ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުންޏަށް އެސްޓީއޯ އިން ކްރެޑިޓަށް ދޫކުރި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް ފެނިއްޖެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ގެއްލުނީ ތެޔޮ ދޫކުރި ކަމުގެ ހާޑް ކޮޕީތައް ކަމަށާއި އެލިޔުންތައް ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތަކުން މިހާރު ފެނިފައިވާ ކަމަށެވެ. އެލިޔުންތައް މިހާރު ހައިކޯޓާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލް އަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އޭއްޗިހި ވަނީ މިހާރު ހައިކޯޓުގައި،" އޭނާ ވިދާޅުވި އެވެ.
މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ޙުކުމް އެސްޓީއޯ އިން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން ވެސް ވަނީ މިހާރު އެމައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ.
މެރީޑިއަމް ކުންފުންޏަށް ތެޔޮ ދޫކުރި ކަމަށް ބުނެ އެސްޓީއޯ އިން ދައުވާ ކުރާ އިރު އެ ތެޔޮ މެރީޑިއަމަށް ނުލިބޭ ކަމަށާއި އެހެންވެ އެސްޓީއޯގެ މުވައްޒަފުންނަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކަމަށް މެރީޑިއަމްގެ ވަކީލުން ހައި ކޯޓުގައި ވިދާޅުވެފައި ވެއެވެ.
އަމްރު އިއްޔެ ވިދާޅުވި ގޮތުގައި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް ޑޮކިއުމެންޓްތައް އިތުރަށް ބަލައިދިނުން އެދި އެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ކީއްވެތޯ މި ޚަބަރު ހޫނު ނުވީ
އައިޓީ ކިޔަވާގެން ތިބިވަރަށްމޮޅު ކުދިން މިހާރު އެބަތިބި . ތިޔަފަދަ އެއްޗެއް ހާޑުޑިސްކަކުން މިހާރު ހޯދަފާނެ. ބޭނުންވެއްޖެ މައުލޫމާތެއް ،ޑޮކިޔުމެންޓެއް ކުރީގައި ހާޑުޑިސްކް ގައި ނެތަސް މިހާރު ހޯދާލެވިދާނެ.
ރިޔާޒު ކަލެޔަށް އެއްޗެއް ވިސްނޭތަ؟ އާރާއި ބާރުގަ ބޭނުން ގޮތަކަށް ކަލޭ އުޅުނީ.. ގޮޅިޔަށް ދާން ތައްޔާރުވޭ..
އެތެޔޮދޫކުރިއެއްޗެހިތައް މިއޮއްހުރިހާދުވަހުއުޅުނީ ފިލައިގެންދޯ ނޫނޭ އަމްރު މޮޅު ފިލައިގެންއުލެނިކޮއްވެސް ހޯދާފާ ފުލުހުންނާ ހަވާލުކޮއްފިއްޔަ ކޮންތަަނެއްގަތަ އެއެއްޗެހިތައްފިލާތިބީ
ބޮޑަށް ވައްތަރީ އެއްޗެއް ހެދީ ކަމަށް. ދެން ބުނަނވީ ހާޑު ޑުސްކުންނޭ. ދެން މަ މިހެންބުނީމަ ކަލޭމެން ބުނާނެ ހާޑު ޑިސްކުގައި މަސައްކަތް ކޮށްފައިވާ ތާރީޚްވެސް އެނގޭނެއޭ އެ ދިރާސާ ކުރުމުން . މަ ބުނާނީ މިސަރުކާރުގެ ދަށުގައި ތިބި ފުލުހުން ގެ އިންވެސްޓިގޭޝަނަކަށް އިތުބާރެއް ނުކުރެވޭނެއޭ.
އަވަހަށް އެމްޑީޕީއަށް ސޮއިކޮށްލާ! ސަލާމަތްވުމަށް އޮތް ގޮތަކީ އެއީ!
ބޭނުންހާ ގޮތެއް ހަދަން ތިއުޅެނީި ނުވާނެ އިންޝާﷲ ތިޔަކަމެއް
ތިމާމެންގެ ކުނފުނިތަކަށް ހަދިޔާދީފަ އެހެންމީހުން ފުނޑާލަން އުޅުމަކީ އަނިޔާވެރިވުން
ކީއްވެތޯ ރިއާޒު އިންޑިޔާ އާހަވާލުނުކުރީ
މިހާރު ދެން ތިޔައަކީ ޤަބޫލުކުރެވޭނެ ވާހަކައެއްނޫން. މިހާރު ކަމިޝަނަށް އުފައުދައިގެން ތިބެ ކޮމްޕިއުޓަރުތަކުންނާއި އެހެނިހެން ތަންތަނުން ތިހުރިހާއެއްޗެތ އުފަންކުރުވާނެ. ބޭނުމަކީ ތިމާމެންގެ މޮޅުކަން ރައްޔިތުންނަށް ދައްކނަް. ތީ ހުސް ފޭކް ޑޮކިއުމަންޓް .
މިކަލޭގެ މިދޭތެރެއަކުން ހަނދުބޮޑުވެގެން އެ އުޅުނީ މިކަމާދޯ!
އެބުނާހެން ......ކީއްވެތޯ މި ޚަބަރު ހޫނު ނުވީ؟