އެގޭގޭގައި ތިޔަ ކަދުރު ކައި އެބަހަދާ. ބާކީ އެތިކޮޅެއް ހުރިއްޔާ ތިޔަ ހުޅުވަން އުޅޭ އަގުހެޔޮ މާރުކޭޓްތަކަށް އަޅާ ވިއްކާލާ.