ޑައިވް ކުރި މަސްވެރިއެއްގެ ހާލު ދެރަވެ، އޭނާ އަށް ފަރުވާ ދިނުމަށް ޑިކޯ ޗެމްބަރަކަށް ލާން ޖެހުނު ނަމަވެސް ބަނޑޮސް އައިލެންޑް ރިސޯޓަށް ގެނެވޭނެ ގޮތެއް ނުވެގެން އޭނާގެ ގާތް މީހުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެވެ.
ޑައިވް ކުރި މަސްވެރިޔާގެ އެއް ފަރާތުގެ ވާގި މިހާރު ނެތިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އޭނާ އޮތީ ތިނަދޫގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ސަންގްރިއްލާ ވިލިނގިލި ރިސޯޓްގެ ޗެމްބަރުގައި މައްސަލައެއް ޖެހިފައި ހުރުމުން އެތަނުން ފަރުވާ ދެވޭނެ ގޮތެއް ނެތެވެ.
މާލެ ގެނެސް އޭނާ ބަނޑޮސް އައިލެންޑް ރިސޯޓްގެ ޗެމްބަރަށް ގެންދަން ޖެހުނު ނަމަވެސް އެމްއެންޑީއެފް އިން ބޭނުން ކުރާ އިންޑިއާ ހެލިކޮޕްޓަރު ރޭގަނޑު ދަތުރު ނުކުރާތީ އޭނާ މާލެ ގެނެވޭނެ ގޮތެއް ނެތް ކަމަށް ވެއެވެ.
މަސްވެރިޔާގެ ހާލު ދެރަވެގެން އޭނާ މާލެ ގެންނަން ކަމާބެހޭ ފަރާތްތަކުގެ އެހީއަށް އެދުނީ މިއަދު ހަވީރު އެވެ.
ޑައިވް ކުރަން އުޅުމުގެ ތެރޭގައި މަސްވެރިންގެ ހާލު ދެރަވުމަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ.
އިންޑިޔާ ހެލިކޮޕްޓަރު ރާއްޖެއިން ބޭރު ކޮއްބަލަ. ކީކުރަ އެއްޗެއްތަ އެއީ. ރައްޔިތުންގެ ލާރިން ތެޔޮއަޅާން ބާއްވާ ބޭކާރު އެއްޗެއް އެއީ. ނަސީދު ގެރިއައް ތާއީދު ކުރާތީ ބާއްވާ އެއްޗެއް އެއީ.
މިކަމަށް ސަރުކާރުން ޙައްލެއް ހޯދައިދޭން ވެއްޖެ ނޫން ރާއްޖޭގެ މަސްވެރިކަން މިހާރު ނުކުރެވޭނެ ޑައިވް ނުކޮށް ޚާއްސަކޮށް ދެކޮނުގެ ހަތަރު އަތޮޅުގެ %90 މަސްވެރިކަމުގަ ޑައިވް ކުރޭ އަދި ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ހަލުވިކޮށް ތަރައްގީ ވަމުން އަންނަ އިރު ޑައިވް ކޮށްގެން މައްސަލަ އެއް ދިމާވެއްޖެ ނަމަ ފަރުވާއެއް މި ދެވެނީ ޖުމްލަ ދެތަނުން އެއިން ތަނަކަށް ނުގެންދެވިގެން ތެޅެނިކޮށް މީހާ ހަލާ ނުކުޅެދިފަ މި އޮންނަނީ އަދި ހަމަ އެހެންމެ އެމީހާ އެއިން ތަނަކަށް ގެންދަން ގިނަފަހަރު ސަރުކާރުން ބޮޑު ޚަރަދެއް ކުރަންޖެހޭ އެހެންވީމަ އެބަ ޖެހޭ ސަރުކާރުންވެސް މިކަމަށް އިސްކަމެއް ދެއްވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގަ މިކަމަށް ފަރުވާ ދެވޭނެ ވީހާވެސް ގިނަ ތަން ތަން ގާއިމް ކުރަން އުއްމީދު ކުރަން މި ކަން ސަރުކާރުން ކޮށްދެއްވާނެ ކަމަށް
ޑައިވިން ޤަވައިދާ އެއްގޮތަށް ކުރާނަމަ މިފަދަ ޙާދިސާތައް މަދުވާނެ ކަމަށް ބެލެވޭ
ކޮންމެ މަސްދޯންޏެއްގައި ޑީކޯ މެޝިނެއް ބެހެއްޓުން ރަގަޅުކަމަށް ފެނޭ، އެކަމަކު ސަލާމަތީ ގޮތުން ފިޔަވަޅު އެޅުން އެއީ އޮންނަކަމެއް ނޫން.... ވާނެކަމެއްވީމަ ދެން ތެޅިގަންނާނީ
ޑީކޯ ގިނަފަހަރަށް ވަނީ ޑައިވިންގް ކުރުމުގެ ތަމްރޭނު ރަންގަޅަށް ލިބިފައި ނުވާތީ.
ރަނގަޅު ގޮތް ހޯދުމަށް ބަދަލު ކުރި ވެރިކަމުން ރައްޔިތުންނަށް މިއަދު ޖެހިފައިވާ ބަލާއިން މިންޖުވޭތޯ އެންމެން ދުޢާ ކުރޭ އެނޫންގޮތެއް ދިވެހިންނަކަށް ވެތް. ހުރިހާ ބާރެއް ކެނެރީގޭތެރެއަށް ފޮނުވާލީމާ ވާނެ ހަތަރެތި މިއަދު މިފެންނަނީ މިކަމުގެ ޒިންމާ ނަގާނެ ބަޔަކު މިފަސްގަނޑުގައި އެބަތިބި. އަދި އަންނާނެ ވަގުތު އެމީހުން ޖަވާބު ދާރީ ކުރަން އިންޝާﷲ
ޑައިވިނގް ގަވައިދާ އެއްގޮތަށް ޑައިވް ކުރާ ނަމަ ތިހެން ނުވާނެ. ފަރުވާ ނުދެވުނީމަ ސިއްހީ ޙިދުމަތް ދޭ ތަން ކަޑަ މިވަނީ ނޫނީ ޤައުމީ ދިފާއީ ބާރު. ޑައިވަރުން އަމިއްލަ އަށް މިކަމަށް ވިސްނަން ވެއްޖެ. ބަލި މީހާ އަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި.