ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން 32 މީހަކު އަދިވެސް ބަންދުގައި އެބަތިބި ކަމަށް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަތިބި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރި އެހެން މީހުން ދޫކޮށްލި ގޮތަށް މިހާރު ބަންދުގައި ތިބި މީހުން ވެސް ދޫކޮށްލަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ 15 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމަށް ކުޑަތަންވެފައި ވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ 45 ދުވަހު ކުއްލި ނުރައްކަލުގައި ބާއްވައިގެން ގައުމު ހިންގުމަށްފަހު އެވެ.

އެ މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކެއް ވަނީ ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި ބޭފުޅުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    ތި ކާޓޫނު ނޫނަސް އިތު ކާޓޫނުތައް މިޤައުމުގައި އުޅޭ!

  2. މުހައްމަދު

    މާޤާނޫނީ މީހަކަށްވެގެން ފޮތްތަކެއް ފުރަގަހުން ފެންނަގޮތައް ހައްގުތައް ހޯދައިދޭށޯ މިދުވަނީ . ފުރަތަމަ އޮރިޔާން ނިވައިކުރުމުގެ ހައްގު މަންޖެ ހޯދާބަލަ!

  3. މައިނާ

    އޮރިޔާންބުޑު ނައްކަވާރު އަލިފަތަކަށް ނިވާނުވޭ. އަދިވެސްދޭ މާފަށް އެދެން. ލަދުކުޑަ ލުއްޗާއެއް.! އަވަސްގޮތަކުން މީނާ ދިގުމުއްދަތަކަށް ޖަލަށް ލާނެނަމަ ކޮންފަދަ. އޭރުން މިޤައުމު އަމާން އައްސޭރިޔަކަށް ގެންދަން ވަރަށް ފަސޭހަވާނެ.

  4. ނާށި

    ހުރިހާ ކުއްވެރިން ދޫކޮށްލަންވީތަ މީދަ މީހާގަނޑު....

  5. ހަމްދޫނު

    ހުރިހާ ކުއްވެރިން ދޫކޮށްލަންވީތަ މީދަ މީހާގަނޑު....

  6. އައިމަން

    މި މަންޖެއަށް ފެންނަނީ ހަމަ އެކަނި 32 ތަ؟