ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީއަކަށް ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ހަދަން ނުޖެހޭ ސަބަބުތައް، އެޔުނިވަރސިޓީގެ ކުރީގެ ޗޭންސެލަރ ޑރ. ޝަހީމް އަލީ ސައީދު ހާމަކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ބަލައިގަނެ، އެ ބިލުގެ ބަހުސް މަރުހަލާގައި ގިނަ މެންބަރުތަކެއް ވަނީ އެ ދެ ޔުނިވާސިޓީ އެއްކޮށްލައި، އިސްލާމިކް ޔުނިވަރސިޓީއަކީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށް ހެދުމަށް ތާއިދުކުރައްވައި ވާހަކަ ދައްކަވާފައެެވެ.
އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން ޑރ. ޝަހީމް މިއަދު ވަނީ، އެ ދެ ޔުނިވާސިޓީ އެއްކޮށް ނުލާންވީ ހަ ސަބަބެއް ހާމަކުރައްވާފަ އެވެ.
1- ރާއްޖޭގައި މުސްތަޤިއްލު އިސްލާމީ ޔުނިވަރސިޓީ އެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެއީ ރާއްޖެއާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ރަމްޒުކޮށްދޭ މަތިވެރި ނިޝާނެކެވެ.
2- އިސްލާމީ ޚިލާފީ މައްސަލަތަކުގައި ޢިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އިސްލާމީ ޔުނިވަރސިޓީ ވުމެވެ.
3- ޔުނިވަރސިޓީގެ ޕްލޭންގައި ވާ ގޮތަށް ޔުނިވަރސިޓީ ތަރައްޤީ ކުރެވިއްޖެ ނަމަ ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށެވެ. އެއީ ބައިނަލްއަޤުވާމީ ދަރިވަރުންނަށް ހުޅުވާލުމެވެ. މެލޭޝިޔާފަދަ ޤައުމަކަށް ރާއްޖެ ވެގެންދާނެއެވެ. ރާއްޖޭގެ ޔުނިވަރސިޓީ އަކީ ޓްރެޑިޝަނަލް ޔުނިވަރސިޓީ އެއް ނޫނެވެ. އެއީ މޮޑަން ތަނެކެވެ. ގިނަ ބަޔަކު ރާއްޖެއަށް ކިޔަވަން އަންނަން ބޭނުންވެއެވެ.
4- އިސްލާމީ ތަޢުލީމު ކުރިއަރުވަން އެނގޭނީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުންނަށެވެ. ޤައުމީ ޔުނިވަރސިޓީގެ ވެރިންނަކީ އިސްލާމީ ތަޢުލީމުގެ ތަޚައްޞުޞް މީހުން ނޫން ކަމުން، އެމީހުންގެ ދަށުގައި މިޒަމާނަށް ފެތޭގޮތަށް އިސްލާމީ ފެކަލްޓީ އެއް ތަރައްޤީކުރެވިގެން ހިގައިދާނެ ކަމަށް ނުދެކެމެވެ. މިހާރު ވެސް އެތަނުގައި ހުރި އިސްލާމީ ފެކަލްޓީ ތަރައްޤީ ކުރަން އޮތް ހުރަހަކީ އެއީއެވެ. އަދި އެތަނުގައި ހުރި ޤާނޫނީ ފެކަލްޓީ އުިވާލައި ޤާނޫނީ ފެކަލްޓީ އާއި އިސްލާމީ ފެކަލްޓީ އެއްކުރުމަކީ ދުނިޔޭގެ އެއްވެސް ޔުނިވަރސިޓީ އަކުން ކޮށްފައިވާ ކަމެއްނޫނެވެ. އެއީ ޕްރޮފެޝަނަލް ގޮތެއް ވެސް ނޫނެވެ. ޤާނޫނީ ފެކަލްޓީއަކީ ވަކި މުސްތަޤިއްލު ފެކަލްޓީއެއްގެ ގޮތުގައި ހުންނަންޖެހޭނެ ތަނެކެވެ. ޤާނޫނީ ފެކަލްޓީގެ ޑީން އަކަށް ހުންނަންޖެހޭނީ ވެސް ޤާނޫނީ ޢިލްމުގެ ބޭފުޅެކެވެ. ޕްރޮފެޝަނަލް އުޞޫލަކީ އެއީއެވެ. އިސްލާމީ ފެކަލްޓީއަކީ ތަފާތު ތަނެކެވެ. އެތަނުގެ ޑީން އަކަށް ހުންނަންވާނީ އިސްލާމީ ޢިލްމުގެ ބޭފުޅެކެވެ.
5- ޤައުމީ ޔުނިވަރސިޓީ އިން އަދާކުރަމުންދަނީ ޤައުމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތެވެ. ޤައުމީ ޔުނިވަސިޓީގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިކަމާއެކު ބަލައިގަންނަންޖެހޭނެ ކަމެކެވެ.
6- އުޞޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ކުރަންވީ ކަމަކީ ޤައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އިސްލާމީ ޔުނިވަރސިޓީގެ ދަށަށް އެބައި ގެނައުމެވެ. ޤައުމީ ޔުނިވަރސިޓީގައި އޮންނަންވީ ހަމަ އެކަނި އިސްލާމީ ތަޢުލީމުގެ ޕޯސްޓް ގްރެޖުއޭޓް ބައެވެ. ނުވަތަ ޕީއެޗްޑީ ބައެވެ. އިސްލާމީ ޔުނިވަރސިޓީގައި ވެސް ޕީއެޗްޑޭ ހެދޭ ނެއެވެ. މިއީ ބްރޫނާއިގެ މޮޑެލެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް އެންމެ މުނާސިބުގޮތަކީ މިއެވެ. ބުރޫނާއިގައި ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީ އުފެދުމާއެކު އެޤައުމުގެ ޤައުމީ ޔުނިވަރސިޓީ (ޔުނިވަރސިޓީ ބްރޫނާއި ދާރުއްސަލާމް- ޔޫބީޑީ) އިން އިސްލާމީ ތަޢުލީމުގެ އަންޑަރ ގްރެޖުއޭޓް ބައި އުވާލީއެވެ. އެހެން ކަމުން އެޤައުމުގައި ދައުލަތުގެ ދެ ޔުނިވަރސިޓީ ހުރެއެވެ. އެއީ އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއެވެ.
އިސްލާމިކް ޔުނިވާސީޓީ އުފައްދާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ޔުނިވާސިޓީގެ ޗާންސެލަރު ކަމާއި، ވައިސް ޗާންސެލަރުކަން ކުރެއްވި ޑރ. ޝަހީމް އެ މަގާމުން އިސްތިއުފާދެއްވީ، މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށެވެ.
ތިޔައީ ނަމަކަށް އިސްލާމިކް ޔުނިވާސިޓީ..
ޔާމީނު އުފެއްދިތަނެއްވީމާ ތިޔަތަންވާނީ ހަމަ އުވާލަން. ދެވަނަގޮތެއްނޯންނާނެ.
ޔާމީން ދީނީ ކަންކަމަށް ބާރުއެޅުއްވީތީ، ދީންވެސް އުވާލަންޏާ ބުރިޖުވެސް އުވާލާ.
އަޅުގަނޑު އާދޭހާއެކު ރައީސް ޞާލިޙަށް މި ނަންގަންނަނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރުމަށް، ދީނީކަންކަން ހަނިކޮށް، ހަމައެކަނި ޚަރަދަށް ބަލައިގެން ޚަރަދު ކުޑަކުރަން މި މިނިވަންދީބު މަހަލްދީބު ޕުރަދޭޝްގެ ގޮތުގައި އިންޑިއާގެ އިސްޓޭޓެއްގެ ގޮތުގައި ތަރައްގީ ނުކުރެއްވުން.
ދެރަކަމެއް އިސްލާމް ދީނާ ދެކޮޅަށް މި މީހުން ނިންމާ ނިންމުންތަކަކީ ވަކިބަޔަކު އަންގައިގެން ނިންމާ ނިންމުން ތަކެއް މިއީ ޤައުމުގެ ވެއްޓުން ރައްޔިތުން ވިސްނާތި !
އޭ ޝަހީމޫ ތިހާ ޔުނިވަރސިޓީ ހިންގަން ބޭނުމިއްޔާ ތިބޭފުޅާ ދުރުވަންވީ ނޫންތޯ އަފްގާނިސްތާނުގަ ޔުނިވަރސިޓީ ހިންގަން
އޭ ޖަހާލަތު! ކޮއްކޮ ބުނަންތަ ވާހަކައެއް. ޑރ.ޝަހީމް މެން ފަދަ ދީނީ ޢިލްމުވެރިންނަށް އިޙްތިރާމް އަދާކޮށްބަލަ. މީސްތަކުންގެ ޝަޚްސް ރައްކާތެރިކޮށްބަލަ. މީސްތަކުންނަށް ގަދަރުކޮށްބަލަ. އިޙްތިރާމްކޮށްބަލަ. ޖަޒީރާ ވަންތަ ސިފައަކީ އެއީއެވެ. އެމްޑީޕީ މީހުން ޖަޒީރާ ވަންތަ ސިފަ ވަނީ މީސްތަކުންނަށް އޮޅުވާލާފައެވެ.
ދުނިޔެއަށް ޖެހިފައިވާ އެންމެ ބޮޑު ބަލާ މުސީބާތަކީ ތިޔަ ބުނާ ބަގަ
ތިބުނާ މުނީބާތަކީ އެމްޑީޕީ މުއްލާތައް. އިސްލާމުދީން ފުހެލަން މަސައްކަތްތައްކުރަނީ.
ޝޭޚް ޝަހީމު އަށް މާތް ﷲ ހެޔޮ ތައުފީޤް ދެއްވާށި.އާމީން
އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްޑީޕީ ހިންގަން މުގުލުގައި ތިބީ ކާފަރުންނަށް ވިކިފައި ތިބި ލާދީނީ ވެރިން.
ދެ ޔުނިވަރސިޓީ ވަކިން ބާއްވައިފިނަމަ ޑިވައިޑް އެން ރޫލް ގެ އުސޫލު ތައް އިތުރުވާނެއޭ މިފަހަރު މަމެން މިކަމުގައި ބުރަވާނީ ސީދާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކޮޅަށޭ ސަބަބަކީ އެފިޝެންސީ ރަނގަޅު ކުރަން ޖެހޭނެއޭ މިފަދަ ކަންކަން އޮޕަރޭޓް ކުރާއިރު އޮޕަރޭޓިންގް ކޮސްޓް ކުޑަވާނީ ސީދާ އިސްލާމިކް ޔުނިވަރސިޓީ އެއް ވަކިން އޮތުމަށް ވުރެން ބޮޑަށް ގައުމީ ޔުނިވަރސިޓީގެ އަންބްރެއްލާ ދަށަށް އިސްލާމިކް ޔުނިވަރސިޓީ ގެނެސް އެއީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އަަށް ހަދައިގެންނޭ އެއީ އެއްވެސް މައްސަަލަ އެއް ނޫނޭ އެތައް ރިސޯރޓްސް ތަކެއް ހިންގަން އެއް ކުންފުންނަކުން އެކަން ކުރާނަމަ މާލެ އޮފީހަކަށް ހުންނަނީ އެންމެ އޮފީހެކޭ ހަމަ އެ ކޮންސެޕްޓަށް ހިންގޭނެއޭ ގައުމީ ޔުނިވަރސިޓީން އިސްލާމިކް ޔުނިވަރސިޓީ ވެސް އިން ޔުއަރ އައިޒް އައި ސީ ސަމްތިންގް ޓު ބިލީވް އިން ލެޓް ދި އޮޕަރޭޓިންގް ކޮސްޓް ބީ ރިޑުއުސްޑް ފްރޮމް އޯލް ކޯނަރސް ޓު މޭކް ދިސް ކަންޓްރީ އަ ބެޓަރ ޕްލޭސް ވަން ޓަޗް އެން ޑޫ އިޓް ވަން ޓަޗް އެން ޑޫ އިޓް ޑާންސް ޑާންސް ޑާންސް
ކީއްވެތޯ މަޖިލީހުގަ 88 މެންބަރުން ތިބެންވީ؟މީހުން މަދު ކުރީމަ ދޯ ކޮސްޓް ދަށްވެފަ އެފިށަންޓް ޥާނީ....
ޢެހެން ވެޔޭ ބުނަނީ އެޖެންޑާ ނަވާރަޔަކީ ލާދީނީ ފިކުރު ކުރިއެރުވުމޭ. ކޮބާތަ އެހެންނުވާނެޔޭ ބުނި އެންމެން.
އިސްލާޟިކް މިނިސްޓްރީ އުވާލާފަ އެ އިމާރާތުގަ އެމްޑީޕީ ގެ ހަރަކާތްތައް ހިންގާ ޢިމާރާތަކަށް ހެދީމަ އެޖެންޑާ 19 ކަންކަން ފުރިހަމަ ވެގެންދާނީ
އިސްލާމީ ޚިލާފީ މައްސަލަތަކުގައި ޢިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކަށް އިސްލާމީ ޔުނިވަރސިޓީ ވުމެވެ. ޝަހީމުއެވެ. މިހާރުގެފަހުބަސްބުނާތަނަކީ ކޮންމެވެސްނަމެއްކިޔާ ސީސީސީއެކެވެ.
އެމް.ޑީ.ޕީއަކީ މިޤަޢުމަށް ޖެހިފައިއޮތް މުސީބާތެއް
ދިވެހި ރާއްޖޭން ތިޔަ ޖަހާލަތުކަން ފިލުވައިގެން ނޫނީ ރާއްޖެއަށް ކުރިއެރުމެއްނެތް. އަސްލެއް ހަގީގަތެއް ނެތް ލެޔަށް ފެންބޮވާފައި އޮތް ރަންނަމާރިއެއްގެ ނަގުލުގައި އެލިގެން އުޅޭތީ މިވީ ހާސް އަހަރުތެރޭގައި ރާއްޖެ ދިޔައީ އެކަހެރިވަމުން ފަހަތަށް ޖެހެމުން ނިކަމެތިވަމުން. އެކަން މިއަދު އެބަޖެހޭ ބަދަލުކޮށްލަން. ކުރިއަރަން.
މިއީ ނޫންތޯ ޢިލްމީ ޚިޔާލަކީ ލަފަޔަކީ! ސާބަސް ޑރ ޝަހީމް
މިއުޅެނި ދީން ކިޔެވިޔަނުދޭން ވަގު ސަރުކާރު