2008 ވަނަ އަހަރު ތެރޭގައި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރަހީނު ކުރަން ރޭވިކަމަށް މަރުތަކާއި ބެހޭ ކޮމިިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.
މަރުތަކާއި ބެހޭ ކޮމިޝަންގެ ރިޕޯޓުގައި އެގޮތަށް ވިދާޅުވެފައި ވަނީ ފުލުހުން ހިންގި ތަހުގީގަކަށް އެކަން އެނގިފައިވާތީ އެވެ.
މަރުތަކާއި ބެހޭ ކޮމިޝަނުން ނެރުނު ސިއްރު ރިޕޯޓުގެ ބޮޑު ބައެއް މިހާރު އާއްމުވެފައިވާއިރު، އޭގެ ބައެއް މައުލޫމާތު "ވަގުތު"އަށް ވަނީ ލިބިފައެވެ.
އެކެއް ފެބްރުއަރީ 2008 ގައި އިބްރާހިމް މިސްކިތުގެ ހުކުރު ނަމާދު ކުރެއްވުމަށް ފަހު ފައިބާ ވަޑައިގެންނެވިތަނާއި ބަޔަކު މީހުން ޑރ އަފްރާޝީމްއަށް ހަމަލާދީފައި ވެއެވެ. އެ ދުވަހު ޑރ އަފްރާޝީމަށް ހަމަލާދީފައި ވަނީ ކުޑަ ދަރިފުޅުވެސް ކައިރީގައި ހުއްޓާ އެވެ. އެ ދުވަހު ޑރ، އަފްރާޝީމް ސަލާމަތްކޮށްގެން ގެންދިޔައީ ފުލުހުންގެ ވެހިކަލެއްގައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ، "މާރާމާރީ ހިންގި މީހުން ޑރ އަފްރާޝީމް އަލީ ރަހީނުކޮށް ނަމްބަރު ބޯޑް އޮޅުވާލާފައިވާ ކާރަކަށް ލައިގެން ގެންގޮސް ޑރ އަފްރާޝީމްއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދިނުމަށް ރާވާފައިވޭ". ފުލުހުންގެ ތަހުގީގު ރިޕޯޓާއި ހަވާލާދީ މަރުގެ ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ.
ޑރ. އަފްރާޝީމް އަލީއަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި އެއިރު ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކޮމިޝަންގެ ރިޕޯޓުގައި އެ މީހުންގެ ވަނަވަރާއި، އެ މީހުން ފުލުހުންނަށް ދިން ބަޔާންތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ޑރ އަފްރާޝީމް ރަހީނު ކުރުމުގައި އިސްކޮށް އުޅުނު މީހަކީ ދެ އަހަރު ވަންދެން ޕާކިސްތާނުގައި ކިޔަވަން އުޅެފައި 2006 ވަނަ އަހަރު ރާއްޖެ އައި މީހެއް ކަމަށެވެ. އަދި އޭނާ ވަރަށް ގިނައިން ފްރިޒީ ބްރޭންޑް ފިހާރަ ކައިރީގައި ވާހަކަދައްކަން ހުރެއެވެ.
ފުލުހުން ހައްޔަރުކުރި މީހުންވެސް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ، އެ ދެ މީހުންވެސް ޑރ އަފްރާޝިމް ދެކެ ރުޅި އަންނަ ކަމަށެވެ. އަދި އެތަނުން އެކަކު ބުނެފައި ވަނީ، އިބްރާހީމް މިސްކިތުގައި ހަމަނުޖެހުން ހިނގައިގެން އުޅޭތީ އެތަނަށް ގޮސް ޑރ އަފްރާޝީމާއި ދިމާލަށް "ޑރ އިބިލީސް، ޑރ ޖަރާސީމް"މިފަދަ ބަސްތަކުން ގޮވި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ އަތުގައި ޑރ އަފްރާޝީމް ޖެހުނު ނަމަ ތަޅައިގަންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެތަނުން އެކަކު ބުނެފައި ވަނީ، އޭނާގެ ރައްޓެހި ޓެކްސީ ޑްރައިވަރަކާއި އިތުރު މީހަކުވެގެން ޑރ. އަފްރާޝިމްއަށް ގުޅާ ދަރުސް ދިނުމަށް ކަމަށް ބުނެ، ކާރަކަށް ލައިގެން ގޮސް އަނިޔާ ކުރަން ރޭވި ކަމަށެވެ.
"އޭނާ ޑރ އަފްރާޝީމް އަލީ ދަންނަން ފެށީ ފްރީޒީ ބްރޭންޑް ފިހާރާގައި ވީސީޑީއެއް ބެލި ހިސާބުން. އެ ވީސީޑީގައި ޑރ އަފްރާޝީމްގެ އަތުން މައިކް ހިފަހައްޓައިގެން ނަމާދުކުރާތީ އެފަރާތުން އެކަމާއި ހިތްހަމަނުޖެހޭ". ރިޕޯޓުގައި އޭރު ހައްޔަރު ކުރި އެކަކާއި ގުޅޭގޮތުން ބުނެފައި ވެއެވެ.
ތިއިގުނީނު ތިވައުގެ ކަމެއް ކޮބާތަ ތިމީހުން ހާމަކޮއްބަލަ ކީއްވެތަ ވަކިބަޔިަކުގެ ނަން ހާމަނުކުރެވެންވީ ކަލޭމެންގެ ސަޕޯޓަރުން ވީމަދޯ ހަމަ ގައުމުވެސް ހުރިހާމީހުނައް އެގޭ އެއްޗެއް 2008ގަ ތިފަދަ އަމަލްތައް ހިންގާފަ ހުރީ އައްނިގެ ސަޕޯޓަރުންކަން
ބަލަ ބޮޑު މަރުމޯލު ކޮމިޝަނަށް އަދިވެސް ޑރ.އަފްރާޝީމްގެ މަރުގެ ހަގީގަތް ނުހޯދޭ މިމީހުން ނެރެފައިވަނީ ފުލުހުންގެ ތަހުގީގު ބަޔާން ކޮޕީޕޭސްޓް ކޮށްގެން ނެރެފައިވާ ރިޕޯޓެއް އިބިރިހިމާ ކަލޭ ގުނބޯ ހައްދައިގެން ތިޔަ ހުސްނާސުވާދު ހިންގާ ތަހުގީގުގެ ސަބަބުން އޮރިޔާންވުން ނޫން ކަމެއް ނުކުރެވޭނެ ފުލުހުން މީގެ ކުރިން ހިންގި ތަހުގީގުތަކުގައި ހާމަނުކުރަން ނިންމާފައިވާ ސިއްރު މައުލޫމާތުތައް ހާމަ ކުރުމާއި ސިޔާސީ ޑްރާމާ ތަކުގެ ސްކްރިޕްޓް ތައްޔާރު ކުރުން ނޫން ކަމެއް މި ކޮމިޝަނުން އަދިއެއް ނުކުރޭ އެހެންވީމަ މި ކޮމިޝަން އުވާލަންފެނޭ ބޭކާރު ފައިސާތަކެއް ހަރަދުކޮށްގެން މިމީހުން ނުބޭތިއްބިޔަސް ހަމީދު ޅިޔަނު ކައިރީގަ ބުނީމަ ފުލުހުންގެ އަތުގައި ހުންނަ ސިއްރު މައުލޫމާތު އާންމުކުރެވިދާނެ
އިބްރާހިމީ މިސްކިތުގައި ހުކުރު ނަމާދު ކޮށްފައި ފައިބަނިކޮށް އޭނާއަށް އިނިޔާކުރަން ގޮވާ ހެދި މީހުން އެތިބީ ސަރުކާރުގަ. އޭގެ ބޮޑު ބައި އޮތީ އަދާލަތު ޕާޓީއޭ ކިޔާ ޓެރަރިސްޓް ޖަމާޢަތުގައި. އެމީސް މީހުންގެ ނަންތައް އެނގޭ. އަދާލަތު ޕާޓީއިން ބޭރުގައިވެސް އޭގެ ބައެއް ޝޭހުން އެބަތިބި. މިއަދު އެމީހުން ޒިންމާ ނުކުރެވިގެން އުޅެނީ މިސަރުކާރު އެކަމަށް ބޭނިފައިވާލެއް ބޮޑުކަމުންހެން ހީވަނީ.
ޙުސްނުއްސުޢޫދަށް.
ވެދުންސަލާމް.
މަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށް މަތިކުރެއްވި ޒިންމާއަކީ ފުލުހުން ކުރެއްވި ތަޙްޤީޤުގައި އެގެންހުރި މަޢުލޫމާތގެ މައްޗަށް ބިނާކޮށް ރިޕޯޓެއްހަދާ ނެރުންތޯއެވެ. ބަލަގަ ތިޔަވަރުގެ ކަމެއް ކުރާކަށް ރައްޔިތުންގެ ފައިސާއިން ތިޔަހާގިނަ ބަޔަކަށް ތިޔަހާބޮޑު މުސާރަދޭކަށް ޙައްޤެއްނޫނެވެ. ތިޔަގޮތަށް ރިޕޯޓުލިޮޔަން ދަންނަ ކިތަންމެބަޔަކު އެބަތިއްބެވެ. ބަހުގެ މާހިރުންނާއި، ލިޔުންތެރިން އެބަތިއްބެވެ. މަނިކުފާނަށްވުރެ އެރުނގުގައި މާކުރީގައި އުޅުއްވާ އުސް ފުންނާބުގެ ވެރިން އެބަތިއްބެވިމެއެވެ. މަނިކުފާނުގެ ތިޔަ ރިޕޯޓުތައް ނެރުއްވުމުގެ ބޭނުމަކީ މުސާރަ ޙަްޤުވާނެކަން ހާމަކުރެއްވުން ކަމުގައިވެދާނެއެވެ. އެކަމަކު ރައްޔިތުން ޤަބޫލުކުރަނީ ތިޔަ ކޮމިޝަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަނަންގަވައިގެން ހަރުދަނާ މަސައްކަތެއް ނުކުރައްވާ އަމާބުނީތީ ފަރަށްދާއުޞޫލުން ކަންކަން ކުރާ ބައެއްގެ ގޮތުގައެވެ.
ކޮންމެވެސް އެެއްޗެކޭ ކިޔަންވެގެން ކިޔަނީ. ހޮަޅި ވާހަކަ. އަލަށް ފެނުނު އެއްވެސް ހެއްކެއް ނެތް.
އުމަރު ބުނިހެން މިކޮމިޝަނުން ވަކި އިތުރުއާކަމެއް ހޯދިފައެއް ނެތް. ކުރިންވެސް ފުލުުހުން ހޯދާފައިވަ މައުލޫމާތު. އެހެންވީމާ އެބައިނގޭ މިކޮމިޝނަކީވެސް ބައި މީހުނަށް ބޮޑު މުސާރައެއްދޭން އުފައްދާފައިވާ ތަނެއްކަން.
މާތްކަލާގެ ކުޅަދުންވަންތަވެރިކަން ހާދަ ބޮޑެވެ. ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި އޮތް މަސްއަލައެއް ، ވަކިކޮމިޝަނެއް އުފައްދާގެން ބަލާ އެމަސްއަލާގެ "ސިއްރު" ރިޕޯޓް ރައްޔިތު އެންމެން ދަންނަ "ބޮޑުސިއްރަށް" ބަދަލުވެ ނުއިވި ހުރި ވާހަކަތައް އިވި ، މިހުރިހާކަމެއްވެސް އެޓޮމެޓިކުން ވަމުން ވަމުން މިއޮއްދަނީ ....
ފާޅުގައި ދީނަށް ފުރައްސާރަކުރާ މީހުން މިތާ މިއުޅޭއިރު އެމީހުންނާ ތިބުނާބަޔަކު ކުޅެން ނުކެރިގެން އުޅެނީ ކީއްވެހޭ؟
ނަޝީދު ކިޔާ މީހަކު ތިކަމުގަ ބައިވެރިނުވާ އެއްގޮތެއްވެސް ނެތްކަން ކަށަވަރު.