މޫނު ބުރުގާ އަޅާތީ ލ.އަތޮޅު ކުނަހަންދޫ ސްކޫލްގެ ޓީޗަރަކު ވަޒީފާ އިން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އިއްޔެ އެވެ. ވަޒީފާ އިން ވަކިކުރީ ކުނަހަންދޫ ސްކޫލްގެ ޤުރުއާން ޓީޗަރެވެ.
ވަޒީފާ އިން ވަކިކޮށް އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކުރީ ސިވިލް ސާވިސް ކޮމިޝަންގެ ޤަވައިދުގެ 273 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.
އެމާއްދާގައި ބުނެފައި އޮންނަނީ ވަޒީފާ ގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެނުމެވެ.
މިކަމާއި ގުޅިގެން އެޑިޔުކަޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ "ސިވިލް ސާވިސްގެ ދާއިމީ މަގާމެއްގައި ހުންނަ މީހަކު ވަޒީފާއިން ވަކި ކުރާނީ ސިވިލް ސާވިސްގެ ގަވާއިދުގެ ތެރެއިން އަދި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފްވެގެން އެކަމާއި ބެހޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު" ކަމަށެވެ.
އެ ރަށު ކައުންސިލުން ވިދާޅުވިގޮތުގައި އެ ޓީޗަރު ސްކޫލުން ވަކިކޮށްފައި ވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލަަށްދާތީއެވެ.
މިދިޔަ އަހަރު ވެސް މޫނުބުރުގާ އަޅާތީ ބައެއް ޓީޗަރުން ވަޒީފާ އިން ވަކިކޮށްފައިވެއެވެ.
ޔާމިނެއް ކަމަކު މަގޭ ދީނާ މަގޭ ޤައުމާ ނުކުޅެއްޗޭ
ޓީޗަރުންނަށް އެކަނި އޮންނަ ގަވައިދެއްތަ އެއީ. އައިޖީއެމްއެޗް ގަ އުޅޭ މޫނުބުރުގާ އަޅާގެން އުޅޭ ދެތިން ނަރުހުން. އެއީ ސިވިލްސާވިސް އެއްނޫންތަ؟
ޗަކޮޔާ މޫނު ބުރުގާ އަޅައިގެން ދަގަ އަފުގާނައް ނޫނިއްޔާ ސޫރުޔާއައް. އެތާ ތަމެން ބޭނުން ގޮތްގޮތައް ބޮލުގައި ފޭލިގެ އަޅައިގެން ވަޖިދުވެވޭނެ.
ކަލޭމެންގެ އަނބިދަރީންނަކީ އެއްވެސް އަގެއް ނެތް އިއްފަތެއް ނެތް ބައެއް ކަމުގައި ދެކި އމީހުން އޮރިޔާމާ މަގުތައްމައްޗައް ނެރެ ހިލޭ ފިރިހެނުންނައް އެމީހުންގެ ވަނާތަކާއި ހަށުގަނޑު ނީލަން ކިޔަސް އަހަރެމެންގެ އަނބިދަރީންނަކީ އިއްފަތްތެރި އެމީހުންގެ ފިރިން ފިޔަވާ އިތުރު ބަޔަކައް އެމީހުންގެ އައުރަ ނުފެންނަ އަގުބޮޑު ބައެއް.
އެތަނަށް ދިޔަޔަސް ނެތޭ ސަލާމަތެއް. ހިފާ ހައްޔަރު ކޮށްގެން ގެނޭ. ޖިހާދަށް ދިޔައްޔޭ ގޮވާފަ. ނޫނީ ދާން އުޅުނަސް ހިފަހައްޓާ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގަ އޮވޭ އިސްލާމްދީނާ ތަޢާރަޟުވާ ކޮންމެ ޤާނޫނަކާއި ޤަވާޢިދަކީ ބާޠިލް އެއްޗެއްކަމަށް. މޫނުބުރުގާޔަކީ އިސްލާމްދީނުގެ ޝިޢާރެއް. އެއާއި ދެކޮޅު ކޮންމެ ޤަވާއިދަކާއި ޤާނޫނެއް ބާޠިލްވާނެ. ވަޟަޢީ ޤާނޫނުވެސް މާރަނގަޅުތަ ދީނުގަ އޮންނަ ގޮތަށްވުރެ؟
" އެމާއްދާގައި ބުނެފައި އޮންނަނީ ވަޒީފާ ގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެނުމެވެ." ކޮބައިތަ ވާ ގެއްލުމަކީ؟ ވަކިކުރީމަވާ ގެއްލުން މާބޮޑު.ޤުރުއާން ޓީޗަރުންފޮނުވާނަމަވެސް ރަނގަޅުތާ.އެކަމް ދެން ޖެހޭނީ ރިލީފު ޓީޗަރަކު ނަގައިގެން ކުރިޔަށްގެންދަން. ޤުރުއާން އެފެންވަރަށް ކިޔަވައިދޭނެ މީހަކު ނުލިބިއްޔާ ވެސް ތަނަށްވާނީގެއްލުންތަ؟ އެޑިޔުކޭޝަނުން މިކިޔާއެއްޗެއް ނޭނގޭ. ދަރިވަރުންގެ ޙައްޤުތައް ހޯދައިދެނިއްޔޯ. ބޯހަލާކު.
ދެން ވަޒީފާ ދޭންވީ ހަމައެކަނި ބުރާ އާ ޖަންގިޔާ ލައިގެން ދާ ޓީޗަރުންނަށް އެކަނި... އެވަރުންވެސް ނުރައްކާވާހެން ހީވަންޏާ އެއްވެސް އެއްޗެއް ނުލާ ރޯ އޮރިޔާމާ ދާ މީހުންނަށް އެކަނި ވަޒީފާ ދީ.... މި އޮތީ ވާ ސިސްޓަމެއް އެކަމަކު...
ސަޅި
ދިވެހިރާއްޖެއަކީ މުސްލިމުން އުޅެން ޖެހޭ ގޮތަށް އުޅެން ބޭނުންވާ ރާއްޖެއެއް ނޫން.
ތިބުނީ ހެޔޮކޮން. ދީނާ ނުކުޅޭށޭ. ގައުމާ ނުކުޅެށޭ ކިޔަނީ. ރައްޔިތުންވެސް ބޭނުމެއް ނުވޭ އެގޮތެއް ވެރިންވެސް ބޭނުމެއް ނުވޭ. އެކަމަށް މަގުދައްކަން ތިބި މީހުންނަށް ވެސް ކުރަނީ މަލާމާތް
ބަލަ މޫނު ބުރުގާ އެޅީމާ ދޯ އެނގެނީ ވަޒީފާއިން ވަކިކުރަން! ކުދިން ކުރިމަތީ އޮރިޔާން ބާވަތުގެ ގަޔަށް ބާރު ހެދުން ލީމަ ނުފެނޭ ވަކިނުކުރާތާގަ ނަސޭހަތް ދޭތަންވެސް! ނަމުގައި 100% އިސްލާމުންނޯ! އަންހެނުންނަށް ލިބެންޖެހޭ ހައްގޭ އެޔޭ މިޔޭ ކިޔާއިރު ރަނގަޅު މަގުން ލިބެންޖެހޭ ހައްގެއް ނުލުބޭނު!ޙުރި ހިތާމައެއްގެބޮޑުކަމާއެވެ!.
ޔާމީނާ ނުބެހެއްޗޭ
މޫނުބުރުގާ އެޅުމުން ތަނައްގެއްލުން ވާނަމަ، ދެން އޮރިޔާން ހާލުގަ ދާންވީއެއްނު. ޓީޗަރ ކުރުހެދުންލީމަ ކުދިންނަކައް ގެއްލުމެއްނުވޭ އެކަމު މޫނުބުރުގާ އެޅުމުން ގެއްލުންވޭ. އަޅުގަނޑައް ފެނޭ ސިވިލް ސާވިސް ގެ ގަވައިދު އިސްލާހުކޮއް އިސްލާމް ދީނާ އެއްގޮތައް ގަވައިދުހަދަން.