އީރާނުގެ ބޯޓަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރު ކުރި މީހުންގެ މައުލޫމާތު އާންމު ކޮށްފި އެވެ.
"އަލްޝަބާން" ނަމަކަށް ކިޔާ މި ބޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ ދިވެހިންގެ އިތުރުން ބޭރު މީހުންނެވެ.
މި ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް 13 މީޙަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ހައްޔަރުކޮށްފައިވަނީ ހުސް ފިރިހެނުންނެވެ.
ފުލުހުން މިއަދު އާއްމުކޮށްފައިވާ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންނަކީ:
- ޢަލީ އަންވަރު މުޙައްމަދު / ކޯޒީކޯނަރ، ސ. ހިތަދޫ (35އ)
- ޢަޙްމަދު ޝަކީބު / މާތިލަ، ކ. ދިއްފުށި (42އ)
- މުޙައްމަދު ރިޝްފާން / ތުނޑި، މިލާނޯ، ލ. ގަން (23އ)
- އާދަމް މިޝްބާޙް / އިރުމަތީގެ، ކ. ދިއްފުށި (39އ)
- މުޙައްމަދު އިނާޝް / ތުނޑި، އިޓްޖެހިގެ، ލ. ގަން (22އ)
- ޢަލީ އަހްމަދު / ބަނގްލަދޭޝް (24އ)
މީގެ އިތުރުން މަސްތުވާތަކެތި ހިފައިގެން އައި އީރާނު ބޯޓުން ހައްޔަރުކޮށްފައިވަނީ، ފަކީރު (50އ)، އީސާ ސުލައިމާން (26އ)، އިސްމާޢީލް އިބްރާޙީމް (50އ)، ނަވީދު (30އ)، ސާޖިދު (50އ) އަދި ޢަލީ ރާޖާ (19އ) އެވެ. މި އެންމެންނަކީވެސް އީރާނު ރައްޔިތުންނެވެ.
މިފަދަ ބަޔާ ރައްޓެހިވެގެން ނޫނީ ކައިވެނިކޮށްގެން އުޅެވިދާނެތޯ ސުވާލު ކޮށްލަން ބޭނުމެވެ.
ފަހުލަވާނުންދޯ
މުޅިންވެސް މިކަހަލަ ރައްރަށު ގެ މީހުން މި އުޅެނީ
އަދަދު ތަންކޮޅެއް ބޮޑުނަމަ މާލޭމީހުން އުޅޭނީ.
އަންވަރު އަތުގަހުރި މުދާ،ކާރު،ސައިކަލު ހޯދި ގޮއް ތަހުގީގު ކުރޭ. ވަޒީފާ އަދާކުރާ މީހެއް ނޫން.
މިފޮޓޯގަ އެބަހުރި ތަމަޅަ ޓައިގަރުންވެސް