ފެރީއަކަށް ޕަސިންޖަރުން އުފުލޭ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ފޮޓޯއެއް އާއްމުކޮށް، އެ އުޅަނދާއި ގުޅޭ މައުލޫމާތު ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު މީސް މީޑިއާގައި ފޮޓޯ އާއްމުކޮށްފައި ވަނީ އެ އުޅަނދާއި، ގުޅޭ މައުލޫމާތު ހޯދާށެވެ.
މިއަދުގެ ވަގުތެއްގައި މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި އާއްމުކުރި އެ ފޮޓޯއިން ފެންނަނީ ގިނަ އަދަދެެއްގެ ބަޔަކު އެ އެ އުޅަނދަށް އަރާ އެ އުޅަނދު ފުރިފައިވާ މަންޒަރެވެ. އެ އުޅަނދުގެ ދެ ފަރާތުގައި ގޮޑިބަރި ޖަހާފައި ވަނީ އެ އުޅަނދަށް މީހުން އަރުވަން ޖެހޭ ވަރަށް ކަމަށް ބެލެވެއެވެ.
އެހެން ނަމަވެސް އެ އުޅަނދުގެ މެދުގައިވެސް އާދައިގެ ގޮޑިތަކެއް ބަހައްޓާފައިވާ މަންޒަރު އެ ފޮޓޯއިން ފެނެއެވެ. އަދި ބައެއް މީހުން ކޮޅަށް ތިބޭ މަންޒަރުވެސް އެ ފޮޓޯއިން ފެނެއެވެ.
ތި ފޮޓޯ ނެގިމީހަކަށް ތި އުޅަނދާއި ބެހޭ މަޢުލޫމާތު އެނގޭނެ، އެހެންކަމުން އަވަހަށް މަޢުލޫމަތު ޙިއްސާކޮށާ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަން ހުއްޓުވަން ފިޔަވަޅު އަޅަން އެބަޖެހޭ
އޮތޯރިޓީން ފިނިކޮޓަރިން ނިކުމެ ބަނދަރުމައްޗަށް ލޯ ހިންގާލަން ފެށުމުން ތިޔަކަންކަން ފެންނަން ފަށާނީ.
މާމިގިލީ ހަޒާނާ ފެރީ ދަތުރުކުރާއިރު ބަލާބަލަ. ހަމަ ތިޔަ ގޮތައް ޖާގައަށް ވުރެ ގިނަ މީހުން އަރުވައިގެން ދަތުރު ކުރާނީ. ފުލުހުންނައްވެސް އެގޭނެ މިކަން.
ހެލްމެޓް އަޅާގެން ފިހާރަތަކަކަށް ނުވަދެވޭ އެކަމަކު ފެރީތަކަށް އަރާތިބެވޭ
އުޅަނދުފަހަރުގެ ރަޖިސްޓަރީ ނަންބަރު ޑްރައިވަރު ސީޓާ ދިމާލުގައި އެންމެންނަށް ފެންނަ ގޮތަށް ބަހެއްޓުން ލާޒިމުކުރުމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙު އަވަހަށް ގެންނަވާ. އޭރުން މިގޮތަށް އުޅަނދުފަހަރު ފަހާ މިނިސްޓްރީން ދުވާކަށް ނުޖެހޭނެ.
ލަފާ ކުރެވެނީ ރިސޯޓެއްގެ ދޯންޏަކާ
ތި ފޮޓޯއަކުން ނޭންގެ އަދަދަށްވުރެ ގިނައިން އަރުވާފަ ހުރި ކަމެއް.
މިލަންދޫން މާލެ ދަތުރުކުރާ އެއްފެރީއަށް ޖާގައިގެ އަދަދަށްވުރެ އިތުރަށް 10 މީހުން އެރުވި. އެއްބަޔަކު ތިބީ ކޮޅަށް. އަނެއްބަޔަކު ކާޕެޓްމަތީ.
މީ މިރާއްޖޭގައި ޢާންމުކަމެއް،
ތިޔައީ އ އަތޮޅަށް ދަތުރުކުރާ ބޮޑު ލޯންޗެއް