ދިވެހި މުޖުތަމައަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީން އިޖްތިމާއި ކަންތައްތަކާއި ކުދި ވިޔަފާރިތަކަށް ވަންނަމުންދާ ކަމަށާއި އެ މައްސަލަ ބޮޑުވެފައިވާކަމަށެވެ. އަދި އެފަދަ ބިދޭސީން ރާއްޖެ އެތެރެވަނީ، ނުވަތަ އެތެރެވުމަށްފަހު ގާނޫނާ ޚިލާފަށް އުޅެން ޖެހެނީ ކޮންބައެއްގެ އިހުމާލުންތޯ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނާ ޚިލާފަށް ބިދޭސީން ގެންގުޅެގެން ގިނަ ބަޔަކު އެކަމުން ނަފާ ހޯދަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ހަގީގަތަކީ މިދެންނެވިހެން ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގަ އުފެދިފަ އޮތް މައްސަލައެއް، ދިވެހިންގެ އެތައްބަޔަކު މީގެއިން މަންފާ ނަގާފައި، ނަގަމުންދާ ކަން." ފައްޔާޒު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، އެކަމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމަކަށް ވުމުން ބަޔަކު އެކަމުން ނަފާ ހޯދަކަން ގަބޫލުކުރަން ރައްޔިތުންނަށް ދަތިވާ ކަމަށެވެ. އެހެން ނަމަވެސް ކުރިއާ އަޅާބަލާއިރު މިހާރު އެކަންކަން ހާސްގުނަ ރަނގަޅު ވެފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"މިހާރުވެސް އަޅުގަނޑުމެންގެ މިނިސްޓްރީ އަދި އަޅުގަނޑާ ދިމާލަށްވެސް އެބަ އާދެ މިކަމުން އަޅުގަނޑުގެ އަމިއްލަ ނަފާ ނަގާ ކަމަށްވެސް އަޅުގަނޑު އެކަމަކާ އެކަން އެގޮތަށް ނާންނާނެ ކަމަށް ނުދެކެން. އެއީ މިހާ ބޮޑު މައްސަލަ އަކަށްވެފައި ޒަމާނުއްސުރެ މިކަން މިހެން ހިނގާތީ އަދިވެސް ރައްޔިތުންނަށް ގަބޫލުކުރަން ދަތި އެނޫން ގޮތަކަށް ސަރުކާރުން ނުވަތަ މިނިސްޓަރަކު ކަންކޮށްފާނެ ކަމަކަށް." ފައްޔާޒު ވިދާޅުވިއެވެ.
ތިހެންބުނާ މީހާވެސް ހުންނާނެ 150 ބަންގާޅިން މާލެ ތެރެއަށް ދޫކޮއްލާފަ
އަހަރެންނަށް އެންމެ ބޮޑު މައްސަލައަކީ ތަންފީޒީ އިދާރާތައް ނިދާފައި ތިބުން. ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުނާޅާ ތިބެ ގަވާއިދާޚިލާފުވާ ބިދޭސީން ކުށްވެރި ކޮށްގެން ގައުމަށް ވާނެ ފައިދާއެއްނެތް. މުސްކުޅިން ބުނެއުޅެއެއްނު ކެނބެއްހައި ތަން ދޫކޮށްލައިފިއްޔާ ނަރެއްހައި ތަން ދަމާގަންނާނެއޭ. ބިދޭސީންގެ މައްސަލާގައި މިގައުމަށް ޖެހިފައިމިވަނީ އެފަދަ ހާލެއް. ގަވާއިދާ ޚިލާފުވާ ބިދޭސީންނާމެދު ސަރުކާރުތަކުން އިހުމާލުވުމާ ގުޅިގެން ބިދޭސީންތަކަށް އީދުއައިސްގެން އުޅޭހެން ހީވަނީ. ނޫންތަ؟
ފައްޔާޒް! ބިދޭސީން ޤަވާއިދާއި ޚިލާފަށް އުޅޭތީ އެކްންޏެއް ނޫނޭ މައްސައަކަށް ވެގެން މިއުޅެނީ! ތަސްބީހައެއްހެން ތިކިޔަނީ ޤަވާއިދާއި ޚިލާފޭ ޤަވާޢިދާއި ޚިލާފޭ! އެމީހުން ޤަވާއިދަށް ފައްތާފަ ބޭތިއްބީމަ ތިމައްސަލަ ހައްލުވަނީތޯ! މައްސަލައަކަށް ވެގެން އެބައުޅޭ އެމީހުން ގިނަވެގެން އުޅޭތީވެސް! މިވާހަކަ ފަނޑުކޮށްލާފަ މައްސަލައަކަށް ވެގެންއުޅެނީ އެމީހުން ޤަވާއިދާއި ޙިލާފަށް އުޅޭތީކަން އާންމުންނަށް ވިސްނަދެވޭތޯ އުޅޭހެން ހީވަނީ.!
ސާބަހޭ މިނިސްޓަރ
ގަވައިދާ ހިލާފުވަނީ އެމްޑީޕީ މީހުންގެ ފިކުރަށް ކަރަޕުސަންވަންނާތީ ދެންވާނީ ބިދޭސީންގިނަ އަތަށްބަރުވީމާ ނިމުނީ ބިދޭސީންގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެންނަން ތިކުޅޭ ދުރާމާ ނިމޭއިރު ތިމީހާ މަހުޖަނުންގެ ލިސްޓަށް އަރާނެ.
ތިކަން އިނގޭއިރު ނުހުއްޓުވުގެން އުޅެނީ ކީއްވެ؟ރަށްރަށުގަ ފުލުހުންއެބަތިބޭ..ކައުންސިލަރުން އެބަތިބޭ.ގާވާއިދާ ޚިލާފަށްއުޅޭމީހުން އަތުލައިގެނެވޭނެ.ސަރުކާރުން ބޭނުންނުވަނީ.ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަން އެމީހުންގެ އަތްމަށްޗަށްގޮއްސި.
ޤަވައިދާޚިލާފަށް އުޅޭބިދޭސީން ދެބަޔަކަށް ބެހިގެންވޭ އެއިގެތެރެއިން އެއިގެތެރެއިން އެއްބަޔަކީ އަމިއްލައަށް ޤަވަޢިދާޚިލާފްވުން ކެއިންބުއިމައި މުސާރަ އާއި ހުރުމާއި އޭނާކުރަނެމަސައްކަތް ބަރާބަރަށް ބޮސް ދައްކާފައިވަނިކޮށް ބޮސްއަށް އެނގުމަކަނުލާ އަމިއްލައަށް ފިލައިގެން އުޅޭމީހުން މިފަދަ މީހުން އެހެންމީހެއްގެ ކޯޓާއަށް ބަދަލުކުރާނަމަ އޭނަގެ އަސްލުބޮހަށް އެގެންޖެހޭނެ މިފަދަ މީހުންގެސަބަބުން އެތައްދިވެހިންނެއް މިވަނީ ސަރުކާރަށް ދަރަނިވެރިވެގެންގޮއްސަ
ދެވަނަބަޔަކީ ބޮސްމުސާރައާއި ހުންނަނެތަނާއި ކަނެއެއްޗެއްއަދި ކުރާނެ މަސައްކަތެއް ނުދައްކައި ދޫކޮށްލާމީހުން މިފަދަ މީހުންވެސް ރާއްޖެއެތެރެވެފައި ހުންނަނީ ކޮންމެވެސް
ތަނެއްގެ ކޯޓާއެއްގައި އެހެންވީމަ އެއްވެސް ލިއެކިއުމެއް ލިބެންއޮތްމީހެއްނަމަ އެމީހެއްގެ މައްސަލަ ނިންމުމުގެކުރިން އެބޮންދުމީހާގެ ވެރިފަރާތަށް އެކަން އަންގަންޖެހޭނެ ބައެއްމީހުންނަކީ މިހާރުވެސް އޭނަގެނައި މީހާ އެމީހަކު ބޭނުންވާނެމީހެއް އެހެންކަމުން ހަމަކޮންމެމީހަކީ އެމީހަކު ހިތްއެދޭ މީހާކައިރިއަށް ދާން ފުރުސަތުލިބޭމީހެއްކަމަށްވެގެންނުވާނެ