ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާ މެދު ކަންބޮޑުވާ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން މިއަދު ވަނީ މަނީ ލޯންޑްރިންގެ މައްސަލައެއްގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުގެ އިތުރަށް 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ޙުކުމް ކޮށްފައެވެ.
ޔާމީންގެ މައްޗަށް މިއަދު އިއްވި ޙުކުމުގައި ވަނީ ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ، މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.
މި ޙުކުމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތުގައި އެމަނިކުފާނަށް އިއްވާފައިވާ ޙުކުމާ މެދު ނުހަނު ކަންބޮޑުވާ ކަމަށާއި، ދިވެހި ދަޢުލަތުން އެމަނިކުފާނުގެ މައްޗަށް އެ މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ޤާނޫނުތަކާ ޙިލާފަށް ކަމަށެވެ. އެ މައްސަލައިގައި ޙުކުމާ ހަމަޔަށް ގޮސްފައިވަނިކޮށް އާ ފަނޑިޔާރުން އައްޔަންކޮށްގެން، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ބޭއިންސާފު ޝަރީޢަތެއް ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައިވެސް ޙަރަކާތްތެރިވަމުން އަންނަ ޑރ. ޖަމީލް ވިދާޅުވީ ސިޔާސީ ނުފޫޒުން ފުރިފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކުން ރާއްޖޭގެ ކޯޓުތައް މިނިވަން ކުރަން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ "ސިޔާސީ ޙުކުމެއް" ކަމަށާއި، އެއީ "ބާތިލް ޙުކުމެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމް އިސްތިޢުނާފް ކުރެވެން އޮތް ކޮންމެ ކޯޓެއްގައި އިސްތިޢުނާފް ކުރާނެ ކަމަށް ރައީސް ޔާމީންގެ ޝަރީޢަތުގައި އެމަނިކުފާނު ތަމްސީލްކުރެއްވި ޤާނޫނީ ވަކީލުން ވަނީ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައެވެ.
ހައިރާންވާނެކަމެއްނެތް. ޔާމީނު ވެރިކަމުގައިހުރި އިރު ބޮޑުވަގެއް. މިއަދު ކޯޓުން އިއްވި ހުކުމަށްވުރެ މާ ބޮޑު ހުކުމް އިއްވި. މިއަދު ހުކުމް ގޯސް.
ކަލޭ ތިހިރީ ހަ މައިގަ ތަ، ލަދުގެ ކަންފުޅެއްވެސް ނެތް. ރާގޮންޑާ ވެރިކަ މުގައި ހުރި ނަ މަ ކަލޭ ހުންނަން ޖެހުނީ އަދިވެސް އަރުވާލެވިގެން.
އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތަ މީދަ ޖަމީލަކު މިއުޅޭގޮތަކުން މީނަޔަށް ކުރި ވަރު ހިތުން ފިލައިގެން ދިޔައީތީ މަ ހަމަ ހައިރާންވެއްޖެ އެކަމަކު ވާދޯ!
އަޅެ ފަހެ ހައިރާންވެއްޖެ މީ ޖަމީލަކު މިހަރަ ތެޅޭވަރެއް މީނަޔަށް ކުރި ވަރު ހިތުންފިލައިގެން ދިޔައީތީ ހަމަ ތެެދެއް އަދިވެސް އަރުވާލެވިގެން ހުންނަން ޖެހުނިސް ވިސްނޭމަދޯ
ޖަމީލު އަރާނެ އެއްވެސް ގޮޅިއެއް ނެތަތީ ޔާމީނާއެކު ޖަމީލުވެސް އެތަނުން ގޮޅިއެއްގައި ބެހެއްޓުމުން ސިކުޑި ތާޒާވާނެ ކަމަށްފެނޭ!
މިހާރު ތިބޭނީ ބޮޑިބަތް ކެވިފާ!
ޖަމީލު ވަރުގެ ހިތްތިރި ބޭފުޅެއް ނުދެކެން ޙަޔާތުގައިވެސް. ތިޔައީ ޤައުމަށް ވަފާތެރިއެއް. ބަދަލު ހިފުމުގެ ރޫޙެއްނެތި މިއަދު ތިދައްކަވާ ނަމޫނާއަށް ފަށްފަށުން ޝުކުރިއްޔާ. ޔާމީނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ވެސް ޖަމީލު ދުރަށްލުން. މިތުރުން ނާއި ހަތުރުން އޮޅިވަޑައިގަތީ. މިޤައުމުގެދީނާއި މިނިވަންކަމަށް ޖަމީލުގެ ޤުރްބާނީ ހެއްކަކަށް ފުދޭ.
ތިމައްސަލައިގަ ހުކުމް އިއްވަން ނިބޫ ފަނޑިޔާރުން ގެނައީ އިޒްރޭލުން ވަރައްބަލާފަ ގެނައީ އެކަމުވެސް ގެނެވުނީ ސަދޫމްގަ ހުކުމް އިއްވަން އުޅުނުމީހުންގެތެރޭގަ އުޅެފަތިބިމީހުން ވ ސަލާމް ނިބޫއަށް ޖަލުގޮޅި އަދި ހުސްވާނެ ވ ވ ވެދުން
ޕާޓީގެ ރައީސްކަން އެ އޮތީ ސޭލްގައި@ ދާންވީނޫނ އެތަނަށް ބޮނޑި ބަތް ކައްކަñއ
ކޮންމެތާކަށް ދަނޑިދިގު އުނދުޅި ބާނާނެ !
ކަލޭ ކިތަންމެ ކަންބޮޑުވިއަސް ޔާމީނު އެހެރީ ޖަލަށް ލާފަ ! ދެންތެޅި ބާލާ ! ޔާމީނު ކަލޭ ޖަލަށްލާން ތައްޔާރު ކުރީމާ ފިލައިގެން ދިޔަދުވަސް ހަދާން އެބަހުރިތަ ؟ ތިކަހަލަ މީހުނަށް ކިއަނީ " ދެފުށްކެހެރި " !
އަސްލުފައިސާ ޖަމާކުރަން ހަދަނީ ކިހިނެއް މީރާއައް އަސްލުފައިސާ ހަމަ އެފައިސާ ޖަމާކުރަން އަންގަނީ އޭސީސީން ބުނިއެކައުންޓައް ޖަމާކުރީ އެހެން ފައިސާއް މީތޯ އަސްލު އޮޮޅުވާ ލުމަކީ
ސާބަހޭ! ޑރ ޖަމީލް މިއަދު އެނގި ސާބިތުވެގެން މިދަނީ "ޑރ ޖަމީލުގެ ހިތް އެމަނިކުފާނަށް ފަނޑިޔާރުކަން" ސާބަހޭ ޤައުމުގެ ދަރިޔާ! ތިޔައީ ލީޑަރެއް! ބަދަލުހިފުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަން ކަށަވަރު!
އެދިގެން މިޤައުމުގޮވަނީ އަގުހުރި ކެރޭ ދަރިންނަށް
މެރިގެން ދެލޯ ސިހުންނުވެ ކުރިއަށް ހިނގާ ދަރިންނަށް
ފައިސާއާއި ބޮޑާކަމަށް އެދި އަމިއްލަ ނަފްސު އެތައް ބައެއްގެ ކުރިމަތީ ގުރުބާން ކިރަނީ! ބާ ކަންބަޅިގަންޑެއްހެން!
ބޮނޑިބަތާ. ކަލޭ ތިހިރީ ރޯނަވެފަތަ؟ކަލޭގެ ޅިޔަންސޮރަކީ ވަގު ޔާމީނުގެ އެއް އަތް. ކަލޭތިއުޅެނީ ވަގުންގެ ދިފާއުގައި .ފައިސާގެ ދަހިވެތި ކަމުގައި.. ވަގު ކަލޭގެ އެހެރީ ހައްގު އަދަބު ލިބިފައި..5އަހަރުވަންދެން ކަލޭ ހުރޭ ގް ފޮތުގެ ބޭރު ގުރީންގަނޑު ކިޔާލަ ކިޔާލަ. .މިނިސްޓޜ ުކަން ނުލިބުނީމަ ރުޅި ގަދަވެގެން ތިއުޅެނީ.
.