ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްލަ 149 މުވައްޒަފުން ވަނީ މަދުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، އަމިއްލަ އަށް ވަކިވެގެން ދިޔަ މީހުންނާއި، ކޮންޓްރެކްޓް ހަމަވެގެން، އިތުރަށް އެ ކޮންޓްރެކްޓް އައު ކުރަން ބޭނުން ނުވެގެން ވަކިވެގެން ދިޔަ މީހުންނާއި، އެޗްޑީސީން ވަކިކޮށްފައިވާ މުވައްޒަފުންނެވެ.
ވަކި ކުރި ހުރިހާ މުވައްޒަފުންވެސް ވަކިކޮށްފައިވާނީ އޮންނަ ޤަވާއިދުގެ ދަށުން، އެމީހުންނަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހުގައި ކަމަށާއި، އެއްވެސް މުވައްޒަފަކު އޮންނަ އުޞޫލާއި ޚިލާފަށް ވަކިކޮށްފައިނުވާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.
މި ސަރުކާރަށް މިވީ ގާތްގަނޑަކަށް ހައެއްކަ މަސް ދުވަސް ތެރޭގައި ސަރުކާރުގެ އެތައް ކުންފުނިތަކުން ވަނީ ގިނަ އަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދަކަށް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ.
ފާއިތުވި ދެތިން މަސް ތެރޭގައި ފެނަކަ ވަޒީފާ އިން ވަކިކުރި މީހުންގެ އަދަދު 100 އަށް ވުރެ ވެސް ގިނަ ވާނެ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.
ކުރާނެ މަސައްކަތެއް ނެތި، މަގުމައްޗަށް ގަނަތެޅެން ދޫކޮށްލުމުން ރައްޔިތުން ބަނޑަށް ޖެހޭނެއެވެ.
ސަރުކާރުގެ ހެޔޮފުޅުކަމުން ވަޒީފާ އިން ކޮށްލަނީ ބޭރު، ތަންތަނުގަ ތިބި މުއައްޒިފުން ވަޒީފާ އިން ކަޑާ ތަލާ ބޭރުކުރަނީ
މިޔޮއްފަދަ ރޯދަމަހުތަ ؟؟؟ ސާބަހޭ އޯގާތެރި ސަރުކާރު
ރިޔާސީ އިންތިޚާބާއި ދިމާކޮށްދިން ވަޒީފާތަކެއްކަން ސާބިތުކޮށްދީ ފުރަތަމަ އޭގެފަހުގައި ވަޒީފާއިން ވަކިކުރޭ. ރައީސް ޔާމީން ވަޒީފާއިން ވަކިކުރީމާ އަނިޔާ ސޯލިހު ވަކިކުރީމާ ނުގަވައިދުން ވަޒީފާހޯދާފައިވާތީ ޑަބަލް ސްޓޭންޑް ނަގަނީ އަޅެ ބުއްދިސަލާމަތުން ހުރެގެންތޯ؟ ކަނޑާލީމާވާނީ ކަނޑާލިކަމަށް ކޮންމެހެން މަތިއޮމާން ކުރާނެ ކަމެއްނެތް