ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެެއްކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މިއަދު ކޯޓުގައި ކުރިއަށްގެންދިޔަ އިބްތިދާއީ އަޑުއެހުމުގެ ތެރެއިން ދައުލަތުން ހުށަހެޅި މި ދެ ހެކިންނަކީ އިތުރު ދެހެއްކެތްގެ ނަން ހުށަޙަޅަން ނިންމާ ޔާމީންއާ ދެކޮޅަށް ހުށަހެޅި ދެ ހެކީންނެވެ. މި ދެ ހެކިންނަނީ މުހައްމަދު އައްލާމް ލަތީފް އާއި އިޝްފާހް އަލީއެވެ.
ދައުލަތުން ވިދާޅުވީ، މުހައްމަދު އައްލާމް ލަތީފްގެ ނަން ހުށަހެޅީ ޔާމީން ވިދާޅުވެގެން ފައިސާ ޖަމާކުރި ކަން ސާބިތުކުރަން ކަމަށެވެ. ދެވަނަ ހެއްކަކީ އިޝްފާހް އަލީ. އިޝްފާހް ހުށަހެޅީ ޗެކް ލިބުމުން ޔާމީނަށް ބޭންކްގެ މުވައްޒަފަކު ގުޅިކަން ސާބިތުކުރަންވެގެން ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
ޔާމީންގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، މީގެ ކުރިން ވެސް އިތުރު ހެކި ހުށަހަޅާ ކަމަށް ދައުވާ ފޯމްގައި ނެތް ނަމަ ހެކި ކޯޓުން ބަލައެއް ނުގަންނަ ކަމަށެވެ. އަދި ވަކި ބޭފުޅަކަށް ވާތީ ޖިނާޢީ އަދުލްގެ ނިޒާމް ބަދަލު ކުރެވިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭކަމަށް އާދަމް އަސިފް ވިދާޅުވިއެވެ.
އެއަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ، ކުރިން ހުށަނޭޅީ މިހެކި ލިބިދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ. އަދި މިހެކި ބަލައި ގަތުމަށް ޤާނޫނު ހުރަހެއް ނާޅާ ކަމަށެވެ.
މިއީ އެކަށީގެންވާ ވަރަށް ތަހުގީގުކުރެވިފައިވާ މައްސަލައެއް ކަމަށް ބުނާތީ އާއި ހެކި ހުށަހެޅީ ތަހުގީގެ ފަހުން ކަމަށް ވާތީ، އަލަށް ހުށަހެޅި ދެ ހެކިން ކަމުގައިވާ އައްލާމް ލަތީފް އާއި އިޝްފާހް އަލީ ބަލައިނުގަންނަން ޝަރީއަތުން ވަނީ ނިންމާފައެވެ.
ޔާމީންއާ ދެކޮލަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި، ނައިބު ރައީސް އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ އިތުރުންވެސް ބައެއް އިތުރު ބައެއް ހެކިން ހިމެނެއެވެ.
ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.
ޔާމީނު ކޯޓަށްހުށަހެޅިި ހުރިހާ ހެއްކެއް ބޭރުކޮށްލައިފި... މާރީއްޗެއްނު ވަގުތު މީހުންނަށް ބަލަންކެރޭތަ..
ދޮންކަލޯ، މިއީ ވަކި ކޮޅަކައް އެބުރޭ ގޮލައެއް، ވަގުން ބޭޒާރުވެނިމުނީމަ ހުންނާނި ރާކަނި ކެވިފަ، ހަޖަމް ކުރަން ދަސްކުރޭ، ދެންމިފަހަރު ކެއްކުރޭ،
ޔާމީނާއި ދެކޮޅަށް ހެކިދެނީވެސް ކޮރަޕްޓް ދޮގުވެރިން. ކިހާ އިންސާފުވެރި ޝަރީއަތަކަށް ވާނެ
ލާދީނީ ލާގައުމީ ޓެރަރިސްޓް މޑޕ އައް މިނޫން ގޮތެއް ނެތީބާ. ރައްޔިތުންނައް ހިދުމަތެއް ދެވޭތޯ އުޅެބަލަ. މަކަރާއި ހީލަތާނުލައި ހަމަ ލާހިކެންނޫން ރައީސް ޔާމީން މަޅިއެޅުވުން އެއީ ވާނެކަމެއްނޫން. ޢިންޝާﷲ
ޔާންބެ އަކީ މޭންއެއް
ހައްޔަރު ކުރޭ
ކަލޯ ދެން ސާބިތު ހެކި ނެތީމާ ތިހުކުމް ކަށަވަރު ކުރަން އުޅުނު ކަން ޗޮކުން ދ