ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރި ކަމަށް ވުރެ މުހިއްމު ކަމެއް ސަރުކާރަށް ނޯންނާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ކެމިކަލް ގުދަނެއްގައި ރޯވެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު މަހުލޫފް މިރޭ ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރި ކަމަށް ވުރެ މުހިއްމު އެހެން ކަމެއް ނޯންނާނެ ކަމަށާއި ކެމިކަލް ގުދަންތައް ބަދަލު ކުރާނެ ކަމަށެވެ.
"ބައެއް މީހުން އެބަ ބުނޭ ވިޔަފާރިވެރިންގެ ނުފޫޒުން ކެމިކަލް ރައްކާކުރާ ގުދަންތައް ބަދަލެއް ނުކުރެވޭނެއޭ. މި ސަރުކާރަށް ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރިކަމަށް ވުރެ މުހިއްމު އެހެން ކަމެއް ނޯންނާނެ. ވަގުތުކޮޅެއް ނަގާނެ، އިރާދަކުރެއްވިއްޔާ ހައްލެއް ހޯދޭނެ." މަހްލޫފް ވިދާޅުވިއެވެ.
ސަރުކާރަށް ދިހަ މަސް ދުވަސް ވެގެން ދިޔައިރު ވެސް ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔުންތަކުން ދިފާޢު ވުމުގެ ގޮތުން ސަރުކާރުން މިއަދު ވިދާޅުވީ ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އައީ ކުރިން ވެސް ކުރަމުން ކަމަށާއި ރޭ ހިނގި ހާދިސާއާއި ގުޅިގެން އެމަސައްކަތް އިތުރަށް ހަލުވި ކޮށްފައިވާ ކަމަށެވެ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ އިމާރާތެއް އަނދާހުލިވެ، އެކަކު ނިޔާވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
މިސަރުކާރަށް އެއްމެ މުހިއްމީ ބަށްތިރީސް ބިލިޔަންރުފިޔާގެ ބަޖެޓު ތަޅާރާކޭސް އަރުވާލައިފިން ރައްޔިތުން ހޭރި ހޭރި ތިބޭ... މަހުލޫފު
މަހުލޫފު އުނގުރިއޭ ނުކިޔާ، ސަލާމަތްތެރިކަން ލިބިއްޖެ، އިތުރައް ދޭނެކަމެއް ނެތް، ވަގުތީ ހިޔާގެ ތިބި މީހުންވެސް ދާދި އަވަހަށް މަގުމަތި ވެގެންދާތަން ދުނިޔޭގެ ތިބި ބަޔަކަށް ފެނިގެން ދާނެ، ރައީސުމީހާ އެމީހުންނާ ހަތަރުކަޅިވެސް ހަމަ ނުކޮށް މިއަދު ފުރައިފި، މިވަރުގެ ބައެއްމީ،
އެހެން ދޮއްތޯ
ބޭކާރު ވާހަކަ 30000 ޑޮލަރު
ހުރިހާކަމެއްކުރީ އާންމުރަށްޔިތުން ތަންނިވުނީ އަނދާހުލިވިފަހުން އިމާރާތްތަކުން ނެރުނުމުދަލެއްވީޔަ ނެރުނީ އާންމު ރަށްޔިތުން ސަރުކާރުން މަންޒަރު ބެލީ ލައިވްކޮއްބެލީ
ގެއްލުން ލިބުނު ކޮންމެ ރައްޔިތަކައްލާރި ކޮޅެއް ދިނުން މާމުހިންމު ފޮނި ނުކަޑާ،،ވަރައްލާރި އޮތްމިނިސްޓުރީ އެއްކަން އިގޭތިއީ
ރައްޔިތުން ހޭރިހޭރި ތިއްބާ 33.5 ބިލިޔަން ދިރުވާލައިފި.