މޫނުގައި ގޯންޏެއް އަޅުވައި، ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނެއް ހޮޅިދަނޑިއެއްގައި ބަނދެ އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މައްސަލާގައި އެ އަންހެން މީހާއަށް އަނިޔާ ކުރި މީހުން ދެނެގަނެވިފައިވާކަމަށާއި ނަމަވެސް އެ މީހުން އަދި ހައްޔަރެއް ނުކުރެ އެވެ. އަދި ތަހުގީގަށް އެ މީހުން ހައްޔަރު ނުކުރާ ސަބަބެއް ފުލުހުން ނުބުނެ އެވެ.
"މި މައްސަލައިގެ ތަހުގީގު ވެސް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި ވަރަށް އަވަހަށް މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ " އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުންދާއިރު، އެ އަންހެން މީހާ ހޮޅި ދަނޑިއަކަށް ބަނދެ އަނިޔާކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިއަދު ދައުރުވެފައި ވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި އަންހެން މީހާގެ ފިރިމީހާއަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ ފަސް ދަރިން ތިބިއިރު އޭގެތެރެއިން އެއްކުއްޖެއްގެވެސް ސިކުނޑީގެ އުނިކަން ހުންނައިރު، އެމީހުން ދިރިއުޅެމުންދާ އާއިލާއާއެކު ކަމަށް ވެއެވެ.
މީގެ ކުރިންވެސް މި އަންހެން މީހާއަށް އަނިޔާކުރި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައި ވެއެވެ. އެގޮތުން އޭނާއަށް މީގެ ކުރިން ޖިންސީ އަނިޔާ ކުރި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހާމަކަން ބޮޑު ގޮތަކަށް އެމީހާއަށް އަނިޔާކޮށް ފޮޓޯ ނަގާފައި މިވަނީ މައްސަލަ ހުށަހެޅުމުންވެސް އެކަމާއި ގުޅިގެން ފިޔަވަޅެއް ނާޅާ ވަނިކޮށެވެ.
މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ އެ އަންހެން މީހާ މަގުމަތީގައި ހުރި ހޮޅިދަނޑިއަކަށް ބަނދެ ހައްޔަރުކޮށްފައި ހުރި މަންޒަރެވެ. އަދި އޭނާގެ ބޮލުގައި ގޯންޏެއް އަޅައި ބަންދުކޮށްފައި ހުރިއިރު ގުޑާ ނުލެވޭނެހެން ގައިގެ ވަށައިގެން ހޮޅިދަޑިއާއެކު ވާގަނޑަކުން ބަނދެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
hayaaru koffa dookollane
މިފަދަލާއިންސާނީއަމަލެއް ނުކުޅުދޭފަރާތަކަށް ކުރުމުން އެއަމަލުކުރިމީހުން ދެނެގަނެވި އެފަރާތްތައް
ހަޢްޔަރުނުކުރާނަމަ މިފަދަކަންތައްތަކުރާރުވެ އެފަދަކަންތައް ކުރުމަށް ހިތްވަރުލިބިދާނެ ތިހެން
ނުހައްދަވާ ބައެއްކަންތަކުގައި ވަގުތާނުބައްދަލު ބާރުގެބޭނުންކުރައްވާ ކޯޓުގެ އަމުރުނެތި ފުލުހުން
ވަންނަވާފައިވާކަމަށް ޚަބަރުންފެނޭ ނަމަވެސްމިހާސީރިއަސްކަމެއްގައި ތިގޮތަށްގެންދަވާނަމަ ތިކަމުގައި ސުވާލުއުފެދޭ ކަންތައްތަކެއްއެބަހުރި