މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ އަބަދަށް ފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ސީރިއަސް އެންޑް އޮގަނައިޒްގެ ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގު އެއްވެސް ދިމާލަކުން ހަނިކުރުމުގެ ވިސްނުން ނުގެންގުޅޭތީ ހުރިހާ ގޮތަކުން ތަހުގީގު ވީހާވެސް ފުޅާކުރާނެ ކަމަށެވެ.
އަދި މި ހާދިސާއަކީ މިފަހުން ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ގިނަ އަދަދެއްްގެ އާންމު ރައްޔިތުންނަށާއި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަލިފާނުގެ ހާދިސާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ، މި ހާދިސާ ތަހުގީގު ކުރަން ބޭރުގެ އެހީ ހޯދަން ޕޮލިސީ ލެވެލްގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
''މިއީ ފާއިތުވެ ދިޔަ ތަނުގައި ހިނގި އެންމެ ގެއްލުން ބޮޑު އެންމެ ނުރައްކާތެރި ހާދިސާ. އެހެންވީމަ މިވަރުގެ ތަހުގީގެއް ކުރިއަށްދާއިރުގައި އެކަމަށް (ބޭރުގެ އެހީ ހޯދަން) މިހާރުވެސް މަޝްވަރާތައް ކުރެވެމުން އެބަދޭ"، ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް މިހާރުވެސް އެކަމުގެ މައުލޫމާތާއި ވީޑިއޯއާއި ފޮޓޯއާއި ސީސީޓީވީ ފްޓޭޖުތައްވެސް ބަލަމުން އަންނަ ކަމަށެވެ.
"އަދި މިހާތަނަށް ތަހުގީގަށް ސާބިތުވެފައެއް ނެތް ބަޔަކު ގަސްދުގައި ރޯކޮށްލީތޯ، ނުވަތަ އަމިއްލައަށް ރޯވީކަމެއް، ޓެރަރިޒަމްގެ އަމަލެއް ކަމެއް. އެވަރުގެ ހެއްކެއް އަދި މިހާތަނަށް ހޯދިފައެއް ނެތް،'' ޝިފާއު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންނާއި ކަމާއި ގުޅުން ހުރި ފަރާތްތަކުން ދަނީ ބަލަމުންނެެވެ.
އެ ހާދިސާގައި ހަތަރު ގުދަނާއި ހަތް އިމާރާތް އަދި 21 ސައިކަލާއި އެއް ޕިކަޕު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.
ބޭރު ޓީމެއް ނަމަ ތަހުގީގު ނިމޭނެ ގޮތް ވެސް އެނގިއްޖެ. އެމީހުން 2 ވަނަ ގޮތަކަށް ނުބުނާނެ. މިހާރު ސީސީޓީވީ ފުޓޭޖް އެއް ތައްޔާރު ކުރަނީ ކަންނޭނގެ.
އަންނި ވެރިކަމުން އިސްތިއުފާ ދިން ދުވަސްވަރު ދައުލަތުގެ އެކި އިމާރާތްތަކުގަ އަލިފާން ރޯކުރި ކުދިންގެ ފްރޭމްވޯރކެއް ނޫންބާ. އެފާސް ކުރަން އުޅޭ ގާނޫނަށް އިތުބާރު ހޯދާ ޓެރެރިސްޓުންނޭ ކިޔާފަ މިނިވަން ފިކުރަށް ނޫނެކޭ ބުނާ ކުދިން ދުއްވާލަން. މުއުމިން ދުއްވާލައިގެން ވިއްޔާ މި ބިމުގަ އެމީހުން އެއްޖިންސުގެ ކަންކަމާ އެހެން ދީންތައް ގެންނަން ފަސޭހަ ވާނީ. އިމްރާނުމެން ދީން ވިއްކާލާއިފި..
ތިއީ ރަނގަޅު ނިން.މުމެއްކަމަށް ނެލެވޭ
ބޭރުބަޔަކަށް ތަހުގީގުކުރަން ދީފިނަމަ ނިރުބަވެރިހަމަލާއަކަށްވުން ވަރަށް ގާތް !
ހާއްސަކޮށް އިންޑިއާ ، ވަރަށް ވާހަކަ މިއީ.
ކޮންމެވެސް އިންޑިޔާގެ އެހީއަށް ނޭދޭތި...އެތަނުގެ ފޮޓޯއެއް ނަގަންވެސް ހާހެއްހައި މިލިޓަރީ މީހުން އައިސްފާނެ މިތަނުގަ ކޭންޕުޖަހަން.
ރަނގަޅު... އެމެރިކާނުންނާއި އިންޑިޔާގެ އެހީ ދޯ ހޯދަންވާަނީ...އޭރުންތާ ސޫދުބެ ނެރުނު ރިޕޯރޓްގައި ބުނާ ހައްދު ފަހަނައަޅާ ދާމީހުންގެ ބޮލަށް މީތި ކަނޑާލެވޭނީ... ނިރުބަވެރި ހަމަލައެކޭ ކައްޓަލަ އެކޭ ފަޅޮލޭ ކީމަ ދެން ސަރުކާރުން ނަގަން ޖެހޭ ޒިންމާއެއް ނޯންނާނެ އެއްނު... ޢޭރުން އަނެއްކާ އަނެއް ނަމެއް ކިޔާފަ އަނެއް ބިލެއް ބަޯކޯހަރާމް ރައީސް ބުއްޅަބޭ ޙުށައަޅާނެ... ބަލަން ތިބޭ އެންމެން..ފަހު ވަގުތު މި ބުނި ގޮތަށް މިކަން ދާނީ
ހާން ! ދެން އެ މީހުން ލައްވާ ބުނުވާ ތި ބޭނުންވާ އެއްޗެއް.
ދިވެހި ސިފައިންނާ ފުލުހުންނަށް އެކައްޗެއްވެސް އެންގޭކަ މަކަށް ނުވާނެ. މާރިޔާ އޮތީ ކުރިން އެހެން ބުނެފަ. އަންނި ފުލުހުންނޭ ކިޔައިގެންވެސް އެ ކިޔަނީ ކިޔާނެ އެއްޗެއް.
ޓެރަރިސްޓް ޑުރާ މާ ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް ! އެން މެ ބިރުގަންނަނީ އިސްލާ މް ދީންދެކެ. އަވަހަށް ގާނޫނު ހަދާލެވުނީ މަ ދޯ އަސްލު އެޖެންޑާ ފެއްޓޭނީ.
މިފަހަރު ނުގެންނާތި ސައުދީއިން. މިސްރުން ގެންނާތި. މިހާރު ޑޮކްޓަރުންވެސް ގިނަ ހޮސްޕިޓަލްތަކުން މިސްރު ޑަކްޓަރުން ތިބޭ ފަސޭހަ ވާނެ ބަލާލަން: އިންޑިޔާއިން ނުގެންނާތި. އެމީހުންގެ އެކްސް އެކެސްޕާޓުން ތިބޭނީ އެންބަސީގައި. ހަމަ ހަވާލުކުރާއިރަަށް ނިރުބަވެރި ހަމަލާއެކޭ. ހަމަލާގެ އަސްލު އަމާޒަކީ ސޯސަންމަގުގައި ހުރި އިންޑިއަން އެންބަސީގެ ވާޗުއަލް ބޮޑު ބިލްޑިންގ ގޭ. އަދި އެމަގުގެ ކޮޅުގައި ވެސް އެންބަސީ މީހުންތިބީމަ އެމީހުންނަށް ހޫނުކުރަން ކުރިކަމެކޭ. ޗައިނާ މީހުންގެ ފިޔަވަޅު ވެސް ހުއްޓޭ އެމަގަށް މަޖީީދީމަގުން ވަންނަން އަންނައިރުގައި. ޗައިނާ މީހުންނާ ދީނީ ހަރުކަށި މީހުންނާ ގުޅިގެން ދިން ގެއްލުމެކޭ
ކީއްކުރަން ބޭރުގެ އެހީ ހޯދަނީ އެމީހުން ނަކީ އެމީހުން އެމީހުންނަކީ މިދިވެހިން ނަށް ވުރެ މޮޅު ބަޔަކީތަ؟ ޕޮލިހުގައި ތިބޭނެ މިހާރު ތިކަހަލަ ތަހުޤީގްތައް ކުރެވޭ ފެންވަރުގެ މީހުން އަދި އެމް އެން ޑީ އެފްގައިވެސް ތިބޭނެ ޤާބިލް ބޭފުޅުން
ބޭރުން މީހުންގެންނަ ވާހަކަ އެބުނީ މިރާއްޖޭގައި ތިޔަކަހަލަކަންތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓްގެ އެންމެ މަތީވެރިޔާ. އެފެންވަރުގެ މީހުން ޕޮލިހުގައި ތިބިނަމަ އެކަމެއް ނުކުރާނެ. އެފަދަމީހުން ތިބިކަން ދޮށީކޮއި އަލީގެ މުހައްމަދަށް ނޭގެނެކަމީ ކަށަވަރު ޔަގީން ކަމެއް. ދޮގުހަދާގެން ކޮމެންޓްލިޔުނީމާ ހީކުރަނީ ތިމާމީ މާމޮޅު މީހެއްކަމަށްތަ؟ ތިޔަކަހަލަ މީހުނަށް އަހަރެމެން ކިޔަނީ ސުންކަޑަ. ތިޔައީ ދޮށީކޮއި އަލީގެ ސުންކަޑަ.
އެތަންތަން ހަދާފަ، 800 މިލިއަން ޑޮލަރު ދިވެހިންގެ ރިޒާވްގަ ހުންނަގޮތަށް އިގްތިސާދު ބައްޓަން ކުރަން އެނގުން މީހެއްގެ މޮޅު ކަމާއެވެ. ތިއިން އެއްކަމެއް ނުކޮށް، 6 މަހުން 32 ބިލިއަން ތަޅާ ބުރުވާލާ، އިންޑިޔާއިން ކަރަންސީ ސްވޮޕްއަށް 500 މިލިއަން ޑޮލަރު ނަގާ އެދައްކަން 900 މިލިއަން ޚަރަދު ކުރާ އަދި، ރިޒާވްގައި ހުރި ފައިސާ 300 އަށް މަދުކޮށްލި ބައެއްގެ ޖާހިލުކަމާ ގައުމަށް ހުރި ގައްދާރު ކަމާއެވެ.
މިޤައުމުގަތިބި ދިވެހި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލަން މަސައްކަތްކުރާ މީހުންނަށް ނާކާމިޔާބު މިންވަރުކުރައްވާށީ. އާމީން
ދިވެހި ސިފައިންނާ ފުލުހުންގެ ޤާބިލްކަން ހުންނާނެ. ބޭރުގެ ފަރަންޖީން އެއްވެސް ކަމަކު ރާއްޖެ ގެންނާކަށް ނުޖެހޭނެ. ނުވަންޏާ އިސްތިއުފާދީފަ ދުރައް ފެއްސޭ.