ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް ވާނީ މަޑުޖައްސާލާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒް މިހެންވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް މިހާރު މަޑުޖައްސާލާފައިވާކަމަށެވެ.
"މަޝްރޫއުތައް ހިންގުން ލަސްވި ނަމަވެސް ކަންކަން ކުރާނީ ޕްލޭނިިން މިނިސްޓްރީން ތައްޔާރު ކުރާ މާސްޓާ ޕްލޭނާ އެއްގޮތަށް މި ފިޔަވަޅު އަޅާފައި ވަނީ ސަރުކާރުގެ މާސްޓާ ޕްލޭނާ ދިމާވޭތޯ ބެލުމަށް " ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މަޝްރޫއުތަކުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން މިއީ ތަރައްގީގެ މަޝްރޫއުތައް ލަސްވާ ސަބަބެއް ކަމަށެވެ.
މީގެ އިތުރުން ބިޔަ މަޝްރޫއުތައް ރާއްޖެ ގެނައުމުގެ ބަދަލުގައި ރައްޔިތުންގެ ޖީބަށް ފަސޭހަ އިން ފައިސާ ވަންނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ދަނީ ރާވަމުން ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ..
ފައްކާ މަރުމޯލެއް!
އެފަދަ ޕްރޮޖަކްޓްތައް ކުރިއަށްގެންދެވޭނެ ގާބިލުކަން ނެތީމަ ހުއްޓާލީއޭ ބުނަންނުކެރުނީތަ؟؟؟، މިގައުމުދުށް އެއްމެ ގާބިލު އެއްމެ ޙިކްމަތްތެރި ރައީސު ޔާމީނު ކުޑަ ދުވަސްކޮޅަކުން ގައުމަށް ގެނައި ލާމަސީލު ބޮޑެތި ތަރައްގީތައް ފެންނަނަންއެހެރީ، ރައްޔަތުން އަދި މިރީނދޫ ކަލޭގެމެން އެތަރައްގީތަކުގެ ބޭނުންކުރަމުން ދާއިރުވެސް އެއީވެސް މިދުނިޔޭގައިނުވާ ކަންތައްތައް ކަމަށް ހަދަން މަސައްކަތްކުރަމުންދަނީ، ތިމެންނަމެން ކުރީގަ ވެރިކަންހިންގި ދައުރުގަވެސް ހުސްކަަރޮޕްޝަންކާލާފަ ގައުމަށް ރައްޔިތުންނަށް ކޮށްދެވުަނުކަމެއްނެތްކަން މުޅި ދުނިޔެ ހެކިވާއިރު ޔާމީނު ސަރުކާރުގެ ކޮރަޕްޝަނޭ ކިޔާލަކިޔާލާ ތިހެންތިއްބާ ދައުރު ނިމޭތަން ރައްޔިތުންނަށް ފެންނާނެ ނޫނީ ދައުރު ހަމަނުވަނީސް ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލާނެ،
ކުރިޔަށް ނުގެންދެވިގެންގެންދާނެ ޤަބިލްކަން ނެތިވެން ހުއްޓާފަހުރީ... ކަލޭ ހީކުރަނީ އަހަރެމެންނަކީ ބީތާ އިންކަމަށްތަ...
ކާކަށް އޮޅުވާލަން ތި އުޅެނީ! ކަލެޔާއި ކަލޭގެ ޢާއިލާއަށް އެއިން އެއްޗެއް ލިބޭގޮތަށް ނެތް މަޝްރޫޢުތައް ހުއްޓުވީ! މިހާރުވެސް އެއިން ބައެއް ލިބޭގޮތް ހަދާބަލަ އެކަންކަން ހިނގާނެ! މުއްސަދި ތިވަނީ މުޅިންވެސް މިގޮތަށް! މުންޖޭ ކިޔާބަލަ!
ތުހުމަތުގެ މާނަ އެނގިލައްވައިތޯއެވެ! ސިދުޤީ އިސްތައްޓޭ ބުނީމާ އިސްތަށި!! އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ މައްޗަށް ވެސް މީހުން ތުހުމަތު ކުާނެ ބުރާންޗާ!
ގުއިތަފާމަތީ ދަނޑިން ތަޅަންއުޅެބަލަ ކުރާނެ ކަމެއް ނޭންގެންޗާ ބޭކާރު އަނގަނުތަޅައި.