މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ސިފައިންގެ ފްލެޓެއްގެ ބިއްގަނޑެއް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ވެއްޓިފައި ވަނީ ސިފްކޯ ފްލެޓުތަކުގެ މަގުމައްޗައް ވާ ފަޅީގެ އިމާރާތުގެ ބިއްގަނޑެވެ. އަދި އެމްއެންޑީއެފް އިން ދަނީ މިކަން އިތުރަށް ބަލަމުން ކަަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ވެއްޓިފައިވާ ބިއްގަނޑު

މިރޭ މެންދަމު 01:30 އާއި ހަމައަށް ނ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވާއިރު ގިނަ ރަށްތަކަކަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. އެހެންކަމުން މި ދަނޑިވަޅުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެވިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހްދީ

    ތިކަން ކުރަނީ ނޫމަޑިން ހެން ހީވަނީ އަނެއްކާ އަނެއް ބަދަލުދޭން ތިޖެހުނީ

    30
  2. ސޮއްބެ

    މީހުންވަންނަތަނާ ތި ފުލެޓު މިސަރުކާރު ވެއްޓޭ ގޮތައް ނުވެއްޓިއްޖެޔާމުން ރަގަޅު

    10
    • ޒަކް

      ތިހެން ހުވަފެން ބަލާލަ ބަލާލަ ތިބޭ ގުނބޯ ހެދިފަ.. މި ސަރުކާރެއް މަގައްޗަކުން ނުވެއްޓޭނެ އިންޝާﷲ.. ވޯސްޓް ކޭސްގަ އިންޑިއާގެ އެހީވެސް ލިބޭނެ ހީނުކުރާ ގޮތަށް.. 7 ފެބުރުއަރީ ދެން މި ޤައުމަކު ނުޖެއްސޭނެ

      1
      9
  3. ދޮގު

    މިއީއަކީ ނޫމަޑިން ކުރާމަސައްކަތެއްނޫން ތިކަން ކުރަނީ އައިލެންޑް އެކްސްޕާރޓް ކިޔާކުންފުންޏަކުން، ނޫމަޑީގެ މަސައްކަތުގެ ބޮޑުބައި ކުރީ ހަމަތިޔަކުންފުނިން ، އެއިމާރާތްތަކުގެ ފެންވަރުވެސް އެހާދަށް، ތިޔަކުންފުނީގެ ސަބަނުން ނޫމަޑިއަށް ހުރިހާމައްސަލަތަކެއް ކުރިމަތިވީ އަދި ސަރުކާރަށްވެސް

  4. ޑިރަސާވެރިޔާ

    އިންސާނުން ދިރިއުޅެން ހަދާ ތަނެއްގެ ޝީޓެއްގެ ބޯ މިން 5 އިންޗި ވަރު ހުރީ. ދޭހާ އަވީގައި، ވެހޭހާވާރޭގައި 7އަހަރު. ދެން ވިސްނާ ކޮންސްޓްރަކްޝަން ގަނޑުގެ ފެންވަރު ހުންނާނެ ވަރު. ފާރުތައް ރޭނުމުގެ ބަދަލުގައި ކޮންސްޓްރަކުޓް ޝީޓް ކެމިކަލް އާއި ތެރަސް ބޭނުންކޮށްގެން ތަތްކުރަނީ،...އިމާރާތުގެ ރައްކާތެރި ކަމާއި މެދު ސުވާލު އުފެދޭ