އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެދުމަކަށް ލަންޑަނަށް ފުރައިފިއެވެ.
ވޯލްޑް ރޯވިން އިން އިންތިޒާމުކޮށްގެން ބާއްވާ ދުނިޔޭގެ ހުރިހާ ފެޑެރޭޝަންގެ މީޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 23 އަށެވެ. މި މީޓިންގައި އައްޑޫ ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފަކު ބައިވެރިކޮށްދިނުމަށް އެދި ކައުންސިލަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވި ސިޓީ އަކާއި ގުޅިގެން ކައުންސިލްގެ މަޝްވަރާއަށް ފަހު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި 5 މެމްބަރުންގެ ތެރެއިން 3 މެމްބަރެއްގެ ވޯޓުންނެވެ.
ކައުންސިލުން ބުނެފައިވަނީ ނުފެންނަ ކަމަށް 2 މެމްބަރަކު ވޯޓު ދެއްވާފައިވާ އިރު ވޯޓުގައި ބައިވެރި ނުވާ އެއް މެމްބަރަކު ހުރިކަމަށެވެ.
ޔަސްރިފް ލަންޑަނަށް ދިއުމުގެ ދެކޮޅު ޓިކެޓްގެ އިތުރުން ހުރުމާއި ކެއުމުގެ ހަރަދުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ 36،528 ރުފިޔާ ހަމަޖައްސާފައެވެ. ޖަމްއިއްޔާ ޖަމާއަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ދޭ އެހީ 228 999 ކޯޑް އިން ހަމަޖެއްސުމަށް ފާސްކޮށްފައެވެ.
ރޯވިން އިން އަންނަނީ ބޭރުގައި ބާއްވާ ބައެއް މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރުން ސްކޫލް ކުދިންނަށް ރޯވިންއަށް އަހުލުވެރިކުރުމުގެ ގޮތުން މުބާރާތްތަކާއި ޓްރެއިނިން ބާއްވަމުންނެވެ.
މި މައްސަލަ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ ކައުންސިލަރު ފައިޞަލް އިބްރާޙިމްއެވެ. ތާއިދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދުއެވެ.
ކީއްކުރަންތޯ! އަނެއްކާ އިނގިރޭސިންނާއި ގުޅިގެން ކަމެއް ކުރަންތޯ!
މަނިކުފާނުމެން ލާރިފޮނުވި ނަންބަރާއި އޭގެ ޕާސްވޯޑްވެސް ދޭންވީނުން. މިވަރުންވެސް އިގިރޭސިވިލާތަށް
"މީޓިންގައި އައްޑޫ ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފަކު ބައިވެރިކޮށްދިނުމަށް އެދި ކައުންސިލަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވި ސިޓީ އަކާއި ގުޅިގެން" ޔަސްރިފަކީ ސިވިލް ސާވިސް މުވައްޒަފެއްތޯ؟ އަމިއްލަ އެދުން ބޮޑު ބައެއް.