އިސްލާމް ދީނަށް ލޯބިކުރާ މީހަކު ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް ތާއިދު ނުކުރާނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝޭހް ޒައިދު ވިދާޅުވީ އިސްލާމް ދީނަށް ކުޑަކޮށްވެސް ލޯބިކުރާ މީހަކު އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ވާހަކަ ނުދައްކާނެ ކަމަށާއި އެމްޑީއެން އިން އިސްލާމް ދީނަށާއި ރާއްޖޭގެ ގާނޫނަށް ގޮން ޖަހާފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން މުޅި ރާއްޖެ ފިތުނަ ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި އެ ފިތުނަވެރި ލާދީނީ ޖަމިއްޔާ ދިފާއު ކުރާނީ ދެފުށް ދެގޮތް މީހުން ކަމާމެދު ޝައްކެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝެއިހް ޒައިދު މިމޭރުމުން ވާހަކަދައްވާފައި ވަނީ މިއަދު ކުރިއަދާ ރައްޔިތތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީއެން ކުއްވެރި ކުރުމުން އެމްޑީއެން އިން ނެރުނު ރިޕޯޓުގެ އަސްލު ގެއްގލޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެން ރިޕޯޓުގައި އެކަންކަމަށް ވުރެ މުހިންމީ ބައެއް އިލްމުވެރިންނަކީ އިސްލާމް ދީނުގެ ހަރުކަށި ވިސްނުން ގެންގުޅެމުން ދާ ފަރާތްތަކޭ ބުނެ ދައްކާފައިވާ ވާހަކަތައް ތަހުގީގުކުރުން ކަމަށެވެ.

އަދި އެމްޑީއެންގެ ރިޕޯޓު ކުއްވެރި ކުރުމަށް މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު ކަމަށާއި އެއީ އެފަރާތްތަކ ދިމާލަށް އިނގިލި ދިއްކޮށް ހަރުކަށި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކޭ ބުނެފައިވާކަމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުއްތަސިމް

    ﷲ އަކްބަރު ﷲ އަށް ޝުކުރު ކުރަން .. ﷲ އާއި ﷲ ގެ ނަބިއްޔާއަށް ނަސްރުލިބޭނެ

    25
  2. ޢަޅިހހ

    ބޮޑު ހަތިޔާރު އުކުޅައް ޖަހާގެން މިއުޅެނީ އޭ ދީން

    4
    4
  3. Juhaa

    ތިޔަކަން އެނގިއެނގި ތިބެއެއްނު އެމީހުން ވެރިކަމަށް ނުގެނެވިގެން ތިޔަ ޝައިޚުންތައް ތެޅިފޮޅުނީ؟ ކަލޭމެންނަށް ބޮޑަށް ރަނގަޅުވީ އިސްލާމް ދީނާ ދެކޮޅު މީހުންނަށް ވާގިވެރިވެ އެމީހުން ދިފާޢުކުރާ މީހުން. ޡމިހާރު ދެން ކޮން އެއްޗެއް ކިޔާކަށް.

    16
    2
  4. ސަމީ

    އިސްލާމްދީނަށް ލޯބި ކުރާމީހަކު ތިޔަބުނާ ރިޕޯޓަކަށްވެސް އަދި ތިޔަ ރިޕޯޓަށް ތާއީދުކުރާ މީހަކަށްވެސް ތާއީދެއް ނުކުރާނެ އަދި ލޯތްބެއްވެސް ނުކުރާނެ

    21
    1
  5. ދާލު

    ބަލަގަ ޝައިޚޫ! އެމްޑީއެން އަކީ އެމްޑީޕީގެ ދަރި! ޝޭޚޫ ތިހުންނެވީ ކީއްވެފަތޯ؟

  6. ދދދދދދ

    ބަލަ މިހިރަ ކަލޭގެއާ. އެމްޑީއެންއަކީ އެމްޑީޕީ. އެމްޑީޕީ އަކީ އެމްޑީއެން. އެހެންވީއިރު ކަލެއާމެދު ނެރެންވީ ކޮން ހުކުމެއްތަ؟ އެމްޑީޕީއަކަށް މަރުދަން ޖެހޭ ދޭއްޗެއްނު ތީ. ހިތަށް އަރާ ހަމަ .......

  7. ހަސަންކޮއި

    އޑޕއުފެއްދީކީއްކުރަންކަންމިގައުމުގަ
    ތިބިއިލްމުވެރިންނަށްނޭގުނީތޯ؟

  8. ހަހާ

    ބަޔަކު ދީނާގުޅޭ ގޯސްކަމެއްކުރީމަ އާންމުން އެ ކަމެއް ކުށްވެރިކޮށް އަޑުއުފުލާއިރު ބެލުމެއްނެތި އެއްޗެހިކިޔާނެކަން ކަށަވަރެވެ. އެކަމަކު ދީނީ އިލްމުވެރިންގެ ޢަމަލު ހުންނަންވާނެގޮތް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުނގަންނަވައިދެއްވީ اللهم اهد قومي فانهم لايعلمون މިހެންނެވެ.