ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ ހަފްލާއެއް ފާހަގަކޮށްފިކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު އެސްކޫލްގައި ފާހަގަކޮށްފައި ވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ "އޮނަމް ފެސްޓިވަލެވެ." މިއީ ހިންދޫން އެންމެ ކުލަގަދަކޮށް ފާހަގަކުރާ ތިން ފެސްޓިވަލްގެ ތެރެއިން އެއް ފެސްޓިވަލެވެ. މިފެސްޓިވަލް ފާހަގަ ކުރުމުގައި އެންމެ އިސްކޮށް އުޅެނީ ކެރަލާ އަށް ނިސްބަތްވާ ހިންދޫންނެވެ.
އޮނަމް ފެސްޓިވަލަކީ ހިންދޫންގެ ކަލާންގެ ތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ނިމުން ފާހަގަކުރަން އެމީހުން ފުރަތަމަ ބާއްވަން ފެށި ހަރަކާތެއް ކަމަށް ވެއެވެ. އޭގެ ފަހުން އިންޑިއާގެ ކެރެލާ ނޫން ބައެއް އެހެން ސަރަހައްދުތަކުގައި އެއީ ހަނޑޫ ކަނޑަން ފަށާ ދުވަސް ކަމަށް ބަލައިގެން އެދުވަސް ފާހަގަ ކުރެއެވެ.
ކުޅުދުއްފުށީ ސްކޫލެއްގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ފާހަގަކުރަމުންދާ ދީނީ އިހްތިފާލެއް ބޭއްވިކަމަށް ބުނެ ފަތުރަމުންދާ ޚަބަރު ކުޅުދުއްފުށީ ކައުންސިލުން ދޮގުކުރާ ކަމަށް އެރަށުގެ އޮންލައިން ނޫހެއްގައި ބުނެފައި ވެއެވެ. އެނޫހުގައި ކައުންސިލްގެ ނޫސްބަޔާނަކާއި ހަވާލާދީ ބުނެފައިވަނީ އެފަދަ ދީނާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ހިނގާފައިނުވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވަނީ ސްކޫލްގައި ކުރިއަށް ގެންދިޔައީ "ގެޓް ޓްގެދާއެކެވެ." އެމީހުން ސްކޫލް ހިފާފައިވަނީ މިދިޔަ ހުކުރުދުވަހު ހެނދުނު 8 ން ހަވީރު 4 އަށެވެ. ކެއުން ކުރިއަށްގެންދިޔައީ މެންދުރު 13:15 އިން ފެށިގެންނެވެ.
ނަމަވެސް އެހަރަކާތުގައި ބައިވެރިވި ބައެއް އިންޑިއާ ޓީޗަރުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވެސް އެއީ އޮނަމް ފެސްޓިވަލްގެ ހަރަކާތެއްކަން ދޭހަވާ ގޮތައް ލިޔެ، ފޮޓޯ އާއްމު ކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު އަމީރު އަމީން ސްކޫލްގައި ހިންދޫންގެ ދީނީ ހަރަކާތެއް ކުރިއަށްދާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެސްކޫލަށް ދިޔައެވެ. ނަމަވެސް އެތަނުގައި ދީނީ ކަމެއް ނުކުރާކަމަށް ޓީޗަރުން ބުނުމުން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެއެވެ.
ކޮބާ މައްސަލެއް.
މައްސަލަ އަކީ މިތާގަ ސްކޫލެއްގަ ދަރުހެއް، އިސްލާމީ ސެމިނާއެއްވެސް ބޭއްވުމުގެ ހުއްދަ ނުލިބިގެން އުޅޭތީ
ދީނީ އިލްމުވެރިންވެސް ނަމުގައި ދީނީ ކަމުގައި ކޮރަޕްޓް އަންބޮޑި ބޮޑުކުރަނީ
ﷲ ނޫން އެހެން ފަރާތަކަށް އަހަރެމެންގެ މި ދިވެހިރާއްޖޭގައި ފާޅުގަ އަޅުކަން ކުރެވިގެން ނުވާނެ
މީނާ ތީ 100 ޕަސެންޓް ދުއްވާލި އެކަކު ތިކަހަލަމުސްލިމުން ގިނައީ މިއަދު ކަށިނެތްދޫ ތަޅުވާލެވިދާނެ މާދަމާ ކިހިނެތްވާނެބާ؟
މައްސަލަ އަކީ މުސްލިމުންގެ ސުކޫލް ތަކުގައި ކާފަރުން އަޅުކަންކުރާތީ.. އަހަރުމެން މުސްލިމުން އުޅޭ ބިމެންގައި މުސްލިމް ކުދިން ކިޔަވާ ސުކޫލެއްގައި އެހެން ދީނެންގެ އަޅުކަމެއް ވެސް ޘަޤާފަތެއް ދިރުވާ އާލާ ކުރެވިގެން ނުވާނެއެވެ.އެޖާގަ ދެވިގެން ވެސް ނުވާނެ. ނޫންނަމަ އެމަންޒަރު ފެންނަ ކުޑަ ކުދިންގެ ހިތްތަކުގައި އިސްލާމީ ޘަޤާފަތަށް ވުރެ ބޮޑަށް އެހެން ދީންތަކުގެ ޘަޤާފަތަށް ލޯބި ޖެހޭތަން ފެންނާނީ.
ކުދިންނަށް އެންޒަރު ފެނުމުގެ ފުރުޞަތެއްނެތް. އެހެން ނޫނަސް އިސްލާމުންނޭ ކިޔައިގެން އިސްލާމްދީން ޕްރެކްޓިސްކުރަނީ ކޮންބައެއް؟؟؟؟
އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ކުރުންވެސް އިސްލާމްދީނުގައި އޮވޭ، އެމީހުން އަޅުކަން ކުރާ ތަންތަން ވެސް އަމާންތަނެއްކަމުގައި ބަލަގަނެފައި އެބަހުރި ކަން އެބަ އެނގޭ، އެހެން ވީމަ މާ ބޮޑު މައްސަލައަކަށް މިކަން ވަނީ، މިކަން ހުއްޓުވަން ގަދަކަމުން އުޅުމުން، އިންސާނުންނަށް ބުއްދި ދެއްވައިފައި ހުންނަނީ އެސަބަބާހުރެ. އަމާން ކޮށް އެޅެވޭނީވެސް އެންމެއް އެއްކޮށް އުޅެން ދަސްކޮށްގެން، އަހަރުމެން އެމީހުންގެ ޤައުމަށް ގޮސް ނަމާދުވެސް ނުކުރަންވީތަ ދެން، ޤަބޫލުކުރިޔަސް ނުކުރިޔަސް ހާޤީޤަތަކީ 100 ޕަސަންޓް އިސްލާމް ދިވެހިރާއްޖެއަށް ލިބިފައިވަނީ ނަމެއްގައި.
އަލްމާގެ ސިކުނޑީގައި ވަނީ ކުރަތްޕެއް އަވަލާފާ. މިރާއްޖޭގައި މީހަމަބޮޑުމައްސަލައެއް. އެމީހުން އެމީހުން އުޅޭ ކޮޓަރީގައި ކުރިއަސް މައްސަލައެއްނެތް. އެމީހުން އަޅުކަންކުރާ ތަންތަނެއް މިރާއްޖެއަކު ނެތް. އާންމުތަންތަނުގައި އެމީހުންގެ ދީނީ ކަންތައްތަކެއް މިރާއްޖެއަކު ނުބޭއްވޭނެ. އެއީ ގާނޫނީ ގޮތުންވެސް މަނާވާނެކަމެއް.
އަލްމާ މީއޭގެ މީހެއް ކަމަށް ފާކުރެވޭ
ހަރުކަށި ސަރުކާރު ކޮބާ
ތި ވަރު އޯކޭ
ޓީޗަރަކަށް ވާނެ ދިވެހިންވެސް ތިރަށްރަށުގައި ނެތީތޯ. ވަޒީފާނެއް އެތަށް ދިވެހިން ތިރަށްރަށުގައި ނެތީތޯ. ސަރުކާރުން އެބަޖެހޭ ތިރަށްރަށު މީހުން ތަމަރީނުކޮށް ދިވެހިންނަށް ވަޒީފާ ހޯދައިދޭން. 50 އަހަރުވެގެން ދިޔައިރުވެސް 10 ވަަރަކަޓީޗަރުން ތަމްނީނު ނުކުރެވުނީމަ ސަރުކާރުތަކުގެ ހިންގުންތެރިކަމާއި ދުރުވިސްނުން ވަރަށް ރަގަޅަށް ސާފުވޭ. ކޮންމެ ރަށަކަށްވެސް އެރަށެންގެ މީހުންތަމްރީނުކުރެވިދާނެ.
އެބައެއް އިޅޭ އިމުގައި އެބައެއްގެ ދީން ޕްރެއްޓިސްކުރުމަކީ އިސްލާމްދީން މަނާކޮށްފައިއޮތްކަމެއްނޫން. އެކަމަކު ފާޅުވެގެން ސިރުކެއްނުކުރެވޭނެ ތައުހީދުގެބިމުގައި. ހީވާގޮތުގައި މިބައިމީހުން މިކަންކުރަނީ އެމީހުއްއުޅޭ ހަތަރުފާރުތެރޭ.
އަޅެ ހާދަހާ ދެރައެެެޭ ޝަަމްސިިިިިީރާ މެން ވެއްޖެއެއްނުމިކަހަލަ ކަންތަށް ގަާތުންބަލާފިޔަވަޅު އަޅަން.އިބްރަާހިމްތަށް ވެސް ހައްގުފާޅުކުރަންވާނެއްނު.ތީތި ކަޑައޭ އެހެންމިީހުންނަށް ފުރަށްސާރަ ކުރާއިރު ތިމާމެންގެ ރަށުގައި ހިގާ މިކަހަލަ ލާދީނީ ކަންތައް ހުއްޓުވަން ވާނެ .ކޮބާ ތިރަށުގެ ވަތަނީ މީހުން .އިބްރާހިމް އުމަރުގެދުރުސުލްއަހްލަަަާގު މަރުވީތަ/
ފު ރަތަމަ ގެޓްޓުގެދަ ރ. ދެން ދީނީ އެއްވުން. އިންޑިއާގެ އަތްދަށުން މިގައުމު ސަލާމަތް ވާނީ ކޮންދުވަހަކުންބާ.
އޯނަމް އެއީ ތިޔަބުނާދީން މީހުން ފާހަގަ ކުރާ އެއްޗެއްނޫން
ބުދުތަކާއި އެކަމަށް ބޭނުންކުރާ ސާމާނާ ނުލާ އެވެރިން އަދި މާކޮޅެއް އަޅާލާ އެވެރިންގެ ދީނީ ކަމެއް ކުރުމުން މައްސަލައެއް ނޫންކަމަށް ދެކިގެން ތިބުމަކީ ނަޒަރު އަންދާސް ކުރުމެވެ. މީ މިބާވަތުގެ ކަންކަން ފެށުމުގެ ފުރަތަމަ އަލާމާތެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ޕްރެކްޓިސް ނުކުރެވޭނެއެވެ. ރައްޔިތުންނޭވެ ވިސްނާށެވެ.
ތެޅިތެޅި ތިބެންޖެހޭނީ އިންޑިޔާ އަކާ ދެނެއް ނުކުޅެވޭނެ.
މައްސަލަ ފެންނާނީ އާޙިރަތަށް ދިޔާމަ.. އެދުވަހުން ސުވާލެ ނުކުރެވޭ މައްސަލަ ކޮބައިތޯ މައްސަލަ އަމިއްލަޔަށް ހުންނާނެ އާއްސަގާތުގަ..
ރާއްޖޭގައި މީގެ ކުރިން ނުކުރާކަންކަން ކުރަނީ މިރާއްޖޭގައި ތިބި އިންޑީޔާގެ އިސްރޯގެ އެޖެންޓްގެ ރޭވުމުގެ މަތީން ކުޅުދުއްފުށީގައިވެސް އިސްރޯގެ އެޖެންޓުން ތިބޭ ޓީޗަރުންނަށް އެންބަސީން ފަންޑު ކުރަނީ އެޖެންޓްގެ ގޮތުަގައި ޓީޗަރުން ޑޮކްޓަރުން ނަރުހުން ފާމަސިސްޓުންވެސް އުޅޭ މިއީ ހަގީގަތް ބަލާ ހޯދާ މީހުންނަށް އިގޭނީ މިއީ ވަރަށް ވާހަކަ
އިންޑިޔާގެ ކަމެއް މި ސިޓީގަ ކުރުމުން މައްސަލަޔަކީ ކޮބާ! މިއީވެސް އިންޑިޔާގެ ގާނޫނު ހިގާ ސަރަހައްދެއް، ހޮންކިންގް އިންނަ އުސޫލުން ކުޑަކޮށް މިނިވަން ވެގެން ތިއްބަސް މިއީ އިންޑިޔާގެ ބައެއް!
ފުލުހުން އެ ސުކޫލައް ދިޔައީ ހުސްއަރިބައި އަންހެނެއް ހުރިތޯ ބަލަން. އެކުދިން ހުސްއަރިބައި އަންހެނެއް ނެތޭބުނީމަ ފުލުހުން އަނބުރާލާފަ ދިޔައީ.
ތިއޮތީ މަލެއް އަޅާފަ އެވެ. ހީވާގޮތުން އެއީ ސަގާފީ ކަމެކެވެ. ތިއީ އަދި އެވަރުގެ ކަމެއް ނޫނެވެ. ތިވަރުގެ ކަންކަމާ ހިފަންޏާ، އަހަރުމެން އެހެން ޤައުމު ތަކަށް ގޮސް ނަމާދު ކުރިޔަސް އެމީހުން ވެސް މައްސަލަ ޖައްސާނެ އެވެ.
މައްސަލަ ޖެއްސޭކަށް ނޯންނާނެ. މިސްކިތެއްނެތް ގައުމެއް މިހާރު ވަރަށް މަދުވާނެ. މިރާއްޖެއަކުނެތް ފައްޅިތަކާ ބުދުޚާނާ ތަކެއް. ތިކަހަކަ މީހުންނަކީ ތީ މުނާފިގުން .
މީ ސަތޭކަ ޕަސެންޓްވމުސްލިމްވގައުމެކޭމ
ގައުމިއްޔަތު އާލާކުރަނީ
ޢިންޑިއާ އަށް ގައުމު ވިއްކައިގެންވެސް ޒަކަރިއްޔާ މަންސޒުރުމެން އަދިވެސް ބަލަނީ ވަޒީފާގެ މަގާމު ދިފާއުކުރެވޭތޯ ކީއްކުރާނީ
އަޑުއިވޭގޮތުން ތިމީހުން ތިތަން ކުއްޔަށްނެގީ ކެއުމަކަށޭކިޔާފަ
* ސްކޫލް ވެސް އެމީހުންގެ ހާއްޔަކަށް ހަދާން ފެށީތަ!
* ދީނީ ހަރުކަށި މީހުންތަ އެއީވެސް !
* އެއީދޯ ބޭނުންވެގެން ތިއުޅޭގޮތަކީ!
* އަބަދުވެސް ޅަދަރިންގެ ފިކުރާކުުުުުުޅުން ކަމަކީ!
* ދެން ކޮންްމެ އަހަރަކު ތިދުވަސް ފާހަގަ ކުރަން ގެރިވެސް ގެންނާނެ!
* މިތިބިި، އިލްމުވެރިންވެސް އެތިބީ، އަނގަ ބަންދުުުުުކޮއްފަ!
* ކުޑަކުއްޖެއްގެ އުފަންދުވަސް ފާހަގަ ކޮއްފީޔާ
އަނގަ ލަފާނުލާ ތަޅުވާނެ!
* މިކަން މަނާކުރަން ނުކެރުނެންނު އަދި އެވެސް އެމީހުންގެ ކަލާންގެ ދުވަހެއް ފާހަގަ ކުރީމަވެސް!
* މީދޯއެބުނާދީނީ ހަރުކަށި މީހުން ސާރިއަޅާފަ! މިހެން ހެދުން ނާޅާތީ ދޯ އަންނި ސްކޫލް ކުދިންކުރިމަތީ ބުރުގާއޭ ހެދު މޭ މިކިޔަނީ!
މި މައްސަލަ ކަމާބެހޭފަރާތުން ބަލަން ޖެހޭނެ،ދީނީ ދަރުހެއްވެސް ނުދެވޭ މިނިސްޓުރީއާއި ކައުނސިލު ގެ ހުއްދައެއް ނެތ.މިއީ ސީރިޔަސް މައްސަލައެއް،ބޭކާރު ވާހަކަދައްކާނެ ކަމެއްނެތް.މި މައްސަލަ ހަމަ މިހާރު ބަލާށޭ ސަރުކާރަށް ހަރުއަޑުން މިގޮވަނީ
އަހަރަމެންނަށް ނަމާދު ނުކުރެވޭ ގައުމަކަށް އަހަރެމެން ނުދާނެ. ނަމަވެސް މިތަނަށް އަންނަ ޓީޗަރުންނާއި ނަރުހުން މިރާއްޖެ އަންނަނީ އެމީހުންގެ ދީނަށް ނޫޅެވޭނެހެން. އެމީހުން އަންނާތީވެސް ޝުކުރު ކޮށްބަލަ. އެމީހުންގެދީނަށް އެމީހުންނަަށް އުޅެވެންވާނެ. ޑަބަލް ސްޓޭންޑަޑްސް އޮވެގެން ނުވާނެ. އަހަރެމެންވެސް އެމީހުންވެސް މިއީ އިންސާނުން
ބަޔަކު ސިރިއްޔާތުގަ ދީނީހަފުލާއެއް ބާއްވައިގެން ބޮޑުކަމަކައް ވެގެން އުޅޭތި ހައިރާންވެއްޖެ! އެކަލާންގެ ހަރާމް ކުރެއްވި ބަނގުރަލާ އޫރުމަސްވިކަ ފަޅުރައްތައް ކުއްޔަދީގެން ލީބޭ ކުލިންނާ އަދި އެތަކެތި ވިކައިގެން ނަގާޓެކުސް ފައިސާއިން ދިރިއުޅުމުގެ ބޭނުތައް ފުއްދާއިރު ކަރުވަކެކޭވެސް ހިތައްނާރާ!! ތިކަން ބޮަޑުކަމަ ކައް ވަނީ އިސްލާމްދީނުގެ ކޮންއުސޫލަކުންތޯ؟؟؟ މުންކަރާތްތައް ނަހީކުރާށޭ ކިއާއަޑުއަހަން އެހެންވެ ކަންބޮޑުވާނަމަ ކީއްވެތޯ ބަނގުރަލާ އޫރުމަސްވިކައިން ރިޒުގުހޯދަން ކަންބޮނުވަނީ؟ އަޅުގަނޑު ހިތަންއަރާ އެކަލާންގެ ހެއްދެވި ކޮންމެ މަހުލޫގައް ރިޒުގުދެއްވާނެކަން ކަނޑައެގެން އަންގަވާފަވާއިރު، އެކަލާންގެ (ވަހީބަސްފުޅައް ފުރިހަމަޔައް އިތުބާރު ކުރާނަމަ) މިފަދަ ހާރާމް އެއެއްޗެތި ވިއްކައިގެން ދިރިއުޅުމުގެ ބޭނުންތައް ފުދަން ކެރޭނެ ބާއޭ؟؟؟؟؟؟؟ މާދީންވެރިކަމައް ހެދިގެން މިތާ ކޮމެއްޓުކުރާ މީހުންގެ ތެރެއިން އެކަކުވެސް މިސުވާލުތަކައް އޮއްޓަރުރި ޖަވާބެއްދީބަލަ!!!!
ކުޅުދުއްފުށީގައި އެހެން ދީންތައް ޕްރެކްޓިސް ކުރުމަށް މަގު ނުހުޅުވާ އިންޑިޔަަާ އަކީ ބައިވަރު ދީންތަށް އޮންނަތަނެއް. އެތަނުގައިމުސްލިމުންވެސް އުޅެޭ އެކަމަކު ރަާއްޖޭގައި އިސްލާމް ދީން ފިޔަވާ އެހެން ދިިީނަކަށް ޖަަަަާގަ ދީގެންނުވަާނެ މިއީ ބޮޑު ޝިރުކެއް ގެފުރަތަމަ ފިޔަވަޅު ސްކޫލުގެ މެނޭޖްމެންޓުން އެވެރިންނަށް އޯގަާތެރި ކަމާއެކު ވިސްނަދީ ނަސޭހަތް ތެރިވޭ .ލޯތްބާއި އޯގާތެރިކަމަަާއެކު އިސްލާމިިީ ދައުވަތު ފެތުރުމަށް ލިބިފައޮތް ރަނުގެ ފުރުސަތެއް ގެ ބެޭނުން ހިފާ.
މައްސަލައެއް ނެތް
ބޮޑު ތިލަދުންމަތީ މީހުން ތިކަން ހައްލު ކުރާނެ.
މިތަނުގަ މާ ދީނީވެގެން މިއުޅޭ މީހުންގެ ހާލަތު ބަލާލާިމަ އެނގޭނީ.
ޢެއީ ސަގާފީ ކަމެއް. ޢަހަރުމެން އެހެން ގައުމުތަކުގަ އަހަރުމެން ބޭނުން ދުވަހެއް ފާހަގަކުރެވޭ. ޢެކަމަކު އެމީހުން މިރަށުގަ ސަގާފީ ދުވަހެއްވެސް ފާހަގަ ނުކުރެވޭ. ޢިންޓޮކަރެންސް ޓު ދަ މެކްސް!
މިތަނުގަ މި ކޮމެންޓުކުރާ ބައިގަނޑު އަދި ހިއެއްނުވޭ އިންޑިއާއަށް ދިޔަހެނެއް. ޏުއެނގި ދެވިނަސް ފައްޅިއެއް ފެނިއްޖިއްޔާ އަނެއްދުވަހު ފުލައިޓުން އަންނާތި
ތިހުރިހާ ޓީޗަރުން ތިރަށުން ބޭރުކުރޭ...