ފުލުހުން ބަލައި ފާސްކުރި ގެޔަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މޮބައިލް ފޯނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މި ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާ ގުޅިގެން 2019 ޖުލައި 17 ވަނަ ދުވަހު ފުލުހުން ބަލައިފާސްކުރި ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފޯނު ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މި ދެފޯނު ގެއްލިގެން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މި ފޯނުތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފޯނުތަކާ ހަވާލުވެލެއްވުމަށް އެ އިދާރާއިން އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ތިވާނީ އަލްޤައިދާ އެއްޗަކަށް
މިހާރު މާވަހަރު ހޮވެން ފެށީ ތޯ!
#06#*
ތަރި ހޭޝް 06 ހޭޝް އަށް ޖެހުމުން ކޮންމެ ފޯނެއްވިޔަސް އަރާނެ ދިގު ނަމްބަރު. ދެން މިނަންބަރު ޓެލެކޮމް އޮތޯރިޓީއަށް ގެންދިޔައިމާ އެމީހުން ބުނެލަދޭނެ އެފޯނު އޮން ކޮއްލައިފިނަމަ (އެ ފޯނު އޮތް ހިސާބު އިނގޭނެ.
ކީތްކުރަން ހުށައަޅަންވީ؟ 2014 ވަނަ އަހަރު އަހަރެންވެސް ހުށައެޅިން ފޯން ގެއްލިގެން އަދިއަދައްދާދެންވެސް ހަބަރެއްނުވޭ...... އަހަރެންގެ ރައްޓެއްސަކަށް ބަޔަކު ގުޅައިގެން ލައިވްޓީވީ އިވެއްޓެކޭ ކިޔަެގެން 11000.00 ރުފިޔާ ބަޔަކު ކާލި އަނެއްކާމީހެއްގެ އެކައުންޓައް ލާރިޖަމާކުރީވެސް އެކަމަކު އަދި އަދައްދާދެންވެސް މިކަންވެސް ބެލުނީކީނޫން ދެން ކީކޭތަ ބުނަންވީ މީ ނުހޯދޭނެ އެއްޗެއްތަ؟؟؟ ދިވެހި ފުލުހުން ހަމަ ކަޑައީ ....