ރައްޔިތުން ލޯބިވާފަދަ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހދ. ނޭކުރެންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަކީ ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނާ ވީހާވެސް ގާތުުން އޯގާތެރިކަމާއެކު ޚިދުމަތް ދިނުމަށާއި، ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރުމަށް އެދޭކަމަށް އިމްރާން ވިދާޅުވިއެވެ.
މިގޮތުން ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންނާ ރީތި ބަހުން ވާހަކަދެއްކުމަށް މިނިސްޓަރު ވަނީ އެދިލައްވާފައެވެ. އަދު ފުލުހުންގެ މަސައްކަތާމެދު އުފާކުރައްވާކަމަށާއި، ފުލުހުންގެ މަސައްކަތްކަތް ބަލައިގަންނަ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ނޭކުންރެންދޫ އަށް ކުރެއްވި މި ދަތުރުފުޅަކީ އެ ރަށުގައި ޖަލެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޖަލު އެޅުމަށް ދޫކޮށްފައިވާ ބިން ބައްލަވައިލެއްވުމުގެ ގޮތުންނެވެ.
ރައްޔިތުން ލޯބިވާ މީހަކަށް އިމްރާނު ވެސްވާންޖެހޭ.
އިމް ރާނު މާ ރަނގަޅު މީހެއްކަމަށް ހެދިގެން އުޅޭނެ ކަމެއްނެތް، މިގައުމުގެ ލާދީނީ ބައިގަނޑު ދަނގަޑު ކޮށްޓަކަށް ލާދީބަލަ.
ރައްޔިތުންގެ ލޯބިބޭނުންވާ ބަޔަކައްވާން ބޭނުންނަމަ ކީރިތި ޤުރުއާން އާޔަތްތައް ދޮގުކޮއް ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި އެންމެން ހިފާ ހައްޔަރުކުރޭ އަދި މިމީސް ތަކުންނައް ބޮޑެތިވެގެންވާ އަދަބުދީ
ކަލެ އާ އެމްސީ ހަމީދު ތިތާ ތި އްބަކާ ތިބުނާ އެއ އްޗެ އް ނުލިބޭނެ. އަވަހަށް އިސްތި އުފާ ދީ .
ތިޔަކަހަލަ ޚާއިނުން ތިޔަތަން ތަނުގެ ވެރިންގެ ގޮތުގައި ތިބެންޏާ ރައޔިތުންގެ ލޯތަބެއްނުލިބޭނެ
އިމްރާން މަޝްހޫރުވީ ދީނައްޓަކާ ގައުމައްޓަކާ އަޑުއުފުލާ މީހެއްގެ ގޮތުގަ އޭރުސަރުކާރުގެ ވަޒީފާއެއްނެތް އޭރުމިވަރައް ބޮޑައްނެއް އެމްޑީއެންގެ އަޑެއް ހަރަކާތެއް 2013ގަ ނަމަވެސް މިބޭފުޅާއައްފެނުނު އޭރު ގާދޫކޮލުން ލާދީނީ ބޯޓްތައް އަދިހުޅުލޭގަ ލާދީނީ ޖެޓްތައް ޖައްސާތަން އެމްޑީޕީގެވެރިކަމުގަ މީގެ8 އަހަރުކުރިން މިއަދު އެދުވަހުބުނި ޖެޓްތަކުން އައްނަ މީހުން ބުނެނުދެވެނީ އެދުވަހު އެވާހަކަދެއްކީ މިވަރުގެ މަގާމެއް ނުލިބުނީމަކަން ޔަގީން މީގެމޮޅީ މިއަދު މިކަންތައްބަލަން އެމްޑީޕީގެ ސަރުކާރުން ހަވާލުކުރެއްވީ އެދުވަހު އެއްމެބާރައް ނަސޭހަތްދިން ތަނާ އެކަންތައްބަލާތަން އެދުވަހުގައުމައްޓަކާ ކިޔާފަ ހަޅޭއްލެވި އިމްރާންއާ މިއަދުބުނާނީ ގާދޫކޮލުން ވައްނަނީ އޮޔާއެކު ގުޅީފަޅު ހިއްކަންބޭނުންވާވެލި ނޫނީ ތަސްމީނު ޑީއާރްޕީއިން ކާންދޭން ބުނިވެލި ނޫނީ މަހާޖައްރާފްއޭ.
2023....ޔާން......ޔާން.......ޔާން.......2023.
ތިމާ ފުރަތަމަ މީހުން ލޯބިވާގޮތައް އުޅުމުންތާ ދަ ތިމާގެ ދަރިން ދެކެ މީސްތަކުން ލޯބިވާނީ