ނިއުޒިލޭންޑްގެ ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ދިވެއްސަކު ވާދަކުރުމަށް ނިންމައިފިއެވެ.
ނިއުޒީލެންޑުގެ ސިޓީއެއް ކަމަށްވާ ހަޓްސިޓީގެ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ދިވެއްސަކީ ޝާޒްލީ ރަޝީދެވެ. އޭނާއަކީ އެ ސިޓީގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާ އަންނަނީ ހަޓްސިޓީގައި އަމިއްލަ ވިޔަފާރި އެއްވެސް ހިންގަމުންނެވެ.
ޝާޒްލީ ބުނީ، ހަޓްސިޓީ އަކީ އާއިލާއެއް ބިނާކުރުމަށާއި، ވިޔަފާރީއެއް ފެށުމަށްވެސް ރަނގަޅު ސިޓީއެއް ކަމަށާއި، މިހާރަށް ވުރެ ރަނގަޅަށް އެ ސިޓީގައި ކަންކަން ކުރެވިގެންދާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
އެގޮތުން އޭނާގެ އަމާޒަކަށް ވާނީ ހަޓް ސިޓީއަކީ އިތުރު ވިޔަފާރިތަކަަށާއި، އިންވެސްޓްމަންޓްތަކަށާއި، އަދި ވަޒީފާގެ ފުރުސަތުތަކަށްވެސް ޖާގަ އޮތް ސިޓީއަކަށް ހެދުމަށް ކަމަށެވެ.
https://www.facebook.com/shazly.rasheed/posts/2284007764987122
"އަހަރެން ބޭނުންވަނީ އެ ސީޓީއަކީ ރައްކާތެރި، އަމާން ސިޓީއަކަށް ހަދަން، އަދި މިއީ އާއިލާއެއް ބިނާކުރުމަށާއި ވިޔަފާރިތަަކަށް އެންމެ ރަނގަޅު ސިޓީގެ ގޮތުގައި އެ ސިޓީ ހަދަން". އޭނާ ބުންޏެެވެ.
ޝާޒްލީ ހޮވަން މަސައްކަތް ފަށާފިން
ތަމެން މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ...
ކަމަނާގެ މަސައްކަތްޕުޅާއި ވިއަފާރިއަށާއި ލޯކަލް
ކައުންސިލް އިންތިޚާބުގައިވެސް ކާމިޔާބީ އަށް
އެދެމެވެ ދިވެހިރާއްޖެއަށާއި ދިވެހިންނަށް ފާގަތިކަން މިންވަރުކުރައްވާށި
މަމެންނަށް ރަނގަޅީ ތަމެން ނަށް ފުލުން އެއްވަނަ ލިބިއްޖެ ނަމައޭ ސަބަބަކީ މަމެން ގަބޫލެއް ނުކުރަމޭ ތަމެން ތިޔާއި ދިވެހިން ކަމަށް ގެޓިންގް ހާރޓް ލޫޒް ކޮންޓްރޯލް ދޯ...
ދިވެހިން ދިރިއުޅެމުންދާ ބޭރުގައުމުތަކުގައި ދިވެހިން ވިޔަފާރި ކުރޭ! ޢެއީ މައްސަލެޔެއްނޫން.
މީހުން ކިޔާ ދިވެހިންނޭ އެހެން ގައުމުތައް ހަލާކުކުރަނީ. މިކަން ވެދާނެބާ ނިއުޒިލެންޑުގެ ހަލާކުގެ ފެށުމަށް.
މި މުސްލިމެއްހޭ؟ ބުރުގާ އަޅަން ނުޖެހޭ ހައްދުފަހަނަ އެޅި މިސްލިމުން ކިޔަނީ މި ބައިގަނޑު ހިމެނޭ ގޮތަށް
މިކޮން ރަށަކު މަންޖެއެއްތަ.
ތީނަގެ މަންމަޔަކީ ކިލެގެ މީދޫ މީހެއް ބައްޕަޔަށް ކިޔަނީ ރަޝާދު ގެ ހުންނަނީ ޖަމާލުއްދީނު ސުކޫލު ކައިރީގައި ތީ އަމީނިއްޔާ އިން ކިޔެވި ދުވަސް ވަރު ލަވަމުބާރާތުގަ ބައިވެރިވި އަމީނިއްޔާގެ މުސްކުޅި ދަރިވަރެއް
ހާދަ ނަލައޭ ދޯ.. އެންމެ ނުރައެއްވެސްނެތް
ކަމަނާޔަށް ކާމިޔާބީ އަށް އެދެން!
މީހަކަށް ނިއުމަތެއް ލިބިދާނެކަމަށް ހަސަދަލުމަކީ ދިވެހިންގެ ވައްތަރު!
އަދިވެސް އެނުބާކަން މިގައުމުން ފިލާނުދޭ!
އެހެން މީހުންނަށް ހެވެއް ލިބުމަށް ނޭދެނީ ކީއްވެ؟
އޭނަޔަށް އެނިއުމަތް ލިބުނީމަ ތިބާ އަށް އެކަމުން ކޮންއެއްޗެއް މަދުވާތީބާ! ތިހަސަދަ ލީ!
އޭނަޔަށް އެނިއުމަތް ލިބޭތޯ ދުއާ ކޮއްފިނަމަ މާދަމާ އެއަށްވުރެ މާ ރަނގަޅު ނިއުމަތެއް ތިބާޔަށް ލިބިދާާނެ!
ދިވެހި ރާއްޖެ އައް އުފަންވެ ، ރާއްޖެ އިންކިޔާފަ ހުރިހާ މޮޅެއް ބޭރު ގައުމަކައް ، ކަޑަދޯ
މީނާގެ ކިބައިގައި ދިވެހި ސިފައެއް ނުފެނޭ.. އަދި މީނާ ބޭރުގައުމެއްގެ ކައުންސިލަރަކައް ވީމަ އެކަމުން ދިވެހުރާއްޖެޔައް ކޮބާތަ މަންފާއެއް. އެހެރީ މިހާރުވެސް ރާއްޖެ ދޫކޮއްގޮސް ފަރަންޖީއަކައް ވެގަނެގެން. ރާއްޖޭގައި އެބައުޅޭ ތިގޮތައް ބޭރައްގޮސް އުޅެވިދާނެ އެތަކެއް ބަޔަކު ރާއްޖެ ދޫކޮއްނުގޮސް މިތަނުގެ ހުރިހާ ބުރައަކާއި އެކުވެސް ގައުމައް ޚިދުމަތް ކުރަން. އެމީހުން ތި އަންހެނާ އައްވުރެ މާ އަގުބޮޑުވެފަ އަހަރެމެންގެ ނަޒަރުގައި މާ އަގުއެބަހުރި.
ނިއުޒިލޭންޑް ޖަޒީރާ އަކަށް ބަދަލުކުރުމަށް ހުރިހާ އެންމެން ޝާޒްލީއަށް ވޯޓް ދެއްވާ