މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފައްދައިގެން ޕީޕީއެމްއަށް އަސަރެއް ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމް އަކީ ޣައްސާންގެ ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީއެކެވެ. ހައެއްކަ މަސް ދުވަހުގެ މަސައްކަތްޕުޅުން 3000 މެންބަރުން ހަމަކޮށް އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވަނީ ހުށަހަޅާފައެވެ.
"ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން މިރޭ ވިދާޅުވީ އެމްއާރްއެމް އުފައްދައިގެން ޕީޕީއެމްއެމްގެ ފިކުރަށް އަސަރެއް ކުރާނެ ކަމަށް ގަބޫލު ނުކުރާކަމަށާއި އެކަން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާ އިން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ޣައްސާން ޕީޕީއެމް ޓިކެޓްގައި ގުރައިދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވާފައި ވަނިކޮށް މައުމޫން ވަނީ އެމްްއާރްއެމްގެ ބޭފުޅަކު އެދާއިރާގެ އިންތިޚާބަށް ނެރުއްވާފައެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ޣައްސާން އެވެ.
ޣައްސާން މިރޭ ވަނީ ވައުދު ފުއްދަން ސަރުކާރަށް ވަގުތު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
މި ސަރުކާރުގެ ތަރައްގީގެ ދުވެއްޔާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވެލީގެ ތަފާތު ކަމަށް ވިދާޅުވެ ޣައްސާން ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ތަރައްގީގެ ސްޕީޑަކީ އާދަޔާ ހިލާފު ސްޕީޑެއް ކަމަށެވެ.
"ސަރުކާރެއްގެ މިންގަނޑު މިނަން ޖެހޭނީ ފަސް އަހަރު ދައުރު ފުރިހަމަ ކުރައްވާއިރު ކުރެވިފައި ހުރި ކަންތައްތަކަށް ބަލާފައި" ޣައްސާން ވިދާޅުވިއެވެ.
މި ސަރުކާރު މިހާރު ހިންގަމުންދަނީ ވަރަށް ބޮޑެތި ބާރުތަކާއެކު ކަމަށާއި އެހެންކަމުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދަންޖެހޭނެ ކަމަށާއި އެކަންކަން ނުފުއްދަވައި ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީ.ޕީ.އެމްއަށް އަސަރެއް ނުކުރާނެކަން މިހާރުވެސް އެބަ ފެނޭ ! ދާނީ ފަނުފުލުން ! ވައްކަން ކޮށްގެން ކުރާ އެއްވެސް ކަމެއްގެ އާޚިރު ނަތީޖާ ރަގަޅުނުވާނެކަން މިހާރު ކަލެއަށްވެސް އެގޭނެ !
އަލްޖިބްރާގެ ކޮމެންޓަށް ބުނެލަންޖެހެނީ ވައްކަންކޮށްގެން މިދުނިޔެމަތިން އުފާވެރިކަމާއި ފައިދާ އެބަލިބެޔޭ، އެފައިދާތަކުގެ ބޭނުންކޮށްގެން ދިރިއުޅެމުންދަނީ ކިތައްމީހުންނާއި ކިތައް ޖަމާއައްތަކާއި ކިތައް ސިޔާސީ ޕާޓީތަކުގެ މެމްބަރުންތޯ؟؟ޕީޕީ.އެމް އަށް އަސަރުކޮށްފައިވަނީ އެމީހުންކުރި ވައްކަމަކުންނޫން، މިގައުމު ނޮޅާލައިގެން ކާން ދަހިވެތިވެފައިވާ ބަޔަކު ވައްކަމާއި ކޮރަޕްޝަނުން ގައުމު ފޭރިގަތީއެވެ. މިއަދު ކަލޭމެން ތި ދެކޭ އުފަލުގެ ހަގީގަތަކީ ހިތި ހިތާމައޭ، އަޚުރަވީ ދުނިޔޭގައި ތިމީހުންގެ ޖާގައަކީ ޖަހައްނަމް، ހުރި ހިތާމައެއްގެ !!!
އެއްގޮތަކަށް ވެސް ނޭނގުނު ރައީސް މައުމޫނު މިސޮރު ތަރުބިއްޔަތު ކުރި ގޮތެއް ، ބަލަނގަ ސައްދާމް ހުސައިންގެ ދަރީންތަކާއި ، ގައްޒާފީގެ ދަރީންތަށް ތިބީވެސް ފިސާރި ކެރިގެން ބައްޕާފުޅުންގެ ފަހަތުގައި ، މި ސޮރު މިއީ ފިރިތިބީން ނަށް ހުރި ހުތުރެއް ،ރ މައުމޫނު ލޯބޯ ކޮށިވެ މުސްކުޅި ފުޅުވި ދުވަހު މި ފިމާ ވީ ތަރުބިއްޔަތުގެ މައްސަލަ ، އަހރުމެން މިސޮރު ދެކެ އެބަ ލަދުގަނޭ ،،،،
ބައްޕަ ޖެހޭތަ މުސްކުޅިވީމަ ވެސް ސިޔާސީ ކަން ކަމައް އަނގަ ލަން..ބައްޕަ އުޅޭގޮތުން ލަދުގަނޭ