ކ.އަތޮޅު ދިއްފުށީގައި ވައްކަން އިންތިހާއަށް އިތުރުވެގެން ދިޔައިރު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުގެންދާތީ އެންމެ ފަހުން ރައްޔިތުން ނިކުމެ ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.
ރައްޔިތުން މިރޭ ރޯދަ ވިއްލައިގެން ނިކުމެ ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް އެރަށުގަައި ވަނީ ހިންގާފައެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރަން މިރޭ 20:00 ހާއިރު ފުލުހުންގެ ޓީމެއް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭގެ ފަހުން އިތުރު ލޯންޗެއްގައި ވެސް ފުލުހުން އެރަށަށް ގޮސްފައި ވެއެވެ.
ނަމަވެސް ދިއްފުށީގައި ހިނގައިގެން އުޅޭ ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުން އެއްވެސް މައުލޫމާތެއް މީޑިއާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ.
ރޭ ދިއްފުށީ ފިހާރައެއްގެ ތިޖޫރި ވަނީ ލައްކައެއްހައި ރުފިޔާ އާއި އެކު ވަގަށް ނަގާފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ "ވަގުން" އެފިހާރަ ފަޅާލީ ހަތްވަނަ ފަހަރު ކަމަށެވެ.
މީގެ ދެރޭ ކުރިން އެރަށު ގެސްޓް ޝޮޕަކުން ވެސް ވައްކަން ކޮށްފައިވެއެވެ.
މަންޒަރުދުއް ބައެއް މީހުން ބުނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ތިބި ތަންތަނަށް ރައްޔިތުން ވަދެ ގަދަކަމުން އެމީހުން ނެރެ މާރާމާރީ ހިންގާފައިވާ ކަމަށެވެ. ފަސް މީހަކަށް ރަށު ރައްޔިތުން ހަމަލާ ދިން ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
ހަމަނުޖެހުންތަކުގެ ތެރެއިން ދެމީހަކަށް ވަނީ ވަޅިން ހަމަލާ ދީފައެވެ. ވަޅިން ހަމަލާ ދިނުމުން ޒަހަމްވި ދެމީހުންގެ ހާލު ސީރިއަސްއެވެ. ހަމަނުޖެހުންތަކުގައި ޖުމްލަ ފަސް މީހަކު ވަނީ ޒަހަމް ވެފައެވެ.
ހަތަރު ވަރަކަށް ގަޑިއިރު ފަހުން މިހާރު ވަނީ ހަމަނުޖެހުންތައް ހުއްޓިފައެވެ. ނަމަވެސް އެރަށުގައި އަދިވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.
ތިކަން ނުކުރިއަސް ފުލުހުން ކާށިގޯނި ހޯދާއެއްނު
ފުލުހުން އިސްތިއުފާ ހަމީދު
ޢަދުލުއިންސާފު ނެތީމަ ވާނެހުރިހާއެތްޗެއްތިވަނީ އެންމެފަހުން ރައީތުންނަށްކެތްނުކުރެވިގެން އިންސާފު ހޯދަން ނިކުންނަހިސާބަށް ކަންތައްތަދަނީ ފުލުހުން ކަމަކީ ސައިކަލުތަކުގަ ހުރިހާއިސްޓިކާއެތްހަމަތޯބަލާ އިސްޓިކާޖަހާ ރައީތުންއަތުން ރުފިޔާހޯދުން އޭރުންތާއެމީހުންމަޖާކުރަން ބަޖެޓު ހޯދަނީ ވައްކަންކުރާމީހުނާ މަސްތުވާއެތްޗެހި ވިއްކާ މީހުން ހެވިލާފަ މިގައުމުގަ އުޅެމުންދަނީ ދެންމިސަރުކާރު ވާހަކަ ނުދެއްކުން ރަނގަަޅުވާނީ ސަރުކާރުން ޒިންމާނަގަންޖެހޭއެތްވެސް ކަމެތްނޯވޭ މީއަދި އެނަމެއަޖައިބުވާންޖެހޭކަމަކީ
ގަދަ ދިއްފުށީ ރައްޔިތުން. ހަމަސެލިއުޓް ކުރަން
މާލެތެރެއަކީ ދިވެހިރާއްޖެކަމަށް ހަދައިގެން މަގުހުރަސްކުރާ ކޮންމެތާކު ފުލުހެއް ބަހައްޓައިގެން ފޮޓޯނަގަނަގާފަ ޓުވީޓުކޮށްކޮށް އެތިބެނީ. އެހެން ރަށެއްގަ މަގެއްވެސް އޮންނަކަމެއް އެސޮރުމެނަކަށް ނޭނގެ.
އަދުލުއަންސާފު ގާއިމުކުރުމުގައި ސަރުކާރު ފެއިލްވުމުގެ ނަތީޖާ.
އެހންތާ ވާނީ ގައުމުގެ ވެރިޔަކަށް ވެސްހުރީ ވަގެއް . ޢެެހެންވީމަ ތިޔަ ވަރުގެ ކަމެއް ވެދާނެ
ޙުރިހާ ފުލުހުން އިސްތިއުފާ
ދިއްފުށީ ރައްޔިތުންނައް ޔުނިފޯރމްތައް ދީ
ބަނގުލަދޭސް ބައެއްތަ ވައްކަންކޮށްގެން ރައްޔިތުން ހަމަލާދިނީ.. ހަމަދިއްފުށި ދަރިން.. އެމީހުންގެ އާއިލާ މީހުންވެސް ދިއްފުށީގައި އުޅޭނެ.. ތިކަމުގެ ސަބަބުން ވަރަށް ނޭދެވޭ ނަތީޖާއެއް ނުކުންނާނެ.. ތިއަށް އިންސާފެކޭ ނުކިޔާނެ.. ތީ އަނިޔާ.. މީ އެންމެނ ވިސްނަންވެއްޖެ ކަމެއް.. ވައްކަން ކުރާ މީހުންނަށް ފާރަވެރި ވާންޖެހެނީ ފުލުހުން އެކަންޔެއްނުން.. ފަރުދީ ޒިންމާވެސް އޮންނަން ވާނެ.. އަނިޔާވި މީހުންގެ އާއިލާތަށް މިވަގުތު ކެއްތެރިވެ ރަށުގެ މަސްލަހަތަށް ވިސްނުމަށް މުހިންމު.. ނޫނީ ބޮޑު ސިލްސިލާއެއް ފެށިދާނެ..
ދިއްފުށީ ރަށްޔިތުންނަށް ހަމަ ސާބަސް
އައްޑޫގައި ވެސް ތިހާލު ވައްކަން ކުރަމުންދަނީ އޮބި ނޯންނަ ވަރަށް ރެއަކު ގެއެއް ފަޅަމުން ދަނީ މިކަން ހުއްޓުވޭނެ ބަޔަކު ނެތް އަހަރެމެން ވެސް ދިއްފުށި މީހުން ހެދިހެން ވަގު ހޯދަން ނިކުންނަން ވީ މީ ބޮޑުވެގެންވާ އާފާތެއް މިކަން ނުކުރެވިގެން އުޅޭ ސަބަބެއް ނޭގޭ އަހަރެމެން އަގުބޮޑުކޮށް ހޯދާފައި ހުންނަ ތަކެތި ވަގަށް ނަގަނީ ދުވާލެއ ރޭގަޑެއް އަމާންކަމެއް ނެތް ފުރާޅު ނައްޓައިގެން ވެސް ވަންނަނީ ހިތަދޫގައި އުޅެން ނުފޮރޮއްޕާނަކަށް ވެ ނިމިއްޖެ ކޮބާ ހޭ ފުލުުހުން
ގާނޫނުތަކާއި ގަވާއިދުތައް ހަދާ މީހުނާ ސުވާލުކުރޭ... ފުލުހުންނަށް ޖެއްސުންކުރަންކަމަށް މޮޅެތި ގާނޫނުތައް ހެދީ ހުންނަ ލޫޕްހޯލްތަކުން ކުށްވެރިން މަގުމަތީގަ..
ތީ ގިނަ ރަށްރަށުގަ ތިބޭ ފުލުހުންގެ ޙާލު! އެމީހުން އުޅޭނީ ޕާޓޭ ގްރޫޕާ ގުޅިގެން!
އިމްރާން އިސްތިއުފާ. ސީޕީ ނާގާބިލްވުމުގެ ނަތީޖާ.
ދިއްފުށީގެ ރައްޔިތުން ތިކުރި ހިތްވަރަށް ސާބަސްދެން. ހުރިހާ ރައްޔިތުން ވެސް ޤައުމަށްޓަކައި މިފަދަ އަމަލުތައް ކުރާ މީހުންނާއި ދެކޮޅަށް ނުކުންނަ ނަމަ މިއަދު މިޤައުމު ސަލާމަތް ވިސް
ދިއްފުށި ރައްޔިތުންނަށް ހަމަ ސާބަސް. ތީ ގައުމުގެ ދަރީން
ރައްޔިތުން ބަރާބަރު.
ތުލުސްދޫގަ އުޅޭ ޕޮލިހުން އުޅެނީ ކަނބިލި ހިފަން
މިސަރުކާރަށް ތަނަވަސްދިރިއުޅުމަކަށް ވައްކަމާ ފޭރުންހުއްދަ