ގިރިފުށީ ޓްރޭނިންގް ސެންޓަރުގައި ތަމްރީނު ހަދަމުންދަނިކޮށް ނިޔާވި ސިފައިންގެ މީހާގެ ޖަނާޒާ ޢިޝާ ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިސްވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ގިރިފުށި ޓްރޭނިންގް ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ނިޔާވީ ސިފައިންގެ ސްޓާފްސާޖެންޓް، އަލީ ރިޔާޒް ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މައްޔިތާގެ މޫނު ދެއްކުން އޮންނާނީ މިއަދު މެންދުރު 15:30 އިން ފެށިގެން އާސަހަރާގައި ކަމަށެވެ. އަދި ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.
އަލީ ރިޔާޒް ނިޔާވީ "ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން" ވެއްޓުމާއި ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، ޢާއިލާޔަށް ކެތްތެރިކަމާއި ދުޅަހެޔޮކަން މިންވަރު ކުރައްވާށި. އާމީން
މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، ޢާއިލާޔަށް ކެތްތެރިކަމާއި ދުޅަހެޔޮކަން މިންވަރު ކުރައްވާށި. އާމީން